ޙައްޤު ޢިލްމުވެރިންނާމެދު ފިޠުރަތުގައި ތިބި މީސްތަކުންގެ ހިތްތަކުގައި ﷲ ލައްވާ ލޯބި

 



އެއްފަހަރަކު ޚަލީފާ ހާރޫނުއް ރަޝީދު ޝާމްކަރަައިގެ ރަށެއްކަމުގައިވާ ރައްޤާގައި ހުއްޓެވެ.

ދެން ފެނުނީ ކުއްލިއަކަށް ރަށުގެ މީސްތަކުން އެކި ދިމާދިމާލުން ހަލުވިކަމާއެކު ގޮސް މީހެއްގެ ވަށައިގެން އެއްވެ ތޮއްޖެހި ބާރުވިތަނެވެ.

ޚަލީފާގެ ގަނޑުވަރުގެ މަތިން އެ މަންޒަރު ބަލަން ހުރި އަންހެނުން ދަންނަވައިފިއެވެ: 'މީސްތަކުންނަށް މިވަނީ ކިހިނެއްހެއްޔެވެ؟'

ދެންނެވުނެވެ: 'ޚުރާސާނުގެ ޢިލްމުވެރިންގެ ތެރެއިން ޢަބްދު ﷲ ބްނުލް މުބާރަކުއޭ ކިޔޭ ބޭކަލެއް ރަށަށް ވަޑައިގަތީއެވެ.'

އެހިނދު އެކަމަނާ ދެންނެވިއެވެ: 'ޙަޤީޤީ ރަސްކަމާއި ރިޔާސަތަކީ މިއީއެވެ.

މީސްތަކުންނަށް ބިރުދައްކައިގެން، ފޮނި ވަޢުދުކުރުވައިގެން، ޗާބޫކާއި ލަޓިބުރީގެ ބާރުން މީހުން އެއްކުރާ ހާރޫނުއް ރަޝީދުގެ ރަސްކަމެއް ނޫނެވެ.'

 

📖 އަލްބިދާޔާ ވައްނިހާޔާ 📖

 

އަރުށީފު

އެންމެ މަޤްބޫލު