އެމެރިކާއަށް މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އަމިއްލަ ނަފްސަށް އޮޅުވާލުން ހުއްޓާލުން ކަމަށް ބުނެ، އީރާނުގެ ޚާތަމުލް އަންބިޔާ މަރުކަޒީ މަރުކަޒުން އެމެރިކާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.
މަރުކަޒުގެ ތަރުޖަމާނު އިބްރާހީމް ޛުލްފަޤާރީ، ހަރުކަށި ބަހުރުވައިން ދެއްވި މެސެޖެއްގައި ވިދާޅުވީ، އެމެރިކާއަށް މި ނުތަނަވަސްކަމުގެ ތެރެއިން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެ ގައުމުން މިހާރު އުޅެނީ "އަމިއްލަ ނަފްސާ ވާހަކަދައްކަން" ކަމަށް ސިފަކުރައްވައި، އެމެރިކާގެ ނާކާމިޔާބީއަށް "އެއްބަސްވުމެއް" ކަމަށް ނުކިޔުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޛުލްފަޤާރީ އިތުރަށް ވިދާޅުވީ، އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ވިސްނުން އެމެރިކާގެ ސިކުނޑިތަކުން ފޮހެލައިފުމަށް ދާންދެން، ދުނިޔޭގެ ބާޒާރުގައި ހަކަތައާއި ތެލުގެ އަގުތައް ކުރިން ހުރި މިންވަރަށް ތިރިނުވާނެ ކަމަށެވެ.( ތަރުޖަމާ:ޑރ އިޔާޒު)
އިންޒާރު އައިސްފައި މިވަނީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 112 ޑޮލަރާއި 113 ޑޮލަރާ ދެމެދުގައެވެ.އިނގިރޭސިވިލާތުގެ ގޭހުގެ އަގު ވަނީ 23 އިންސައްތައަށް އުފުލިފައެވެ. އިންޑިޔާގައި 30 އިންސަތަ ވަނީ އުފުލިފައެވެ. ސައުދީ އެރަމްކޯއިން ވަނީ އޭޝިއާގެ ގައުމުތަކަށް ފޮނުވާ ތެޔޮ 10 އިންސައްތައަށް މަދުކުރަން ނިންމާފައެވެ. މިކަމާ ގުޅިގެން ފިލިޕީންސްއިންވަނީ ހަކަތައި ކުއްލި ހަތު ޢިއުލާންކޮށްފައެވެ.
މަސްރަހާ ގުޅޭގޮތުން ވީޑިއޯ ރިޕޯޓްތަކުން ހާމަވާގޮތުގައި، އެމެރިކާގެ އަސްކަރީ އިސްވެރިން ދަނީ އީރާނަކީ ހަނގުރާމަވެރި ގުރޫޕްތަކަށް އެހީތެރިވާ ގައުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ނަމަވެސް، އީރާނުން ދެކޭގޮތުގައި އެމެރިކާއިން ދަނީ ދޮގު ބަހަނާތަކެއް ދައްކައިގެން މުޅި ސަރަހައްދުގެ ނާރޭޓިވް ބަދަލުކުރަން މަސައްކަތް ކުރަމުންނެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، އީރާނުގެ މި އިންޒާރާއެކު ބާޒާރުގެ އަގުތައް އިތުރަށް އުފުލިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
"لا تسمّوا هزيمتكم "اتفاقاً".. المتحدث باسم مقر خاتم الأنبياء المركزي، إبراهيم ذو الفقاري، يوجّه رسالة شديدة اللهجة يؤكد فيها أن الولايات المتحدة غير قادرة على الخروج من هذا المأزق، مشيراً إلى أنها باتت "تتفاوض مع نفسها"، ومهدداً بعدم عودة أسعار الطاقة والنفط إلى سابق عهدها ما لم… pic.twitter.com/gAyn4ih6vf
— TRT عربي (@TRTArabi) March 25, 2026
