سم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على رسول الله ﷺ، وعلى آله وصحبه أجمعين.
ﷲ ތިބާއަށް ރަޙްމަތް
ލައްވާށެވެ.
އިބްނުލް ޖައުޒީގެ (مناقب الإمام أحمد) ގައި، އިމާމް އަޙްމަދުގެ ދަރިކަލުން ޞާލިޙް ވިދާޅުވިއެވެ.
ތިމަންގެ ބައްޕާފުޅު ދެލިއަޅާ ގުނބައެއް ހިފައިގެން ހުއްޓާ މީހަކަށް ފެނުނެވެ.
އަދި އޭތި އޮތީ ތިމަންގެ ބައްޕާފުޅު އަތުގައިއެވެ. އެ މީހާ ބުންޏެވެ. އޭ އަބޫ
ޢަބްދު ﷲ (އިމާމް އަޙްމަދުގެ ކުންޔާ)، ތިބާ ވަރަށް މަތީ މަޤާމަކާއި ދަރަޖައަކަށް
ވާޞިލް ވެއްޖައީމުއެވެ. ތިބާއަކީ މުސްލިމުންގެ އިމާމެވެ. އަދި ތިބާއަކީ އަހްލުލް
ސުންނަތުގެ އިމާމެވެ. ތިޔަ ދެލިއަޅާ ގުނބާ އުފުލުން ހުއްޓާލާނީ ފަހެ ކޮން އިރަކުން
ތޯ އެވެ؟ އިމާމް އަޙްމަދު ވިދާޅުވިއެވެ. مع الْمحْبرةِ إِلى الْمقْبرِة
"ދެލިއަޅާ ގުނބައާއިއެކު ކައްވަޅަށް
ތިމަންކަލޭގެފާނު ދާންދެނެވެ.""
މުޙައްމަދު އިބްނު އިސްމާޢީލް
އައް-ޞާއިޣު އަށް (މިތަނުގައި އައް-ޞާއިޣުގެ މާނަ އަކީ ކަނބުރުވެރިޔާ)
ކަނބުރުގެއެއް ވެއެވެ. އެތަނުގައި އޭނާ މަސައްކަތް ކުރެއެވެ. އޭނާ ބުންޏެވެ.
"ތިމަންނާއާއި ތިމަންނަގެ ބައްޕަ މަސައްކަތުގައި ވަނިކޮށް އިމާމް އަޙުމަދު
އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ހިއްޕަވައިގެން އަހަރެމެންގެ ކަނބުރުގެ އާއި އަރާ
ހަމަވިއެވެ. އެހިނދު އަހަރެންގެ ބައްޕަ ކުއްލިއަކަށް އެކަލޭގެފާނުގެ (އިމާމް
އަޙްމަދުގެ) ހެދުންކޮޅުގައި ހިފައި ބުންޏެވެ. "އޭ އިމާމް އަޙްމަދެވެ، ތިބާ
ލަދެއް ނުގަނޭ ހެއްޔެވެ؟ ތިބާ އެބަޔަކު ގާތުން އުނގެނޭ ކުދިން ގާތުން
އުނގެނުމުގައި ތިބާ އަދި ކިހާ ދުވަހަކު ދެމިހުންނާނަން ހެއްޔެވެ؟"
އެކަލޭގެފާނުއެބަޔަކު ގާތުން އުނގެނޭ ކުދިން ވަނީ ދެ ޙާލަތެއްގެ މައްޗަށެވެ.
އެހެނީ އިމާމް އަޙްމަދަށް ވުރެ އެ ކުދިން ޢުމުރުން ހަގީއެވެ. ނޫނީ އިމާމް
އަޙްމަދަށް ޢިލްމު ލިބިފައިވާ މިންވަރަށް އެކުދިންނަށް ޢިލްމު ލިބިފައި ނެތީއެވެ.
ނަމަވެސް އެކަލޭގެފާނު އެކުދިން ގާތުން އުނގެނި ވަޑއިގަތުމަށްޓަކައި ގޮސް
ހެއްދެވިއެވެ. އިމާމް އަޙްމަދް އައް-ޞާއިޣަށް ވިދާޅުވިއެވެ. "މަރުވުމާއި
ހަމައަށެވެ. މަރުވެއްޖެއުމަށް ދާންދެން ތިމަންކަލޭގެފާނު އުނގެނޭ ހުށީމެވެ. އަދި
ތިމަންކަލޭގެފާނު ހުއްޓާލާނީ މަރު އައިސް ބައްދަލު ކުރުމުންނެވެ."
އިބްނު ޢަބްދިލް-ބައްރު
ކިބައިން ޖާމިޢު ބަޔާން އަލް-ޢިލްމު ވަ ފަޟްލިހީ (جامع بيان العلم وفضله) ގައި ވެއެވެ. އެކަލޭގެފާނު ޢިލްމު އުނގެނުން ހުއްޓާލާނީ
ކޮން އިރަކުން ކަމާމެދު އިބްނުލް މުބާރަކް އާއި ސުވާލު ދެންނެވުނެވެ. (ސަބަބަކީ،
އެކަލޭގެފާނު އަބަދުވެސް ޢިލްމު ހޯދާ އުނގެނެމުގައި އުޅުއްވައެވެ.) އެހެންފަހަރަކު
އެކަލޭގެފާނާއި ހަމަ އެ ސުވާލު ކުރެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
"ތިމަންކަލޭގެފާނަށް ކޮންމެހެންވެސް އެނގެން ޖެހޭ އެއްޗަކަށް އެ ވެދާނެވެ.
ނޫނީ ތިމަންކަލޭގެފާނު ﷲ ޙަޟްރަތުގައި ކޮޅަށް ހުންނަ ހިނދު، ތިމަންކަލޭގެފާނަށް
ކޮންމެހެންވެސް އެނގެންޖެހޭ އެއްޗަކަށް އެ ވެދާނެވެ. ފަހަރުގައި ތިމަންކަލޭގެފާނަށް
އެ ނުލިޔެވި ހުރެދާނެވެ."
އާއެކެވެ. އަހަރުމެން ހުރިހާ
އެންމެން ކިޔަވާއި އުނގެނެން ޖެހޭނެވެ. އަދި އުނގެނުމަކީ ނިމުމެެއް ނުވާ
މަރުޙަލާއެކެވެ. އެއިލާހުގެ ނަބިއްޔާ ﷺ އަށް ﷲ ވަޙީކުރެއްވިއެވެ:
وَقُل رَّبِّ زِدْنِي عِلْمًا {سُورَةُ طه:١١٤}
އަދި ކަލޭގެފާނު ވިދާޅުވާށެވެ!
އަޅުގެ ރައްބެވެ! މިއަޅާއަށް އިލްމު އިތުރުކޮށްދެއްވާނދޭވެ!
މީ ނަބިއްޔާ ﷺ އަށެވެ. ތިމަންކަލޭގެފާނަށް
ޢިލްމު އިތުރުކޮށްދެއްވާށެވެ. ކޮންއިރަކާއި ހަމައަށް ހެއްޔެވެ؟ މި ދުޢާގެ މުއްދަތު
ހަމަވާ ތާރީޚަކީ ކޮބާ ހެއްޔެވެ؟ އޭ ﷲ ގެ ނަބިއްޔާ ﷺ އެވެ. ކަލޭގެފާނު އެފަދައިން
ކިޔުން ހުއްޓަވާލާނީ ކޮން އިރަކުން ހެއްޔެވެ؟ ދުވަހަކުވެސް ނުހުއްޓާލާނެވެ.
رَّبِّ زِدْنِي عِلْمًا
އެކަލޭގެފާނުގެ މަރާ
ހަމައަށެވެ. އެއީ ނަބިއްޔާ ﷺ އެވެ. އެހެންކަމުން އަހަރުމެންނާއި މެދު ވިސްނާލަ ބަލާށެވެ.
އަހަރުމެން ކިޔެވުން ކުރިއަށް ގެންދަން ޖެހޭނެވެ.
| އައްޝައިޚް
އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) - ތަވްޙީދުގެ ކުލާސްތަކުން
@Tazkirat_Nufoos
وصلى الله وسلم على نبينا محمد، وعلى آله وصحبه أجمعين.
