ހައްޤާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ: އިންސާނިއްޔަތުގެ ކަރުނައާއި ސުންނާފަތިވުން

 ހައްޤާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ: އިންސާނިއްޔަތުގެ ކަރުނައާއި ސުންނާފަތިވުން


ދުނިޔޭގެ ތާރީޚަކީ ހަނގުރާމަތަކުން ފުރިގެންވާ ތާރީޚެކެވެ. އެއީ ހައްޤާއި ބާޠިލްގެ ހަނގުރާމައެވެ. ބާޠިލުގެ އަޚުލުވެރިން ބާރާއި ނުފޫޒު ހޯދުމަށް ނުވަތަ ބިމުގެ ދަހިވެތިކަމުގައި ކުރާ ހަނގުރާމައިގެ، އޭގެ ހިތި ނަތީޖާ އުފުލަންޖެހެނީ އެއްވެސް ކުށެއް ނެތް އާންމު ރައްޔިތުންނެވެ. ހަނގުރާމައަކީ ހަމައެކަނި ދެ ފަރާތެއްގެ މެދުގައި ބަދަލުކުރެވޭ އުންޑަތަކެއް ނޫނެވެ. އެއީ ތެދާއި ދޮގު ދެމެދުގައި ކުރެވޭ ވަރުގަދަ ޖިހާދެކެވެ. ދޮގު ތއދުގެ މައްޗަށް ކުރިއަރައިފިނަމަ އެއީ ޖީލުތަކަކަށް ދެމިގެންދާ ހިތްދަތިކަމެކެވެ. އަދި ގައުމުތައް ސުންނާފަތިކޮށްލާ ބިޔަ ރާޅެކެވެ.

ހައްޤާ ދެކޮޅަށް ހަނގުރާމައެއް ފެށިގެންދާއިރު، އެންމެ ފުރަތަމަ ގުރުބާންވަނީ އިންސާނީ ކަރާމާތެވެ. ގެދޮރު ގެއްލި، ރެފިއުޖީންގެ ގޮތުގައި މަގުމަތިވާ އެތައް ހާސް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދުވެސް ފެނެއެވެ. ޣައްޒާއިން ފެށިގެން އިސްލާމީ އެހެން އިންޑިޔާއި ހަމައަށް، އަދި ސޫރިޔާއިން ފެށިގެން ޔަމަނާ ހަމައަށް ފެންނަނީ އެއް މަންޒަރެކެވެ. އެއީ މައުސޫމް ކުޑަކުދިންގެ ރުއިމާއި، މައިންބަފައިންގެ ހިތްދަތިކަމެވެ.

ހައްޤާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ސަބަބުން ގައުމެއްގެ އިގްތިސާދީ މައިބަދަ ބިންދާލައެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތުން ބިނާކުރި އިމާރާތްތަކާއި، މަގުތަކާއި، ހޮސްޕިޓަލްތައް ސިކުންތުކޮޅެއްގެ ތެރޭގައި އަޅިއަށް ވެގެންދެއެވެ. މީގެ އިތުރުން، ޒަމާނީ ހަތިޔާރުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ އެތައް އަހަރަކަށް ދެމިގެންދާ ނުރައްކަލެކެވެ. ބިމުގެ ދިރުންތައް ނެތިގޮސް، ސާފު ފެނާއި ކާބޯތަކެތި ލިބުން ދަތިވެގެންދެއެވެ.

ތާރީޚު ހެކިދޭ ގޮތުގައި ހައްޤާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިން ހަގީގީ މޮޅެއް ލިބޭ އެއްވެސް ފަރާތެއް ނޯވެއެވެ. ބާރުގަދަ ގައުމުތަކުން "ނަސްރު" ލިބުނު ކަމަށް ދައުވާ ކުރި ނަމަވެސް، އެ ނަސްރަކީ އެތައް ހާސް އިންސާނުންގެ ފުރާނައާއި، ބިލިއަން ޑޮލަރުގެ އިސްރާފުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ހަގީގީ ބާރަކީ ހަތިޔާރުގެ ބާރެއް ނޫނެވެ. އެއީ لَا إِلَٰهَ إِلَّا ٱللَّٰهُ ގާއިމުކުރުމުގެ ބާރެވެ.

އަޅުގަނޑުމެން އެދެނީ ހައްޤާދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ނާމާންކަމުން މުޅި ދުނިޔެ ސަލާމަތްވުމެވެ. ކޮންމެ އިންސާނަކީވެސް އަމާންކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ މީހެކެވެ. އިންސާނިއްޔަތު ދިރިއޮންނާނީ ސުލްހަވެރިކަން އިސްކޮށްގެންނެވެ.لَا إِلَٰهَ إِلَّا ٱللَّٰهُ. ޤާއިމުކޮށްގެންނެވެ

.

އަރުށީފު

އެންމެ މަޤްބޫލު