ވިލިމާލޭގެ ފެހިކަން ހިމާޔަތްކުރުމަށް "އާންމު ބިން ބަންދުކުރުމާ ދެކޮޅު" ކުއްލި އެއްވުމެއް ބާއްވަނީ



 ވިލިމާލޭގައި ހުރި ގަސްތައް ކަނޑާލައި، އެ އަވަށުގެ ފެހިކަން ގެއްލޭގޮތަށް ކުރިއަށްގެންދާ ހޮސްޕިޓަލް އަދި ހައުސިންގ މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

​"އާންމު ބިން ބަންދުކުރުމާ ދެކޮޅު" ކުރުމުގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ވިލިމާލޭގެ އެންމެ ފަހު ފެހި ސަރަހައްދު ހިމާޔަތްކުރުމަށް ގޮވާލާ ގޮވާލުމެކެވެ. މި ހަރަކާތުގެ ބައިވެރިން އެދެނީ ތަރައްގީގެ މަޝްރޫއުތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގުދުރަތީ މާހައުލަށް ލިބޭ ގެއްލުން ހުއްޓުވުމަށެވެ.

ހަރަކާތުގެ  ތަފްސީލު:

ތާރީޚު: 27 މާރިޗު 2026، ހުކުރު ދުވަސް

ވަގުތު: ހެނދުނު 09:00 އިން ހަވީރު 06:00 އަށް

ފަށާތަން ތަން: ވިލިމާލެ ފެރީ ޓާމިނަލް ކައިރި

 ހަރަކާތް: ވިލިމާލެ ފުނަވާ ސަރަހައްދަށް ހިނގާފައި ދިއުން

މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވިލިމާލޭގެ ގުދުރަތީ ރީތިކަން އެއްފަހަރު ހަލާކުވެއްޖެނަމަ، އެއީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން، މި ފެހިކަން ހިމާޔަތްކުރުމަށް ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަކީ އެ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.



އަރުށީފު

އެންމެ މަޤްބޫލު