ހޯރްމޫޒް ކަނޑުއޮޅި އެމެރިކާގެ ބައިވެރިންނަށް މަނާ!



 އިރާނުން ހާމަ ކުރާގޮތުގައި ހޯރްމޫޒް ކަނޑުއޮޅި އެމެރިކާއި އަދި އިޒްރޭލުގެ  ބައިވެރިންނަށް ދަތުރު ކުރަން ފުރުޞަތެއް ނުދޭނެކަމަށެވެ. ނަމަވެސް އެހެން ޤައުމުތަކަށް ކަނޑުއޮޅި އޮތީ ހުޅުވާލައިފައި ކަމަށެވެ. 

މި ކަނޑުއޮޅިން މިހާރު ދަތުރުކުރާ ފަރާތްތަކުގެ އަތުން އަންނަނީ ފައިސާ ނަގަމުންނެވެ. ފައިސާ ދައްކަންޖެހެނީ ޗައިނާގެ ފައިސާއިން ނުވަތަ އިރާނުގެ ފައިސާއިން ކަމަށް އިރާނުންވަނީ ކަނޑަ އަޅާފައެވެ. ދާދިފަހުން އިންޑިޔާގެ ބޯޓަކުން މި ފައިސާ ދެއްކުމުން އެމީހުންނަށް ކަނޑުއޮޅި ހުރަސް ކުރުމުގެ ފުރުޞަތުވަނީ ދީފައެވެ.

ސައުދީ އެރަމްކޯއިން ވަނީ ހޯރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން އޭޝިއާގެ ގައުމުތަކަށް ފޮނުވާ ތެޔޮ 10 އިންސައްތައަށް މަދުކޮށްފައެވެ. މިކަމާ ގުޅިގެން ފިލިޕީންސް އިން ވަނީ އެ ޤައުމުގައި ހަކަތައިގެ ކުއްލި ހާލަތު ޢިއުލާންކޮށްފައެވެ.

ސައުދީ އަރަބިއްޔާއިން މިހާރު ތެޔޮ ބޭރުކުރަމުންދަނީ ހަމައެކަނި ރަތްކަނޑުގެ ޔަންބޫ ބަނދަރު މެދުވެރިކޮށެވެ.

​މި ބަދަލާއެކު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ރާއްޖޭގެ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ.


އަރުށީފު

އެންމެ މަޤްބޫލު