ޚަވާރިޖުން މުސްލިމުން ޤަތުލުކުރާނެވެ.
◾ އެކަން ކުރަނީ މުރުތައްދުވީމައޭ ބުނެ
◾ރަސޫލާ ޙަދީޘް ކުރައްވަނީ " ޙަވާރިޖުން މުސްލިމުން ޤަތުލު ކުރާނެއެވެ. "
◾ އިމާމް އަޙުމަދު ވިދާޅުވަނީ " އެ މީހުން ދެކޭނީ (އުންމަތުގެ) ލެޔާއި މުދާވެސް ހަލާލުވެގެންވާ ކަމުގައެވެ.
◾ އިބްނު ތައިމިއްޔާ ވިދާޅުވަނީ " ޚަވާރިރިޖުން ޤަބޫލު ކުރާ ގޮތުގައި ޤިބްލައިގެ އަހްލުވެރިންގެ ލޭ ވަނީ ހަލާލުވެގެންނެވެ.
◾ރަސޫލާ ޙަދީޘް ކުރައްވަނީ " ޙަވާރިޖުން މުސްލިމުން ޤަތުލު ކުރާނެއެވެ. "
◾ އިމާމް އަޙުމަދު ވިދާޅުވަނީ " އެ މީހުން ދެކޭނީ (އުންމަތުގެ) ލެޔާއި މުދާވެސް ހަލާލުވެގެންވާ ކަމުގައެވެ.
◾ އިބްނު ތައިމިއްޔާ ވިދާޅުވަނީ " ޚަވާރިރިޖުން ޤަބޫލު ކުރާ ގޮތުގައި ޤިބްލައިގެ އަހްލުވެރިންގެ ލޭ ވަނީ ހަލާލުވެގެންނެވެ.
މުސްލިމުންގެ މައްޗަށް ތަކްފީރުކޮށް ކާފަރުން ކަމުގައި ޙުކުމް ޖަހާނެއެވެ.
◾ތަކްފީރަކީ ދީނުގައި ހިމެނޭ ބައެއް، އެއީ ދީނުގެ މައިގަނޑު އަސްލުތަކުގެ ތެރެއިން ހިމެނޭކަމެއް◾އެއީ ކާފަރުގެ މައްޗަށް ކުރާ ތަކްފީރު
◾ ޝަރީއަތުގައި ސާފުކޮށް އެނގެން އޮތް އިސްލާމްކަން ގެއްލިގެންދާ ފަދަ ކަންތަކުގެ ތެރެއިން ކަމެއް ކޮށްގަންނަ މިހާ
ޙަވާރިޖުންގެ ގިނަ ބަޔަކަށް ބަލާލައިފިނަމަ ގިނަ ބަޔަކީ އުމުރުން ހަގު (ޒުވާން) ބައެއް ބޭރުފުށުން ތަޤުވާވެރިންގެ ގޮތަށްފެންނާނެއެވެ.
◾އިމާމް އަލް އާޖިއްރި ވިދާޅުވަނީ " ޙަވާރިޖުންގެ އަމަލުތަށް ފެނިފައި މީހަކު، އެމީހުންގެ ޤުރުއާން ކިޔެވުމާއި، އެމީހުންގެ ދިގު ނަމާދުތަކާއި، އެމީހުންގެ ގިނަ ރޯދަ ހިފުންތަކާއި، އެމީހުންގެ ރީތި ވާހަކަތަކަށް ޙެއްލިގެންނުވާނެއެވެ."◾ހައްޤަކައިނުލައި މުސްލިމުން ޤަތުލުކޮށް އަދި ހައްޤުނޫން ގޮތުގައި މުސްލިމުން ކާފަރުކުރާ މީހަކަށް އެނާ ތަޤުވާވެރިކަމަކުން ފައިދާއެއް ނުކުރާނެއެވެ.
◾ މާތް ﷲ ވަޙީކުރެއްވިއެވެ."ކަލޭގެފާނު ވިދާޅުވާށެވެ! عمل ތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ [ އަލް ކަހްފް 103 ވަނަ އާޔަތް ]
◾އިބްނު ކަޘީރު މި އާޔަތާ ބެހޭގޮތުން ވިދާޅުވަނީ" ތިމަން ދެކޭ ގޮތުގައި މިއާޔަތަކީ ޚަވާރިޖުންނާ ބެހޭގޮތުންވާ އާޔަތެކެވެ."
އެބައިމީހުންނަށް ޤުރުއާން ފަހުމުވަނީ ނުބައިކޮށް
◾ ކާފަރުންނާއި ބެހޭގޮތުން ބާވައިލެއްވިފައިވާ އާއަތްތައް ނެގުމަށްފަހު އެ އާޔަތްތަށް ނިސްބަށްކުރަނީ މުސްލިމުންނަށް
◾އިބްނު ޢުމަރު ވިދާޅުވިއެވެ." ޚަވާރިޖުންނަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިވެގެންވާ ޚަލްޤުތަކެވެ. އެމީހުން ކުއްފާރުންނާއު ބެހޭގޮތުން ބާވައިލެއްވިހުރި އާޔަތްތަކާއި ދިމާއަށް ގޮސް އެ އާޔަތްތަށް ނަގައި އެއާޔަތްތަށް މުސްލިމުންނަށް ނިސްބަތްކުރެއެވެ."
ޙަވާރިޖުން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިސްނަގާނެއެވެ.
◾އިބުނުތައިމިއްޔާ ވިދާޅުވިއެވެ." ޞަޙާބީންނާއި، އެބޭކަލުންނަށް ފަހުގައި އައި ޢިލްމުވެރިން ޚަވާރިޖުންނާއި ހަނގުރާމަ ކުރަންޖެހޭނެ ކަމާމެދު ވަނީ އެއްބަސްވެ ލައްވާފައެވެ. އެހެނީ އެމީހުން އެއީ މުސްލިމުންނާއި ދެކޮޅަށް އިސްރާފުކޮށް ބަޢާވާތްކުރާ ބުޢާތުންނެވެ.(ބަޢާވަތް ކުރާމީހުން) އަދި އެމީހުންނާއި އެއްބަސްވާ މީހުން ފިޔަވައި ދެން ތިބޭ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިސްނަގާބަޔެކެވެ. އަދި އެމީހުންގެ ނުބައިކަމުން ސަލާމަތް ވުންވަނީ ހަމައެކަނި އެމީހުންނާއި ހަނގުރާމަ ކޮއްގެންނެވެ.◾ޙަވާރިޖުން އެމީހުންނާއި އެއްބަސްނުވާ މުސްލިމުން ޤަތުލު ކުރުމުގައި ވަރަށް ވަރުގަދައަށް މަސައްކަތް ކުރެއެވެ.
◾އިބުނުތައިމިއްޔާ ވިދާޅުވިއެވެ."ޚަވާރިޖުންނަކީ އެހެން ހުރިހާ ބަޔަކަށްވުރެ މުސްލިމުންނަށް އެމީހުންގެ ފަރާތުން ކުރާ ގެއްލުން ބޮޑު ބަޔެކެވެ. އަދި މުސްލިމުންނަށް އެމީހުންނަށްވުރެ ނުރައްކާތެރި ބަޔަކު ނުވެއެވެ. ޔަހޫދީންނާއި، ނަޞާރާއިންނަށްވުރެވެސް އެމީހުންގެ ނުރައްކާތެރިކަން ބޮޑެވެ. އެހެނީ އެމީހުން އެއީ އެމީހުންނާއި އެއްބަސްނުވާ ކޮންމެ މުސްލިމަކު ޤަތުލު ކުރުމުގައި ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވާތީއެވެ."
ޙަވާރިޖުން ޤުރުޢާނުގައިވާ "މުޙްކަމު"(ސާފުކޮށް މާނަ ދޭހަވާ) އާޔަތްތަށް ދޫކޮށްލުމަށްފަހު ނަގާނީ "މުތަޝާބިޙު"(ސާފުކޮންމާނަ ދޭހަނުވާ އާޔަތް) އާޔަތްތަކެވެ.
◾ޤުރުއާނާއި ސުންނަތް ދެބަޔަކަށް އެބަ ބެހިގެންދޭ◾ އެއީ މުޙްކަމު އަދި މުތަޝާބިޙު
◾ޙަވާރިޖުން އަބަދުވެސް މުތަޝާބިޙު އާޔަތްތަށް ނަގައިގެން އުޅެނީ
◾ އިބުނު ތައިމިއްޔާ ވިދާޅުވިއެވެ." އަދި ހަމަ މިފަދައިން ބިދުޢައިގެ އަހުލުވެރިންގެ ތެރެއިންވެސް މި ރިސާލަތު ފާޅުކުރި ބަޔަކަށް އޮޅުން އަރައިގެން ދިޔައެވެ. އެއީ ހަމަ މިބައި މީހުންނަށްވެސް އޮޅުންއެރި ބައެއް ކަމުގައެވެ. އަދި އެމީހުންވެސް ޚަވާރިޖުން ފަދައިން "މުޙްކަމު" ބައި ދޫކޮށްލުމަށްފަހު "މުތަޝާބިހު" ބައި ނެގިއެވެ."
ޙަވާރިޖުންނަކީ ޢާލިމުންނާއި، މަތިވެރި ޢިލްމުގެ އަހްލުވެރީންނަށް މަލާމަތް ކުރާ ބަޔެކެވެ.
◾އިމާމު އައްޝާޠިބީ ވިދާޅުވިއެވެ."ޙަވާރިޖުންގެ ކިބައިގައިވާ ފަސާދައިގެ އަސްލަކީ އެމީހުންނީ މަތިވެރި ސަލަފުންނަށް މަލާމަތްކޮށް ލަޢުނަތްދިން ފުރަތަމަަ މީހުންނެވެ. އެކަން މިއަދާއި ހަމައަށްވެސް އޮތީ އެފަދައިންނެވެ."ޙަވާރިޖުންނަށް މަގު ދައްކާނެ ތެދުވެރި ޢިލްމުވެރިންނެއް ނުތިބޭނެއެވެ.
◾އިބުނު ތައިމިއްޔާ ވިދާޅުވިއެވެ." ޙަވާރިޖުން ދެނެގަނެވޭނީ ހަމައެކަނި މީސްތަކުން އެމީހުންނާ ބެހޭގޮތުން ދައްކާ ވާހަކަތަކުންނެވެ. އެމީހުންނަށް ޢިލުމުވެރިންނެއްވެސް އަދި ފޮތެއްވެސް ނުވެއެވެ"ޙަވާރިޖުން އެމީހުންގެ ބިމަށް ދާރުލް އިސްލާމުގެ ނަމުން ނަންދިނުމަށްފަހު، އެހެން ހުރިހާ ބިމެއް އެއީ ﷲ ގެ ޝަރީއަތް ގާއިމު ނުކުރެވޭ ކާފަރު ބިންތަކަމުގައި ބުނާނެއެވެ.
◾ އިބުނު ތައިމިއްޔާ ވިދާޅުވިއެވެ." މިއީ ހަމައެކަނި ޙަވާރިޖުން ކިބައިގައި ހުރިކަމެކެވެ. އެއީ އެމީހުން އެމީހުންގެ އަމީރާއި، އެމީހުންގެ ޖަމާއަތާއި އަދި އެމީހުންގެ ބިމާއިއެކު ވަކިވެ ގަތީންސުރެންނެވެ. އަދި އެމީހުން އެމީހުންގެ ބިން އެއީ ހިޖުރަ ކުރެވޭ ބިން ކަމުގައި ބުނެއެވެ. އަދި އެހެނިހެން ބިންތަށް އެއީ ކުފުރުގެ ބިންތަށް އަދި ހަނގުރާމައިގެ ބިންތަށް ކަމުގައިބުނެވެއެވެ.ޙަވާރިޖުން އެމީހުން އަމީރުގެ ގޮތުގައި ބަލައިގަންނާނީ އެމީހުން އަމިއްލައަށް ކަނޑައަޅައި ހަމަޖައްސާ މީހަކު
◾މިކަންކުރަނީ އެމީހުންގެ ހިޔާލާ އެއްގޮތަށް، މިއީ ޙަވާރިޖުންގެ ބިދުޢަ ފެށޭ ހިސާބު◾ ދެން އެމީހުންގެ އަމީރާ ދެކޮޅުވެގަންނަ މީހާއި ހަގުރާމަ ކުރުން ވާޖިބުކަމުގައި ހަދައެވެ.
◾އިބުނު ތައިމިއްޔާ ވިދާޅުވިއެވެ. "އެމީހުން އެމީހުންގެ އަމީރާއި، އެމީހުންގެ ޖަމާއަތާއި އަދި އެމީހުންގެ ބިމާއިއެކު ވަކިވެވެގަތެވެ."
އެބައިމީހުން އެއްބަސްވުންތަކަށް އިހުތިރާމު ނުކިރުމާއި،އަހުދު އުވާލާނެއެވެ.
◾މާތް ﷲ ވަޙީކުރެއްވިއެވެ." އެއުރެންނީ، ﷲ އަށް އަހުދު ކަށަވަރުކޮށް ގަދަކުރުމަށްފަހު އެކަލާނގެ އަހުދު އުވައިލާ މީހުންނެވެ. އަދި އުރެންނީ، ގުޅުވައި ދެމެހެއްޓުމަށްް ﷲ އަމުރު ކުރެއްވި ކަންތައްތައް ކަނޑާލައި،ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ. ގެއްލެނިވިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ."◾މުސްއަބު އިބްނު ސައުދު ( ﷲރަޟިޔަ އަންހު) ވިދާޅުވަނީ: "މިއާޔަތުގައި އެވަނީ ކޮންބައެއްގެ ވާހަކަތޯ އަހަރެންގެ ބައްޕަގެގާތު ސުވާލު ކުރީމެވެ. އަދި އަހަރެންގެ ބައްޕަ ޖަވާބުގައި ވިދާޅުވިއެވެ. މިއާޔަތުގައި އެވާ މުރާދަކީ(މާނައަކީ) ހަރޫރިއްޔާއިންނެވެ."
އެމީހުން ފިޔަވާ އެހެން ބަޔަކު ﷲ ގެ ޝަރީއަތް ޤާއިމު ނުކުރާކަމުގައި ބުނުނާނެއެވެ.
◾އިބުނު ޖަރީރު (ރަޙިމަހު ﷲ ވަރަޟޫ އަންހު) ވިދާޅުވަނީ:"ޢަލީގެފާނު ޚުތުބާއެއް ދެއްވަން ހުންނަވަނިކޮށް، ޚަވާރިޖުންގެ ތެރެއިން މީހަކު އައިސް ޢަލީގެފާނަށް ބުންޏެއެވެ. އޭ ޢަލީއެވެ. ކަލޭގެފާނު ﷲ އާއި އެހެންފަރާތެއް ބައިވެރިކޮށް ޝަރީކު ކޮށްފިއެވެ. އަދި ކަލޭގެފާނު ﷲ ގެ ޝަރީޢަތުން ޙުކުމެއް ނުކުރެއެވެ. އަދި ޙުކުމް ކުރުން ވަނީ ހަމައެކަނި ﷲ އަށެވެ. ދެން އެއަށްފަހުގައި އެމީހުން ހުރިހައި ދިމާލަކުން ގޮވަންފެށިއެވެ. ޙުކުމް ކުރުން ވަނީ ހަމައެކަނި ﷲ އަށެވެ. އެހެންކަމުން ޢަލީގެފާނު ވިދާޅުވިއެވެ. އެމީހުން އެބުނަނީ ޙައްޤު ބަހެކެވެ. އެހެން ނަމަވެސް އެމީހުން އެއިން އެނަގަނީ ބާޠިލު މުރާދެކެވެ."އެބައިމީހުން އެއީ ޢިލްމު މަދުވުމާއި، ޖާހިލުކަން އެމީހުންގެ ތެރޭގައި އާންމު ވެފައިވުން
◾އިބްނު ހަޖަރު ( ﷲރަޙިމަހު ) ވިދާޅުވަނީ:"ހަމަކަށަވަރުން ޚަވާރިޖުން އެމީހުންނާއި، ދެބަސްވީ މީހުންނާމެދު ޙުކުމްކުރީ ކުފުރުވެފައިވާ ބައެއް ގޮތުގައެވެ. އަދި އެމީހުންގެ ލޭ އެއީ ހަލާލު އެއްޗެއް ކަމަށް ދެކުނެވެ. ( ލޭ އޮހޮރުން ހުއްދަކަމަށް ދެކުން ) އަދި ޛިންމީގެ މެދުގައިވާ އަހުދު އަހަރެމެން ފުރިހަމަ ކުރާނަމެވެ." ދެން އެއަށްފަހު މުސްލިމުންނާއި ހަނގުރާމަ ކުރުމުގައި މަސްއޫލުވިއެވެ. އަދި މިހުރިހާ ކަމަކީވެސް ޢިލްމުގެ އަލިކަން އެބައެއްގެ މޭތަކަށް ފޯރާފައި ނުވާ ޖާހިލުންނަށް އަޅުކަން ކުރުމުގެ ނަތީޖާއެވެ."އެބައިމީހުންނާ ޚިލާފުވާ މީހުން އެއީ އިރްޖާގެ ބަޔަކު ކަމުގައި ބުނާނެއެވެ.
◾(ތަކްފީރު ކުރުމަކައި ނުލައި ) އެމީހުން ބުނަނީ އެވެނި މިވެނި މީހަކު އެއީ މުރުޖީއާ އެކެވެ.◾އިމާމް އަޙްމަދު ( ﷲރަޙިމަހު ) ވިދާޅުވަނީ" ޚަވާރިޖުންވަނީ ސުންނަތް ޖަމާޢަތުގެ އަހުލުވެރީންނަކީ މިރުޖީއާއިން ކަމުގައި ބުނެފައެވެ. އަދި މިއީ އެމީހުން ބުނެފައިވާ ދޮގު ބުނުމެކެވެ."
އެބައިމީހުން އެއީ ޢިލްމު މަދުވުމާއި، ޖާހިލުކަން އެމީހުންގެ ތެރޭގައި އާންމު ވެފައިވުން
◾އިބްނު ހަޖަރު ( ﷲރަޙިމަހު ) ވިދާޅުވަނީ:"ހަމަކަށަވަރުން ޚަވާރިޖުން އެމީހުންނާއި، ދެބަސްވީ މީހުންނާމެދު ޙުކުމްކުރީ ކުފުރުވެފައިވާ ބައެއް ގޮތުގައެވެ. އަދި އެމީހުންގެ ލޭ އެއީ ހަލާލު އެއްޗެއް ކަމަށް ދެކުނެވެ. ( ލޭ އޮހޮރުން ހުއްދަކަމަށް ދެކުން ) އަދި ޛިންމީގެ މެދުގައިވާ އަހުދު އަހަރެމެން ފުރިހަމަ ކުރާނަމެވެ." ދެން އެއަށްފަހު މުސްލިމުންނާއި ހަނގުރާމަ ކުރުމުގައި މަސްއޫލުވިއެވެ. އަދި މިހުރިހާ ކަމަކީވެސް ޢިލްމުގެ އަލިކަން އެބައެއްގެ މޭތަކަށް ފޯރާފައި ނުވާ ޖާހިލުންނަށް އަޅުކަން ކުރުމުގެ ނަތީޖާއެވެ."އެބައިމީހުންނަކީ ޖަދަލުކުރުމުގައި މަލާމަތްކުރުމާއި އަދި ހަޑިހުތުރުބަސް ބޭނުންކުރާ ބައެކެވެ. އަދި އަދި ހިތްހެޔޮކަމާއި ރަޙުމެއް އެމީހުން ކިބައިގައި ނުހުންނާނޭ
◾ޢިލުމުގެ އަހުލުވެރިޔަކާ ދެބަސްވެއްޖެނަމަ "މި މީހަކީ ކާފަރުންގެ އެޖެންޓެކޭ،ޖާސޫސެކޭ،މުރުތައްދެއް...މިފަދަ އެތައް އިލްޒާމެއް އަޅުވާނެއެވެ.މީސްތަކުންނަށް އެބައިމީހުންނަކީ ޒުހުދުވެރި ބައެއްކަމުގައި ދައްކާހަދާނެއެވެ.
◾އެއީ ޞާލިހުކަން ދެއްކުން◾ކުދިކުދި ކަންތަކުގައި ޞާލިހުން ފަދައިން އުޅޭއިރު، ބޮޑެތި މައްސަލަތަކުގައި އެބައިމީހުންގެ ޞާލިހުކަން ދައްވާނެއެވެ.
◾ޤައިސް ބިން އިމާދު ވިދާޅުވެފައިވެއެވެ. "އެމީހުން ނުކުމެ، އެޒަމާނުގެ ފިތުނައިން ދުރުގައި ހުންނެވި ޞަޙާބީ ﷲޢަބްދު އިބުނު ޙައްބާބު ( ﷲރަޞިޔަ ޢަންހު) އެކަލޭގެފާނު ރަށުގައި ހުންނަވަނިކޮށް ގަދަކަމުން ހައްޔަރުކުރިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. އެއަށްފަހު އެމީހުންގެ ތެރެއިން މީހަކަށް ކަދުރު ރުކަކުން ވެއްޓުނު ކަދުރު އޮށެއް ފެނުނެވެ. ކަދުރު ރުކަކުން ވެއްޓުނު ކަދުރު އޮށެއް ފެނުމުން އޭގެތެރެއިން މީހަކު އެ ނަގައި އަނގައަށް ލިއެވެ. މިތަން ފެނިފައި އެމީހުން ބުނީ..ތިޔަ ކަދުރަކީ މުސްލިމުންނާ އެކު ޢަހުދުވެފައިވާ މީހެއްގެ( ޛިންމީއެއްގެ) މިލްކެކެވެ. ކަލޭ އޭތި ތިޔަ ކެއީ އެނާއަށް ފައިސާ ދިނުމަކާ ނުލައެވެ. މިހެން ބުނުމުން އޭނާ އެ ކަދުރު ނަގައި އެއްލައިލިއެވެ. އެއަށްފަހު އެމީހުންގެ ދަތުރުގައި ދިމާވި އޫރެއް، އޭގެތެރެއިން އެކަކު ޤަތުލުކުރިއެވެ.އެހެންކަމުން އެ އޫރުގެ ވެރި ނަޞާރާއަށް އެމީހުން އޭގެ ބަދަލު ދިނެއެވެ. މިކަންތައް ފެނިފައި ޙައްބާބް( ﷲރަޟިޔަ އަންހު ) ވިދާޅުވިއެވެ. ކަލޭމެންގެ މައްޗަށް ތިޔަ ކަދުރާއި އޫރަށް ވުރެ ބޮޑު ޙައްޤެއް ވަނީ ކާކައި މެދުކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ އޭރު އެކަލޭގެފާނު ވަނީ ޗޭނުއަޅައި ބަނޑެވިފައެވެ. ދެން އެމީހުން އެކަލޭގެފާނަށް "ޖަވާބު ދޭށޭ " ބުނުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެން ބާލިޢުވުމަށް ފަހު އެންމެ ނަމާދެއްވެސް ނާޅަމެވެ. އަދި އެންމެ ރަމަޞާން މަހެއްގައި ރޯދަ ނުހިފައިވެސް ދޫކޮށްނުލަމުއެވެ. އެކަލޭގެފާނު މިފަދައިން ގިނަ ކަންތައް ކިޔައިދެއްވިއެވެ. ދެން އެކަލޭގެފާނު އެ ބަސްކޮޅާއެކު އެބައިމީހުން އެކަލޭގެފާނު ގެނެސް ޝަހީދުކޮށްލިއެވެ."
