އިސްރާއިލުގެ ހަމަލާތަކުގެ ސަބަބުން އިރާނާއި ލުބުނާނުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

 



އެމެރިކާ-އިސްރާއިލުން  ގުޅިގެން އިރާނަށް ހަމަލާ ދިނުމުން  މެދުރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައެވެ. އެންމެ ފަހު އިސްރާއީލުން ހަމަލާދިނީ ލުބުނާނުގެ ދެކުނުގެ ސަރަހަދުތަކަށާއި ލުބުނާނުގެ ވެރިރަށަށެވެ. އިސްރާއިލުން ވައިގެ މަގުން ދިން މި ހަމަލާތަކުގައި އެތަށް ސަތޭކެ ބަެއެއް ވަނީ މަރުވެފައެވެ. އަދި އެއްހާސްވަރަކަށް މީހުންވަނީ ޒަޚަމަވެފަކަމަށް އަލް ޖަޒީރާއިން ރިޕޯޓް ކުރެއެވެ. އަލް ޖަޒިރާއިން ލުބުނާނުގެ ސިއްހީ ވުޒާރާއި ހަވާލާދީ ބުނެފައިވަނީ މި ހަމަލާގައި  މަރުވި މީހުންތެރެެގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށެވެ. އިސްރާއިލުން ބުނަމުންދަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބު ﷲ ގެ ހަނގުރާމަ ވެރިންނަށްކަމަށެވެ.  މި ހަމަލާތަށް އާންމުދިރިއުޅޭ އިމާރަތްތަކަށް އަމާޒުވުމުން، އެތަށް ބަޔަކުވަނީ ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

އަނެއްކޮޅުން، އިރާނަށް ދިން ހަމަލާތަކުގައި އެޤައމުގެ ޢާންމުންގެ  އެތަށްބައެއްވަނީ މަރުވެފައެވެ. އަދި އެތަށްހާސްބަޔަކުވަނީ ޒަހަމްވެސްވެފައެވެ. މިކަން  އިރާނުގެ ރަސްމީ އިދާރާތަކުންވަނީ ކަށަވަރުކޮށްދީފައެވެ. އިސްރާއިލުން ބުނެފައިވަނީ މި ހަމލާއަކީ އިރާނުން  އިސްރާއިލަށް ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއްކަމުގައެވެ. އަމާޒުކޮށްފައިވާނީ އަސްކަރީ އިމާރަތްތަކަށް ކަމަށެވެ. އިރާނުންވަނީ މީގެ ރައްދު ވަރުގދަވެފައި ބިރުވެރިވާނެކަމަށް ބުނެފައެވެ.

މި ހަމަލާތަކާއި ގުޅިގެން އިސްލާހަށް މަސައްކަތް ކުރާ އެތަށް ބައެއްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޢދ އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ މި ހަނގުރާމަ ހުއްޓާލައި މަޝްވަރާގެ މޭޒަށް ދިއުމަށް ގޮވާލައިފައެވެ. އެހެންނަމަވެސް އިސްރާއިލުން ބުނަމުންދަނީ އެމީހުންގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ވަންދެން ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށެވެ. މި ހަނގުރާމަެއިގެ ސަބަބުން މެދުރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެކަމުގެ ބިރުވެރިކަންވަނީ މިހާރު އުފެދިފައެވެ.

ފަލަސްތީނުގައި އެތައް އަހަރެއް ވަންދެން ހިނގަމުންދާ ހަނގުރާމަ މިހާރު ލުބުނާނާއި އިރާނަށް ފުޅާވެފައިވާއިރު، މީގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވަނީ ކުށެއްނެތް އާންމުންނަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިންޒާރު ދޭ ގޮތުގައި، މި ހަމަލާތައް ވަގުތުން ހުއްޓާނުލައިފިނަމަ، މުޅި ސަރަހައްދު ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑު އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެއެވެ.

އަރުށީފު

އެންމެ މަޤްބޫލު