ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ކޯލިޝަނުން ވަނީ ހޫތީންގެ އިންޒާރުތަކަށް ނުހަނު ވަރުގަދަ އަދި "މީގެ ކުރިން ދުވަހަކުވެސް ނުދޭފަދަ" ބާރަކާއެކު ރައްދުދޭނެ ކަމަށް ބުނެފައެވެ.



ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ ސައުދީގެ އެއާޕޯޓްތަކަށާއި މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ހުކުރު ދުވަހު ދީފައެވެ. އޭނާ ބުނިގޮތުގައި ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން އިރާނުގެ މަދަނީ ބޯޓެއް ސަންޢާގެ އެއާޕޯޓަށް ޖެއްސިޔަނުދީ ހުއްޓުވަން އުޅުމުން، ހޫތީން ވަނީ ވައިގެ ދިފާއީ މިސައިލް ބޭނުންކޮށްގެން އެކަން ހުރަސްއަޅާފައެވެ. މި ބޯޓަކީ ފާއިތުވި 10 އަހަރު ތެރޭގައި ސަންޢާއަށް ޖެއްސި ފުރަތަމަ އިރާނުގެ މަދަނީ ބޯޓެވެ.

 ސައުދީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ ހޫތީންގެ މި އަމަލުތަކުގެ ސަބަބުން ޔަމަނުގެ މަދަނީ ވަސީލަތްތަކަށް (ޚާއްސަކޮށް ހުދައިދާ ފަދަ ބަނދަރުތަކާއި ސަންޢާ އެއާޕޯޓަށް) ހަމަލާ އަމާޒުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާއަށާއި ޔަމަނުގެ އިސްތިގުލާލަށް އުނިކަން އަންނަ ފަދަ ކޮންމެ އަމަލަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވިއެވެ.

ޔަމަނުގެ ރައީސް ރަޝާދު އަލް-އަލީމީ އިސްވެ ހުންނަވައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އިރާނުގެ ބޯޓު ސަންޢާއަށް ދިއުމަކީ ޔަމަނުގެ ސިޔާދަތަށް އަރައިގަތުން ކަމަށް ބުނެ ކުށްވެރިކޮށްފައިވެއެވެ. އަދި އދ. އިންނާއި ސަރަހައްދީ ބާރުތަކުން އިރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އަރުށީފު

އެންމެ މަޤްބޫލު