އަލްއަޤްޞާ މިސްކިތް ބަންދުކޮށް، މުސްލިމް އުންމަތަށް ނުރައްކާ ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އިބްނު އިސްކަންދަރު ވަނީ އަންހެނުންގެ ދައުރާއި ޖިހާދުގެ ފަރުޟާ ގުޅޭގޮތުން މީސްމިޑިޔާގެ މަންސައެއް ކާމުގަްިވާ އެކްސްގައި ޚިޔާލުތަކެއް ފާޅުކުރައްވާފައެވެ. އެ ބޭފުޅާ ދެކޭގޮތުގައި ހަމައެކަނި ޝުޢޫރު ފާޅުކުރުމަކުން ފަރުޟު އަދައެއް ނުވާނެއެވެ.
އިސްލާމީ ބިންތަކަށް ދުޝްމަނުން އަރާގަންނަ ހާލަތުގައި ޖިހާދު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް "ފަރުޟު ޢައިނު" އެކެވެ. މި ހާލަތުގައި އަންހެނުން މިސްކިތްތަކަށް ގޮސް ބޮލުފޮތި އުކުމަކީ (ރަމްޒީ ކަމެއްގެ ގޮތުގައި) ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ހަތިޔާރު އުފުލައި ދިފާޢީ ހަނގުރާމައިގައި ބައިވެރިވުން ވާޖިބުވާނެ ކަމަށް އެބޭފުޅް ފާހަގަކުރެއެވެ.
ޖިހާދު ފަރުޟު ޢައިނުވާ ހިނދު، އަންހެނަކު ދީނާއި ބިން ދިފާޢުކުރަން ނުކުތުމަށް ފިރިމީހާ ނުވަތަ ވަލީވެރިޔާގެ ހުއްދަ ހޯދުން ލާޒިމް ނޫންކަން ހަނދާންކޮށްދީ، ފަރުޟުގެ މުހިންމުކަން ވަނީ ބަޔާންކޮށްދީފައެވެ.
މިސްކިތްތަކަށް ބޮލުފޮތި ހަދިޔާކުރުމުގެ ބަދަލުގައި، މުޖުތަމަޢުގައި ބޮލާއި ޢައުރަ ނިވާނުކޮށް އުޅޭ އަންހެނުންނަށް އެތަކެތި ދީ، ޙިޖާބުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުން މާ މުހިންމު ކަމަށް އެބޭފުޅާ ވިދާޅުވެއެވެ. ސަބަބަކީ ޖިހާދުގެ ކުރިންވެސް އަދާކުރަންޖެހޭ ނަމާދާއި ޙިޖާބު ފަދަ ވާޖިބުތަކަށް އިހުމާލުވެފައިވާ މީހުން ގިނަކަމެވެ.
އިބްނު އިސްކަންދަރުގެ މި ވާހަކަތަކަކީ ތުރުކީގެ އަންހެނުން ކުރި އިހުތިޖާޖަކީ ހަމައެކަނި ރަމްޒީ އަމަލެއްގެ ގޮތުގައި ދެކި، މުސްލިމުންގެ ޙަޤީޤީ ޒިންމާއަކީ އަމަލީ ގޮތުން ދީނާއި މިއްލަތް ދިފާޢުކުރުންކަން ހަނދާންކޮށްދިނުމަށް ދެއްކި ވާހަކަތަކެކެވެ.
