ޤަޠަރުގެ ގޭސް ފެސިލިޓީއަށް އީރާނުން ދިން ހަމަލާއާއެކު ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު 23 އިންސައްތަ އުފުލިއްޖެ


 

މެދުއިރުމަތީގެ ހަކަތައިގެ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލި، ބޮޑު އިޤްތިޞާދީ ކާރިސާއެއްގެ ބިރު ހީވެއްޖެއެވެ.

އީރާނުގެ ގޭސް ފީލްޑަކަށް އިސްރާއީލުން ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ވަނީ ޤަޠަރުގެ މައި ގޭސް ފެސިލިޓީއަށް ވަރުގަދަ ދެ ހަމަލާއެއް ދީފައެވެ. ޤަޠަރުގެ ދައުލަތުގެ ހަކަތައާ ބެހޭ ކުންފުނިން ބުނި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން އެ ޤައުމުގެ މައި ގޭސް ހަބަށް ވަނީ "އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް" ލިބިފައެވެ.

ބާޒާރަށް އައި ބަދަލުތައް:

  • ރާއްޖޭގައިވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލު އައިސްފައެވެ. އެހެންކަމުން ކުރިން 750 ދަތުރު ކުރި ލާންޗުގެ އަގު އުޅެނީ 1000 ރުފިޔާގައެވެ.
  • ​ސާފުނުކުރާ ތެލުގެ ފީފާއެއްގެ އަގު ވަނީ 5 އިންސައްތަ މައްޗަށް ގޮސް، 113 ޑޮލަރަށް އަރާފައެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަޔާނެއް ނެރުއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އިސްރާއީލުން އީރާނުގެ ގޭސް ފީލްޑަށް ހަމަލާދިނީ އެމެރިކާގެ ހުއްދައެއް ނެތި، ވަރަށް "ޒިންމާދާރުކަން ކުޑަ" ގޮތެއްގައި ކަމަށެވެ. އަދި އިސްރާއީލުން ދެން ދުވަހަކުވެސް އީރާނުގެ ގޭސް ފީލްޑަށް ހަމަލާނުދޭނެ ކަމުގެ ޔަޤީންކަން ޓްރަމްޕް ވަނީ ދެއްވާފައެވެ.

​މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބޮޑު ބުރޫއެއް އަރާފައިވާއިރު، ޚާއްޞަކޮށް ޔޫރަޕާއި އޭޝިއާގެ ޤައުމުތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.


އަރުށީފު

އެންމެ މަޤްބޫލު