ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާ ގާއިމުކުރުމުގެ މަޝްރޫއެއް ފަށައިފި

 



ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުހާނާގެ ޚިދުމަތް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށައިފިއެވެ.


މި މަޝްރޫއަކީ އާންމު ރައްޔިތުންނަށް ފޮތްތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު މުޅި ރާއްޖޭގައި ހަމަ ޖެއްސުމަށްޓަކައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރު ޝަކީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން، އެ ރަށަކާ އެކަށީގެންވާ ފެންވަރެއްގެ ކުތުބުޚާނާގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. 

މި މަޝްރޫއާ ގުޅޭގޮތުން ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، ކުތުބުޚާނާގެ ޚިދުމަތް ތަރައްގީކުރުމަށްޓަކައި 100 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކޮށް، ގައުމީ އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ.

 

 . 


އަރުށީފު

އެންމެ މަޤްބޫލު