ޣައްޒާގެ ޢާއިލާއަކު ގެއިން ނެރެލައި، އެ ގޭގައި "ކަސްރަތު" ކުރަން އުޅުނު އިސްރާއީލު ސިފައިންގެ މީހަކު ވެއްޓި އަނިޔާވެއްޖެ
ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޓެރެރިސްޓުން، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ތެރެއިން، ފަލަސްޠީނުގެ ޢާއިލާއެއްގެ ގެއަށް ވަދެގަނެ، އެ ގެ އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްގެން އުޅުނު ފަލަސްޠީނު ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލު ސިފައިންގެ މީހަކަށް މަޖާވެގެން ކަސްރަތުކުރަން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޓެރެރިސްޓު ސިފައިން ވަނީ ޣައްޒާގެ ޢާއިލާއެއް އެމީހުންގެ އަމިއްލަ ގެއިން ގަދަބާރުން ނެރެލާފައެވެ. އެއަށްފަހު އެ ގެއަކީ ޓެރެރިސްޓް ސިފައިންގެ މަގާމެއްގެ ގޮތުގައި ބޭނުންކުރަމުން ދަނިކޮށް، އެތަނުގައި ތިބި ޓެރެރިސްޓް ސިފައިން ވަނީ އެ ގޭގެ ސާމާނުތަކަށް ގެއްލުންދީ، ހިތުހުރި ގޮތަކަށް އަމަލުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ސިފައިންގެ މީހަކު އެ ގޭގެ ސިޓިންގ ރޫމް ތެރޭގައި ކަސްރަތު ކުރަން އުޅުމުގެ ތެރޭގައެވެ. އޭނާ ކަސްރަތު ކުރަން އުޅުނު ވަގުތު ސީލިންގައިގައި ހިފަހައްޓައިގެން ހުރި ތަންގަނޑު ވެއްޓި، އަނިޔާވާ މަންޒަރު ވީޑިއޯއިން ފެނެއެވެ. މި މަންޒަރު ފެނި، އެތަނުގައި ތިބި އެހެން ޓެރެރިސްޓުން ދިޔައީ ހީނ، މަލާމާތް ކުރަމުންނެވެ.
މި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު، ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިސްރާއީލަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ:
- އަމިއްލަ ގެދޮރުން ނިކަމެތި ރައްޔިތުން ނެރެލުމަށްފަހު، އެ ގޭގެ ތެރޭގައި މިފަދަ ދަށުދަރައިގެ ޢަމަލުތައް ކުރުމަކީ ފަލަސްޠީނު ބިމަށް ވެރިވެގަނެގެން އުޅޭ ޓެރެރިސްޓް އިސްރާއީލު ސިފައިންގެ ކިބައިގައި އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތްކަމުގެ ހެއްކެއް ކަމަށެވެ.
- ފަލަސްޠީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމާއި ބިރުވެރިކަމެއްގައި ތިއްބައި، އެމީހުންގެ ހިތްދަތިކަމުގެ މަތީގައި ސިފައިން އުފާފާޅުކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.
ޣައްޒާގައި ޓެރެރިސްޓުން ހިންގާ މިފަދަ އަމަލުތައް އާންމުވަމުންދާއިރު، މިއީ ހަނގުރާމައިގެ އުސޫލުތަކާވެސް ޚިލާފު ކަންކަން ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.
ރެފެރެންސް:- https://x.com/doamuslims/status/2026567321481777622?t=6G8F23b1WWMTC3XORVFKnw&s=19
