ލީޑަރުން އެންމެ ފަހުން ކަނީ ކީއްވެ؟ ސައިމަން ސިނެކްގެ "Leaders Eat Last" އަށް ބަލާލުމެއް
ކުންފުންޏެއް ނުވަތަ އިދާރާއެއްގެ ކާމިޔާބީ ބިނާވެފައިވަނީ ހަމައެކަނި ލިބޭ އާމްދަނީއަކަށް ނޫނެވެ. އޭގެ އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ސައިމަން ސިނެކްގެ މަޝްހޫރު ފޮތް "Leaders Eat Last" އަކީ މޮޅު ލީޑަރަކަށް ވުމަށްޓަކައި މުވައްޒަފުންގެ އިތުބާރު ހޯދާނެ ގޮތާއި، ރައްކާތެރި މާހައުލެއް ބިނާކުރާނެ ގޮތް އުނގަންނައިދޭ ރަނގަޅު މަގުދައްކައިދިނުމެކެވެ.
މި ފޮތުގެ މައިގަނޑު ފަލްސަފާއަކީ ލީޑަރަކު އޭނާގެ މުވައްޒަފުންނަށްޓަކައި "ސާކަލް އޮފް ސޭފްޓީ" އެއް ގާއިމުކޮށްދިނުމެވެ. މާނައަކީ، ބޭރުގެ ނުރައްކާތަކުން (އިގްތިސާދީ ތަދުކަން ނުވަތަ ވާދަވެރިން) ސަލާމަތްވުމަށްޓަކައި، ތަނުގެ އެތެރޭގައި އެކަކު އަނެކަކަށް އިތުބާރުކުރާ، ބިރުވެރިކަމެއް ނެތް މާހައުލެއް އޮތުމެވެ. ލީޑަރުން އެންމެ ފަހުން ކަނީ، އެމީހުންގެ މުވައްޒަފުންގެ ބޭނުންތައް އަމިއްލަ ބޭނުންތަކަށްވުރެ އިސްކުރާތީއެވެ.
މުސައްނިފު ބުނާގޮތުގައި އަޅުގަނޑުމެންގެ އިހުސާސްތަކާއި މަސައްކަތުގެ ފެންވަރު ކޮންޓްރޯލްކުރަނީ ހަށިގަނޑުގައި އުފެދޭ ހަތަރު ކެމިކަލެކެވެ. މީގެ ތެރެއިން ދެ ކެމިކަލަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ ކެމިކަލްތަކެވެ:
- * ސެރޮޓިނިން (Serotonin): މިއީ އަޅުގަނޑުމެން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުން ލިބޭ ފަޚުރުވެރިކަމުގެ އިހުސާސެވެ. މުވައްޒަފެއްގެ މަސައްކަތް ވެރިމީހާ ބަލައިގަތުމުން މި ކެމިކަލް އުފެދި، ވަފާތެރިކަން އިތުރުވެއެވެ.
- * އޮކްސިޓޯސިން (Oxytocin): މިއީ "ލޯތްބާއި އިތުބާރު" ގެ ކެމިކަލެވެ. އެކަކު އަނެކަކަށް އެހީތެރިވެ، ގުޅުން ބަދަހިވުމުން އުފެދޭ މި ކެމިކަލްގެ ސަބަބުން މަސައްކަތު މާހައުލުގައި ހަމަޖެހުން ގާއިމުވެއެވެ.
ނަމަވެސް، ޑޮޕޮމެއިން (Dopamine) ފަދަ ކެމިކަލްތަކަށް ހަމައެކަނި ބަރޯސާވުމަކީ ނުރައްކަލެކެވެ. މިއީ ވަގުތީ އުފަލާއި، ކުރުމަގުން ކާމިޔާބީ ހޯދުމަށް ހިތްވަރުދޭ ކެމިކަލެކެވެ. ހަމައެކަނި ނަތީޖާއަށް (Results) ބަލައި، އިންސާނިއްޔަތުކަން ދޫކޮށްލުމަކީ ލީޑަރޝިޕް ފެއިލްވާ ސަބަބެކެވެ.
މި ފޮތުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ލީޑަރަކީ ހަމައެކަނި އަމުރުކުރާ މީހެއް ނޫންކަމެވެ. މޮޅު ލީޑަރަކީ:
- މުވައްޒަފުންނަށް ރައްކާތެރިކަން އިހުސާސްކޮށްދޭ މީހެކެވެ.
- މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރާ މީހެކެވެ.
- އިތުބާރުގެ ބިންގާ އަޅައިދޭ މީހެކެވެ.
"Leaders Eat Last" އަކީ ކޮންމެ މުދައްރިސަކު، ކޮންމެ މެނޭޖަރަކު އަދި ކޮންމެ ބެލެނިވެރިއަކުވެސް ކިޔާލުން މުހިންމު ފޮތެކެވެ. މުވައްޒަފުންނަކީ ހަމައެކަނި ހިސާބުތަކަކުން ފެންނަ "ނަންބަރުތަކެއް" ނޫނެވެ. އެއީ އިހުސާސްތަކެއްވާ އިންސާނުންނެވެ. އެމީހުންގެ ދުޅަހެޔޮކަމަށް އިސްކަންދީފިނަމަ، ތަނުގެ ކާމިޔާބީއަކީ ހުއްޓުމެއްނެތް އެއްޗަކަށް ވާނެއެވެ.
ފޮތުގެ ޚުލާސާ އަޑުއެއްސެވުމަށް:-
https://youtu.be/rGl9RmglhRo?si=KjPSlPvzlCu_Y1aO
