އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ރައްދު ދީފި



 އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ރަސްމީކޮށް ރައްދު ދީފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފިއެވެ. މެދުވެރިން މެދުވެރިކޮށް ފޮނުވި މި ރައްދުގައި އީރާނުން އެންމެ ބޮޑަށް ބާރުއަޅާފައިވަނީ މިހާރު ކުރިއަށްދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހަނގުރާމައެއް ތަކުރާރު ނުވާނެ ފަދަ އިތުބާރު ހުރި މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މީގެ އިތުރުން "މުގާވަމާ" ނުވަތަ ރެސިސްޓެންސްގެ ހުރިހާ ފެކްޝަންތަކެއް ހިމެނޭ ގޮތަށް، ހުރިހާ ފްރަންޓްތަކެއްގައި ކުރަމުންދާ ހަނގުރާމަ އެކަލީގެއިން ހުއްޓާލުމަށް އީރާނުން ވަނީ އެދިފައެވެ. ހަމައެއާއެކު، ހަނގުރާމައިގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުގެ ބަދަލު ނުވަތަ ކޮމްޕެންސޭޝަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިނުމަށް ވެސް އީރާނުގެ ރައްދުގައި ވަނީ ޝަރުތުކޮށްފައެވެ.

އީރާނުގެ މި ހުށަހެޅުންތައް އައިސްފައިވަނީ، އީރާނާ ދެކޮޅަށް ހިންގާ ހަރަކާތްތައް އެމެރިކާއިން ހުއްޓާނުލަނީސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ތިރިނުވާނެ ކަމަށް ބުނެ އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހީމް ޛުލްފަޤާރީ ވަރުގަދަ އިންޒާރެއް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. މި ހުށަހެޅުންތަކާ މެދު އެމެރިކާއިން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މިއީ މަސްރަހު ފިނިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އަރުށީފު

އެންމެ މަޤްބޫލު