މަނަދޫ ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީ މަސައްކަތް ކުރާ ކޮމެޓީ 2026: އެމް.ޑީ.ޕީ




 ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ މަނަދޫގެ ތަރައްޤީގެ އައު ބާބެއް ފެށުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މި އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ނުކުމެ ތިއްބެވި ކެންޑިޑޭޓުން ވަނީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ މުހިންމު ސިޔާސަތުތަކެއް ހުށަހަޅުއްވާފައެވެ.

ކަނބަލުންގެ ބާރުވެރިކަމަކީ މި ތަޞައްވުރުގެ އެންމެ މުހިންމު އެއް ތަނބެވެ. ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ހުރިހާ އަންހެން ބޭފުޅުންނަށް ހޯދައިދީ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކަނބަލުންތަކެއް ބިނާކުރުމަށް އެ ފަރާތުން ބާރުއަޅުއްވައެވެ. ދީނީ އިންތަކުގެ ތެރެއިން މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ދައުރު ފުޅާކުރުމާއެކު، ކަނބަލުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީގެން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރަށުގައި އިތުރުކުރުމަކީ އެމް.ޑީ.ޕީގެ ކެންޑިޑޭޓުންގެ ބޮޑު އަމާޒެކެވެ.

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރައްޔިތުންގެ އަޑު އަހާނެ ކައުންސިލެއް ޤާއިމްކުރުމަކީވެސް މި ފަރާތުން ހުށަހަޅާ މުހިންމު ކަމެކެވެ. ރަށުގެ މުސްތަޤުބަލަށްޓަކައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ޢަޒުމުގައި ތިއްބެވި ކެންޑިޑޭޓުން ބާރުއަޅުއްވަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ފުއްދުންތެރި ބަޔަކަށް ރައްޔިތުން ހެދުމަށެވެ. މީގެ ތެރޭގައި ތަޖުރިބާކާރު، އިތުބާރު ހޯދާފައިވާ ބޭފުޅުންނާއި، ހިންގުންތެރި ކެރޭ ޒުވާނުން ހިމެނޭކަން އެ ފަރާތުން ފާހަގަކުރެއެވެ.

ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމާއި، މީހުން ބިނާކުރުމަށް އިސްކަންދިނުމަކީ އެމް.ޑީ.ޕީގެ ޓީމުން ގެންގުޅޭނެ އުޞޫލެކެވެ. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ތަރައްޤީގެ މަގުން ހިނގައި، ހިތްހެޔޮކަމާއި ހިނިތުންވުމާއެކު ކޮންމެ ރައްޔިތަކާވެސް މުޢާމަލާތްކުރާނެ ކައުންސިލެއްގެ އުންމީދު އެބޭފުޅުން ދެއްވައެވެ. މަނަދޫއަކީ އެންމެން އެދޭ ފަދަ އުފާވެރި، ފާގަތި ރަށަކަށް ހެދުމަށްޓަކައި ތެދުވެރިކަމާއެކު ޚިދުމަތްކުރުމަކީ އެ ކެންޑިޑޭޓުންގެ ވައުދެކެވެ.

ކޮންމެ އިންތިޚާބެއްގައިވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންނެވެ. މަތީގައިވާ ކަންކަމަކީ އެމް.ޑީ.ޕީގެ ފަރާތުން މަނަދޫގެ ކުރިމަގަށް ހުށަހަޅާފައިވާ މައިގަނޑު އަސާސްތަކެވެ. މި ހުށަހެޅުންތަކާއި، ރަށުގެ ޙާލަތަށް ރިޢާޔަތްކޮށް، މަނަދޫގެ ތަރައްޤީއަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ނިންމުމުގެ އިޚްތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.

އަރުށީފު

އެންމެ މަޤްބޫލު