​އިމާމް އަޙްމަދުގެ އިންޒާރެއް: ހެޔޮކަންކަމަށް އަމުރުކުރުން ހުއްޓާލުމުގެ ނަތީޖާ




އަލްޚައްލާލް ރިވާކުރައްވާފައިވެއެވެ: ތަރްސޫސްގައި ޢުމަރު ބިން ޞާލިޙް އަޅުގަނޑަށް ކިޔައިދެއްވިއެވެ. އަބޫ ޢަބްދިﷲ (އިމާމް އަޙްމަދު ބިން ޙަންބަލް) އަޅުގަނޑަށް ވިދާޅުވިއެވެ:

"އޭ އަބޫ ޙަފްޞްއެވެ! މީސްތަކުންގެ މައްޗަށް އެފަދަ ޒަމާނެއް އަންނާނެއެވެ. އެ ޒަމާނެއްގައި، މީސްތަކުންގެ ތެރޭގައި މުއުމިނަކީ ކުނިވެފައިވާ މަސްގަނޑެއް ފަދަ ނިކަމެތި އެއްޗަކަށް ވެދާނެއެވެ. އަދި މުނާފިޤަކީ އިނގިލިތަކުން އިޝާރާތްކޮށް (މީސްތަކުންގެ މެދުގައި މަޤްބޫލު މީހެއްގެ ގޮތުގައި) ދައްކާ މީހަކަށް ވެދާނެއެވެ."

ދެން އަޅުގަނޑު ދެންނެވީމެވެ: "އޭ އަބޫ ޢަބްދިﷲ އެވެ! މުނާފިޤަކަށް އިނގިލިތަކުން އިޝާރާތްކޮށް (އޭނާގެ މޮޅުކަން ދައްކާނީ) ކިހިނެއްތޯއެވެ؟"

އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ އަބޫ ޙަފްޞްއެވެ! އެބައިމީހުން ﷲގެ އަމުރުފުޅުތަކަކީ ބޭކާރު، މާނައެއް ނެތް ކަންތައްތަކެއް ކަމުގައި ހަދައިފިއެވެ.

މުއުމިނަކަށް ހެޔޮކަމަކަށް އަމުރުކުރަންޖެހޭ ނުވަތަ ނުބައިކަމެއް ނަހީކުރަންޖެހޭ ކަމެއް ފެނިއްޖެނަމަ، އެކަމަށް އަމުރުކޮށް ނަހީނުކޮށް ކެތެއް ނުކުރެވޭނެއެވެ. އެހިނދު މީސްތަކުން ބުނާނެއެވެ: 'މިއީ ބޭކާރު ކަންތައްތަކާ ބެހޭ (ފަޟޫލު) މީހެކެވެ.'

އަދި މުނާފިޤަށް ކޮންމެ ފަދަ ކަމެއް ފެނުނުކަމުގައި ވިޔަސް، އޭނާ ހުންނާނީ އަނގަމަތީގައި އަތްއަޅައިގެން (ހަނު) ހިމޭނުންނެވެ. އެހިނދު މީސްތަކުން ބުނާނެއެވެ: 'މިއީ ކިހާ ރަނގަޅު މީހެއް ހެއްޔެވެ! އޭނާއަކީ ބޭކާރު ކަންތައްތަކާ ބެހޭ މީހެއް ނޫނެވެ.'" 

ލިޔުނީ: އައްޝައިޚް އަބްދުލް ރަޚީމް

އަރުށީފު

އެންމެ މަޤްބޫލު