ނަފްސުގެ ޝަހުވަތްތަކަކީ ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަންކަމެވެ.




 ނަފްސުގެ ޝަހުވަތްތަކަކީ ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަންކަމެވެ. އަދި ނަފްސުގެ ޠަބީޢަތްތަކުގައި ނުވާކަހަލަ ބާރަކާއި އަތްގަދަކުރުމަކާއި ވެރިވުމެއް ޝަހުވަތްތަކަށް ލިބިގެންވެއެވެ. 

އެގޮތުން ނަފްސު ޝަހުވަތެއްގައި ޖެހި އެދުންވެރިވާހިނދު ބުއްދި އަސީރުކޮށްލައެވެ. އަދި އެނަފްސުގެ އެދުންތައް ޙަޤީޤަތަކަށް ހެދުމަށް ބުއްދި ދަމާ ގެންދެއެވެ.

ޝަހުވަތްތަކުން އަސީރުވެގެންވާ ނަފްސަށް ކިޔަނީ ފަޤީރު ނަފްސެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރައްވާފައިއެވެ. 

އަދި އެފަޤީރުކަމަކީ ނަފްސުގެ ފަޤީރުކަން ކަމުގައި އަޙްމަދު ބްނު ޙަންބަލު ތަފްސީރުކުރެއްވިއެވެ.

ނަފްސުގެ ޝަހުވަތްތަކަށް ފަޤީރުކަމެކޭ ނަންދެވުނީ: އެހެނީ ނަފްސުގެ ގާތުގައިވާ އެއްޗަކަށް ރުހި ޤަބޫލުނުވެއްޖެނަމަ އެހެން އެއްޗެއްގެ ގާތުގައި ކުޑަކަކޫޖަހާ ނިކަމެތިވެގަނެއެވެ. 

އެހެންގޮސް އެނަފްސުގެ މަޤްޞަދު ޙާޞިލުވަންދެން އެ އެއްޗެއްގެ ކުރިމަތީގައި އަސީރެއް ފަދައިންވެއެވެ. އެހެންކަމުން ފަޤީރުކަމަކީ ނަފްސުގެ ފަޤީރުކަމެވެ.

އެނަފްސު ފަޤީރުވެއްޖެނަމަ އެހިނދުން މުއްސަނދިމީހާގެ މުއްސަނދިކަމުން ފައިދާއެއް ނުކުރެއެވެ.

އަދި އެނަފްސު ފުދުންތެރިވެއްޖެނަމަ އެހިނދުން ފަޤީރުމީހާގެ ފަޤީރުކަމަކުން ގެއްލުމެއް ނުވެއެވެ. 

އެހެނީ ނަފްސުގެ ފުދުންތެރިކަމަކީ އެނަފްސުގެ ގާތުގައިވާ އެއްޗަކަށް ރުހި ޤަބޫލުވެ، އަދި އެނޫން އެއްޗަކަށް ޙާޖަތްޖެހޭހިނދު ބުއްދި ހަމަޖައްސާ ރާވައިގެން ވާކަމެކެވެ. 

އެއީ އެނަފްސު ފުންމައިގަނެ، ދެން އެހެން އެއްޗެއްގެ އަސީރެއްގެ ގޮތުގައިވިޔަ ނުދިނުމަށެވެ.“

ޝެއިޚު ޠަރީފީ

📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖 

ލިޔުނީ:- މުޚައްމަދު އަލް މަލްދީފީ

އަރުށީފު

އެންމެ މަޤްބޫލު