އިންސާނާ އުފަންވުމާއެކު، އޭނާގެ މަރުގެ ތީރު އަމާޒަށް ދަތުރުފަށައެވެ.



ޙިކުމަތްތެރި ބަސްފުޅެއްގައިވެއެވެ. "އިންސާނާ އުފަންވުމާއެކު، އޭނާގެ މަރުގެ ތީރު އަމާޒަށް ދަތުރުފަށައެވެ. އަދި އޭނާގެ އުމުރަކީ އެ ތީރު ދޫކޮށްލި ހިނދުން ފެށިގެން އަމާޒަށް ވާސިލްވުމާ ދެމެދުގައިވާ ދުރުމިނެވެ."

މީގެ މާނައަކީ: އިންސާނާ ދުނިޔެއަށް އަންނަ ހިނދުން ފެށިގެން އޭނާގެ އަޖަލާ ދިމާލަށް ދަތުރުކުރަން ފަށައެވެ. އަދި އުމުރުން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އޭނާ މަރާ ގާތަށް ގެންގޮސްދޭ ފިޔަވަޅެކެވެ. ދުނިޔޭގެ ޙަޔާތުގެ ކުރުކަމާއި ފަނާވަނިވިކަން ހަނދާންކޮށްދިނުމުގައި މިއީ ވަރަށް ފުރިހަމަ އަދި މާނަފުން މިސާލެކެވެ.

މި މާނައިގައި އިމާމު ޙަސަނުލް ބަޞްރީގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގައިވެއެވެ. "ހަމަކަށަވަރުން ތިބާއަކީ ގުނާލެވޭ މަދު ދުވަސްތަކެކެވެ. ދުވަހެއް ފާއިތުވެގެންދާ ކޮންމެ ހިނދަކީ ތިބާގެ ކިބައިން ބައެއް އުނިވެގެންދާ ހިނދެކެވެ." 

ލިޔުނީ: ޝައިޚް ޝާފިޢު

އަރުށީފު

އެންމެ މަޤްބޫލު