ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ސިޔަރަތް -1

 


އިމާމް އަންވަރު ޢައުލާކީ\ – ސިޔަރަތުގެ ޙުލާސް ނޯޓްތައް

ސީރަތުގެ މާނަ

·        ބަހަވީ މާނަ: ސީރަތުގެ ބަހަވީ މާނައަކީ ދަތުރުކުރާ މަގު ނުވަތަ އުޅޭ އުޅުމެވެ.

·    އިޞްޠިލާޙީ މާނަ: ކީރިތި ރަސޫލާ ﷺ ގެ ސީރަތޭ ބުނެވިއްޖެނަމަ އޭގެ މާނައަކީ އެކަލޭގެފާނުގެ ޝަޚޞިއްޔަތާއި، ޙަޔާތްޕުޅުގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް ލިޔެވިފައިވާ ލިޔުންތަކެވެ. އޭގެ ތެރޭގައި:

1.      އުޅުއްވި ގޮތްކޮޅު

2.      ކުރެއްވި މަސައްކަތްޕުޅުތައް

3.      ކުރެއްވި ހަނގުރާމަތައް

4.      އަޚްލާޤް ...އަދިވެސް

ކީރިތި ރަސޫލާ ﷺ ގެ ސީރަތު އުނގެނުމުގެ މުހިންމުކަން

·        އިސްލާމީ ތާރީޚު ދެނެގަތުމަށް

1.  ސަޢުދު ابن އަބީ ވައްޤާޞް رضي الله عنه: އެކަލޭގެފާނަކީ ދުނިޔެމަތީގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި 10 ޞަޙާބީންގެ ތެރެއިން ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިކަލުން މުޙައްމަދު ابن ސަޢުދު ވިދާޅުވެފައިވެއެވެ. "އަހަރެމެންގެ ބައްޕާފުޅު އަހަރެމެންނަށް ރަސޫލާ ﷺ ގެ ހަނގުރާމަތައް ދަސްކޮށްދެއްވައެވެ. އަދި ވިދާޅުވެއެވެ. މިއީ ތިޔަކުދިންގެ ކާބަފައިންގެ ތާރީޚާއި ޘަޤާފަތެވެ. އެހެންކަމުން މި ވާހަކަތައް ދަސްކުރާށެވެ."

2. މަޣާޒީ (المغازي): އެބޭކަލުން ކުރީކޮޅުގައި ސީރަތަށް ކިޔައިއުޅުނީ "މަޣާޒީ" އެވެ. އޭގެ މާނައަކީ ހަނގުރާމަތަކެވެ. ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގެ ފަހުކޮޅު ގިނައިން ހޭދަވެގެންދިޔައީ ހަނގުރާމަތަކުގައި ކަމަށްވާތީ، މުޅި ސީރަތަށް ނިސްބަތްކޮށް "މަޣާޒީ" އޭ ކިޔައިއުޅުނެވެ.

3.      ޢަލީ ابن އަލް-ޙުސައިން (ޒައިނުލް ޢާބިދީން): ޢަލީގެފާނުގެ ކާފަދަރިކަލުން ޢަލީ ابن އަލް-ޙުސައިން ابن ޢަލީ ابن އަބީ ޠާލިބް ވިދާޅުވިއެވެ. "ތިމަންމެން ކީރިތި ޤުރުއާން ހިތުދަސްކުރާ ފަދައިން ކީރިތި ރަސޫލާ ﷺ ގެ ސީރަތު (މަޣާޒީ) އުނގެނި ދަސްކުރަމެވެ."

4.           ޤުރުއާނާއި ސީރަތުގެ ގުޅުން: އެހެނިހެން ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ (މިސާލަކަށް މޫސާގެފާނުގެ) ޙަޔާތްޕުޅުގެ ވާހަކަތައް އަހަރެމެންނަށް އެނގެނީ ކީރިތި ޤުރުއާނުންނެވެ. ނަމަވެސް ކީރިތި ޤުރުއާނުގައި ވަނީ މުޙައްމަދު ﷺ ގެ ސީރަތުގެ ކުޑަ މިންވަރެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަޔާތްޕުޅު ތަފްޞީލުކޮށް އުނގެނުމަށްޓަކައި އަހަރެމެން ސީރަތަށް ދާންޖެހެއެވެ..

އަރުށީފު

އެންމެ މަޤްބޫލު