އިންޑިއާގެ އިސްތިޢުމާރާ ދެކޮޅު ލީޑަރު އާސިޔާ އުމުރަށް ޖަލަށް



އިންޑިއާގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ކަޝްމީރުގެ މިނިވަންކަމަށް ވަކާލާތުކުރާ އެންމެ އިސް އެއް އަންހެން ލީޑަރު، އާސިޔާ އަންދްރާބީ އުމުރަށް ޖަލަށްލުމަށް އިންޑިއާގެ ކޯޓަކުން މިއަދު ވަނީ ޙުކުމްކޮށްފައެވެ. 2018 ވަނަ އަހަރުން ފެށިގެން ބަންދުގައި ހުރި އާސިޔާގެ މައްޗަށް އިންޑިއާ ސަރުކާރުން އުފުލާފައިވަނީ ޓެރަރިޒަމަށް ހިތްވަރުދިނުމާއި، އިންޑިއާ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމުގެ ބޮޑެތި ދައުވާތަކެކެވެ. އޭނާއަކީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ އަންހެނުންގެ މައި ޖަމާޢަތް ކަމަށްވާ "ދުޚްތަރާނޭ މިއްލަތު" ގެ ބާނީއެވެ.

މި ޙުކުމަކީ ކަޝްމީރުގެ މިނިވަންކަމުގެ ޙަރަކާތްތައް ހުއްޓުވައި، އެ ސަރަޙައްދުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އާސިޔާގެ އާއިލާއަކީވެސް ކަޝްމީރުގެ ޙައްޤުގައި މަސައްކަތްކުރާ ބައެއް ކަމުން، އޭނާގެ ފިރިމީހާ އާއި ދަރިންނަށްވެސް އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ފަރާތުން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ، ސިޔާސީ ލީޑަރުންނަށް މިފަދަ ހަރުކަށި އަދަބުތައް ދިނުމަކީ ޑިމޮކްރަސީގެ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

(މަސްދަރު)


އަރުށީފު

އެންމެ މަޤްބޫލު