އީރާނަށް ދިން ހަމަލާގައި ތުއްތު ކުއްޖަކާއި އާއިލާއެއް ނެތިގޮސްފި


އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ރޭ އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެންމެ 20 ދުވަސްވީ ތުއްތު ކުއްޖަކު އޭނާގެ މުޅި އާއިލާއާއެކު ޝަހީދުވެއްޖެއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ އެ އާއިލާ ދިރިއުޅެމުންދިޔަ ގެއަށެވެ. މި ހާދިސާގައި އެ އާޢިލާ އެންމެން މަރުވެފައިވާ ކަނަށް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ. މިއީ އެމެރިކާއިން މިފަދަ ގޮތަކަށް ދިން 10 ވަނަ ހަމަލާކަމަށް އިރާނުން ބުނެއެވެ. މީގެ ކުރިން ވާނީ ކުޑަކުދިން ކިޔަވަމުން ދިޔަ އިސްކޫލަކަށް ވެސް ބޮން އަޅާފައެވެ. އަދި ހަމައެކަނި އަންހެންކުދިން ކިޔަވަމުން ދިޔަ އިސްކޫލަކަށްވެސް ބޮން އަޅާފައެވެ.

އެމެރިކާއިން ހަމަލާތައް އަމާޒުކުރަމުން ދަނީ ކުޑަކުދިންނާއި އަންހުންނަކަމަށް، ހަނގުރާމަ ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއީ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ހިލާފު ޢަމަލުތަކެއް ކަމަށް އެބޭފުޅުންވަނީ ވިދާޅުވެފައެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއްކާމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.

މި ހަމަލާއަކީ އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރޭ މެންދަމު ދިން ސިލްސިލާ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ހިތްދަތި ހާދިސާއެކެވެ. އާންމުން ދިރިއުޅޭ ގެތަކަށް މިފަދަ ހަމަލާތައް އަމާޒުވުމާ ގުޅިގެން، ބައިނަލްއަޤްވާމީ ދުނިޔޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން، މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެ، ބަދަލުހިފުމުގެ ހަމަލާތައް އިތުރުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އަރުށީފު

އެންމެ މަޤްބޫލު