ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދަސްތޫރެވެ. ނަމަވެސް، އާޔަތްތަކުގެ ފުން މާނައާއި ތަފްސީރު ދެނެގަތުމަކީ ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އުނދަގޫވާ ކަމެކެވެ. ޚާއްޞަކޮށް އިތުބާރު ހުރި ދިވެހި ތަރުޖަމާއެއް ފަސޭހައިން އަތްފޯރާ ފަށުގައި ނެތުމުން މި ދަތިކަން ކުރިމަތިވެއެވެ.
މިއަދު މި ތަޢާރަފްކޮށްލަނީ މިކަމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ފުރިހަމަ އެއް ވަސީލަތެވެ.
ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު
މި ވެބްސައިޓަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް، ފޯނުން ނުވަތަ ކޮމްޕިއުޓަރުން ކީރިތި ޤުރުއާނުގެ ތަފްސީރު ދިވެހިބަހުން ކިޔާލުމަށް ފަރުމާކޮށްފައިވާ ވަރަށް ރީތި، ފަސޭހަ ސައިޓެކެވެ.
