بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على رسول الله ﷺ، وعلى آله وصحبه أجمعين.
ﷲ ތިބާއަށް ރަޙްމަތް
ލައްވާށެވެ.
رَّبِّ زِدْنِي عِلْمًا
﴿وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ ٨٣﴾
ޙަދީޘްއެމްވީ
ތަރުޖަމާ:
އިސްރާއީލުގެ
ދަރިންގެ ކިބައިން، ތިމަން އިލާހު ކަށަވަރުވެގެންވާ އަހުދު ހިއްޕެވިހިނދު،
ހަނދުމަކުރާށެވެ! އެއީ، ﷲ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށެވެ. އަދި
މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް
ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި
ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިޔަބައިމީހުން
ދެކޮޅުވެރިވެގެންވާ ހާލު، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (އަހުދު
ފުއްދުމަށް) ފުރަގަސްދިނީއެވެ. 83-2
﴿وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ١٩﴾
ރަސްމީ ތަރުޖަމާ:
އަދި ތިބާ ހިނގާ
ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ!
ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ
އަޑުކަން ކަށަވަރެވެ.19-31
މާތް ﷲކީރިތި ޤުރުއާނުގާއި ވަޙީ
ކުރެއްވިއެވެ. "...އަދި ތިޔަބައިމީހުން މީސްތަކުންނަށް
ހެޔޮބަސްބުނާށެވެ!.." އަދި އެހެންއާޔަތެއްގައި އެކަލާންގެ ވަޙީ ކުރެއްވިއެވެ.
"..އަދި ތިބާގެ އަޑު މަޑުކުރާށެވެ!.."
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ كَانَ يُؤْمِنُ بِالله وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ)) [رواه البخاري]
މާނައަކީ: “ﷲ
އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ
ހަނުހުންނާށެވެ.
ކީރިތި
ޤުރުއާނުންނާއި ޚަދީޘް ބަސްފުޅުން އަޅުގަނޑުމެން ދުލުން ބޭރުކުރާ ކޮންމެ
ލަފުޒަކަށް ސަމާލުވާންޖެހޭނެކަން އަންގައިދޭ ވަރަށް މުހިންމު ފިލާވަޅެއް
ބުނެދީފިއެވެ.
މީހުންނާ މުޢާމަލާތްކުރާއިރު
އަބަދުވެސް މަޑުމައިތިރިކަމާއެކު ވާހަކަދައްކަން އާދަކުރަންވާނެއެވެ. މާ ބާރަށް
ނުވަތަ މާ އަވަސްއަރުވާލާފައި ވާހަކަދެއްކުމުގެ ބަދަލުގައި، އަނެކާއަށް
ވިސްނޭނެހެން ލަސްލަހުން ވާހަކަދެއްކުމަކީ ރިީތި ގޮތެވެ. އަދި ހަޑިހުތުރު
ބަހުރުވައާއި ބޭކާރު ވާހަކަތަކުން ދޫ ރައްކާތެރިކުރަން ޖެހެއެވެ. ހަނުހުރުމަކީ
ރަނގަޅު ސިފައެއް ނަމަވެސް، މީހުންނަށް އުނދަގޫވާ ވަރަށް އެކަމުގައި
ހައްދުފަހަނަޅައި ގޮސްގެން ނުވާނެއެވެ.
އަބަދުވެސް ތެދުބުނުމަށް
އިސްކަންދޭށެވެ. އެއްޗެއް ބުނުމުގެ ކުރިން އެ ބުނެވޭ އެއްޗަކާމެދު ފުންކޮށް
ވިސްނާލުން މުހިންމެވެ. ފަހުން މާފަށް އެދެންޖެހޭ ފަދަ ވާހަކައެއް ދުލުން
ބޭރުނުކުރުމަށް ސަމާލުވާށެވެ. ވާހަކަދައްކާއިރު ނޭވާލަމުން، ޖުމްލަތައް
ފުރިހަމަކުރަމުން، މެދުމިނެއްގައި ހިފަހައްޓާށެވެ. ވީހާވެސް ކުރުކޮށް، ފޮނިކޮށް
ބުނަން ބޭނުންވާ އެއްޗެއް ބުނެވޭތޯ ބަލާށެވެ.
މީގެ އިތުރުން، އެހެން މީހުން
ދައްކާ ވާހަކަ ކަނުލައި އަޑުއަހާ މީހަކަށް ވާށެވެ. މީހަކު ވާހަކަދައްކާއިރު މޫނު
ކުނިކޮށްގެން ނުހުރެ، ހިނިތުންވުމާއެކު ކުރިމަތިލާށެވެ. އަދި އަނެކާގެ ވާހަކަ
މެދުކަނޑާނުލައި، އޭނާ ދައްކާ ވާހަކަ ނިމުމުން ތިމާގެ ފުރުޞަތުގައި ވާހަކަދައްކަން
ފަށާށެވެ. ވާހަކަދައްކާއިރު އަތުންނާއި ހަށިގަނޑުން ބޭކާރު ގިނަ ހަރަކާތްތައް
ކުރުމަކީ އަޑުއަހާ މީހާއަށް އުނދަގޫވެ، ސަމާލުކަން ގެއްލިދާނެ ކަމެއްކަން
ހަނދާނުގައި ބަހައްޓަންވާނެއެވެ.
وصلى الله وسلم على نبينا محمد، وعلى آله وصحبه أجمعين.
