ޒަމާނީ ހަނގުރާމަތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (AI)ގެ ނުރައްކާ

 


2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ދެކުނުގެ މިނާބްގައި ހުންނަ ޝަހްޒާދު ތައްޔިބު ސްކޫލަށް ދެވުނު މިސައިލް ހަމަލާއަށެވެ. މި ހަމަލާގައި 165 އަށްވުރެ ގިނަ އަންހެން ކުދިން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނެވެ. ތަޙުލީލު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ އެމެރިކާގެ "މޭވަން"  ސިސްޓަމްގައި ހިމެނޭ އޭއައި އަށް އެރި އޮޅުމެއްގެ ސަބަބުން ދެވުނު ހަމަލާއެކެވެ. މި ސްކޫލް ހުރި ބިމަކީ 2013 ވަނަ އަހަރު އަސްކަރީ މަރުކަޒެއްގެ ބައެއް ކަމުގައި ވިޔަސް، 2016 އިން ފެށިގެން އެއީ އާންމު ސްކޫލެއްކަން ސެޓަލައިޓް ފޮޓޯތަކުން އެނގެން އޮތް ނަމަވެސް، އޭއައި ބޭނުންކޮށްފައިވަނީ ބާގަވެފައިވާ މައުލޫމާތުތަކެއް ކަމަށް ބެލެވެއެވެ.

ހަމައެއާއެކު، އިސްރާއީލުން ގައްޒާގައި ބޭނުންކުރަމުންދާ "ހަބްސޯރާ"  އަދި "ލެވެންޑާ" ފަދަ އޭއައި ސިސްޓަމްތަކުން "މީހުން މަރާ ފެކްޓްރީތަކެއް" އުފައްދާފައިވާ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. "ހަބްސޯރާ" އަކީ ސެޓަލައިޓްތަކާއި ޑްރޯންތަކުން ލިބޭ ބޮޑެތި މައުލޫމާތުތައް ދިރާސާކޮށް، ދުވާލަކު 100 އަމާޒު ކަނޑައަޅާ ސިސްޓަމެކެވެ. މިއާ ޚިލާފަށް އިންސާނުންގެ ޓީމަކަށް އަހަރަކު ކަނޑައެޅެނީ އެންމެ 50 އަމާޒެވެ. އަދި "ލެވެންޑާ" ސިސްޓަމުން ފަލަސްޠީނުގެ ރައްޔިތުންނަށް "ސްކޯއެއް" ދީ، ހަމާސްއާ ގުޅުން އޮތް މިންވަރު ބަލައެވެ. މިފަދަ ސިސްޓަމްތަކުގެ ސަބަބުން އާންމުން މަރުވާ މިންވަރު އިތުރުވެ، އެއް އަމާޒެއް ހަލާކުކޮށްލުމަށްޓަކައި 100 އެއްހާ އާންމުން މަރުވިޔަސް މައްސަލައެއް ނެތް ކަމަށް ބަލާ ސިޔާސަތުތައް ތަންފީޛުކުރެވެމުންދާ ކަމަށް ބެނަރޖީ ބަޔާންކުރެއެވެ.

އޭއައި އަމިއްލައަށް ގޮތް ނިންމުމުގެ  ނުރައްކާ މިއަދު ވަނީ ވަރަށް ބޮޑުވެފައެވެ. އިންސާނެއްގެ ބެލުމެއް ނެތި، އެންމެ 20 ސިކުންތުގެ ތެރޭގައި މީހެއްގެ ފުރާނަ ދުއްވާލުމުގެ ނިންމުން އޭއައި އިން ނިންމާއިރު، މީގެ ސަބަބުން ދިމާވާ ގޯސްތައް އިންތިހާއަށް ބޮޑެވެ. މިސާލަކަށް، ތެހެރާންގައި އޮންނަ އާންމު ބަގީޗާއަކަށް "ޕޮލިސް ޕާކް" ކިޔާތީ، އެއީ ފުލުހުންގެ މަރުކަޒެއް ކަމަށް ނިންމައި އޭއައި އިން އެތަނަށް ހަމަލާދީފައިވެއެވެ. މިފަދަ އަޚްލާޤީ މައްސަލަތަކާ ހުރެ "އެންތްރޯޕިކް" ފަދަ ކުންފުނިތަކުން ވަނީ އެމީހުންގެ އޭއައި، އިންސާނުން މެރުމަށް ބޭނުންކުރުމަށް އިންކާރުކޮށް، ޕެންޓަގަންގެ ބޮޑެތި ކޮންޓްރެކްޓްތައް ދޫކޮށްލާފައެވެ

ހަނގުރާމައިގައި އޭއައި ބޭނުންކުރުމަކީ ނިއުކްލިއަރ ހަތިޔާރަށްވުރެވެސް ނުރައްކާތެރި ކަމެއް ކަމުގައެވެ. ސަބަބަކީ އޭއައި މެދުވެރިކޮށް މީހުން މެރުމުގެ މަސައްކަތް އޮޓޮމޭޓް ކުރެވި، ޒިންމާދާރުވާނެ ފަރާތެއް ނެތި، ވަރަށް ފަސޭހައިން ބޮޑެތި ގޯސްތައް ހެދުމުގެ ފުރުޞަތު އޮތުމުންނެވެ. އިންސާނިއްޔަތުކަމެއް ނެތް މެޝީންތަކަކަށް ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދޫކޮށްލުމަކީ މުޅި އިންސާނިއްޔަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

އަރުށީފު

އެންމެ މަޤްބޫލު