އަހަރެންނަށް ތިބާ އެނގުނުފަހުން އިސްލާމްދީން އަހަރެންނަށް ވަރަށް ކަމުދެއެވެ.




 ރިވާކުރެވޭ ގޮތުގައި އައްޟައްޙާކު ބްނު މުޒާޙިމު (102ހ) ގެ އަރިހަށް ނަޞާރާއިންގެ މީހަކު ގޮސް އުޅުނެވެ.

ދެން އެއްދުވަހަކު އޭނާ ބުނެފިއެވެ:

އަހަރެންނަށް ތިބާ އެނގުނުފަހުން އިސްލާމްދީން އަހަރެންނަށް ވަރަށް ކަމުދެއެވެ.“

ދެން އައްޟައްޙާކު ވިދާޅުވިއެވެ:

އެހެންވީމާ އިސްލާމްވާންވީ ނޫންހެއްޔެވެ؟

އޭނާ ބުންޏެވެ:

އަހަރެންނަށް އެކަން މަނާކުރަނީ ބަނގުރަލަށް އަހަރެން ކުރާ ލޯތްބެއްގެ ސަބަބުންނެވެ.“

އެކަލޭގެފާނު ވިދާޅުވިއެވެ:

އެހެންވިއްޔާ އިސްލާމްވެފައި ދެން ބަނގުރާ ބޯށެވެ!“

ދެން އޭނާ އިސްލާމް ވެއްޖެއެވެ. އެހިނދު އައްޟައްޙާކު ވިދާޅުވިއެވެ:

މިހާރު ތިބާ ތިޔަ އިސްލާމްވީއެވެ.

ދެން ތިބާ ބަނގުރާ ބޮއެފިއްޔާ އަހަރުމެން ތިބާގެ ގައިގައި ޙައްދުޖަހާނަމެވެ!

އަދި އިސްލާމްދީން ދޫކޮށް ގޮސްފިނަމަ ތިބާ ޤަތުލުކޮށްލާނަމެވެ!“

ދެން އޭނާ ބަނގުރާ ބުއިން ދޫކޮށްލާ، އަދި އިސްލާމްކަން ރިވެތިކުރިއެވެ.

📚 ޢުޔޫނުލް އަޚްބާރު، އަލްބަޞާއިރު ވައްޛަޚާއިރު 📚 

އަރުށީފު

އެންމެ މަޤްބޫލު