ބެރެބިދިގަހުގެ ކަޅު ހިޔަނި: މަނަދޫ އުތުރުގެ ނާމާންކަން(ދެވަނަ ބައި)
ނާމާންކަން އޭގެ އެންމެ އުސްމިނަށް ދިޔައީ، ރަށުގެ އުތުރު ފަރާތުގައި ދިރިއުޅޭ މީހުން ކުއްލި ގޮތަކަށް މަރުވާން ފެށުމުންނެވެ. އެއްވެސް ބައްޔެއް ނެތް ޒުވާނުންނާއި، ކުޑަކުދިން ކުއްލިއަކަށް ހުން އައިސް، މާ ގިނަ އިރުތަކެއް ނުވެ ދުނިޔެ ދޫކުރަން ފެށިއެވެ. ކޮންމެ ޖަނާޒާއަކަށްފަހު، ރަށު ތެރޭގައި ދެކެވޭ ވާހަކައަކީ ބެރެބިދިގަހުގެ މަތީގައި ތިބޭ ބިޔަ "ފޫރޭތަ" ތަކުގެ ވާހަކައެވެ.
އެއްރެއަކު އާދަނު މަހުން ލަފާގެން އައި މަގުމަތީގައި، ބެރެބިދިގަސް ކައިރިން ހިނގާފައި ދަނިކޮށް އޭނާއަށް ފެނުނު މަންޒަރަކުން މުޅި މީހާ ގަނޑުވިއެވެ. ގަހުގެ އެންމެ ބޮޑު އޮފިގަނޑެއްގެ މަތީގައި، އިންސާނަކަށްވުރެ ދެގުނަ ބޮޑު އެއްޗެއް އިށީނދެގެން އިނެވެ. އޭގެ ދެލޯ އަނދިރީގައި ވަނީ ރަތްދުމުން ދިއްލިފައެވެ. އެންމެ ބިރުވެރި ސިފައަކީ، އޭގެ ބޮޑު އަތެވެ.އަނގަ އެއިނީ ހުޅުވާލައިގެންނެވެ. އަދި އެ އެތި އިނީ އާދަނާ ދިމާލަށް ބަލަހައްޓައިގެންނެވެ.
އާދަނު ގެއަށް ދިޔައީ ދުވެފައެވެ. ގޭގެ ދޮރު ލެއްޕުމާއެކު، ސަންފަ ގާތު އެ ވާހަކަ ކިޔައިދިނެވެ. "ސަންފާ! އަހަރެމެން މިތަނުން ދާން އެބަޖެހޭ. އެއީ ހަމައެކަނި ވަހުމެއް ނޫން. އަހަރެންގެ އަމިއްލަ ލޮލުން އެ މަންޒަރު ދެކެފިން،" އާދަނު ތުރުތުރުލާ ހާލު ބުންޏެވެ. އޭގެ އަނެއް ދުވަހު، އާދަނުމެންގެ އަވަށްޓެރި ތުއްތު ކުއްޖަކު މަރުވީ އެ ބެރެބިދިގަސް ދަށުން ދިޔަ ފަހުންނެވެ. މިކަމުގެ ސަބަބުން ރަށުގެ އުތުރު ފަރާތުގައި އޮތް ބިރުވެރިކަން "ނުތަނަވަސްކަމަކަށް" ބަދަލުވިއެވެ. މީހުންނަށް ނިދި ނުލިބި، ކޮންމެ ވަގުތަކުވެސް ކޮންމެވެސް މީހަކަށް ލަނޑެއް ލިބިދާނެކަމުގެ ބިރުވެރިކަން މުޅި ހިސާބަށް ފެތުރިގެން ދިޔައެވެ.
ނޯޓް:- މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
