ފުން އަނދިރިގަނޑެއްގެ ތެރޭގައި: ޒައިދުގެ ދިރިއުޅުން (ތިންވަނަ ބައި)

ފުން އަނދިރިގަނޑެއްގެ ތެރޭގައި: ޒައިދުގެ ދިރިއުޅުން (ތިންވަނަ ބައި)




ޒައިދުގެ ދިރިއުޅުން މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. ކުރިން އޭނާ ހޭދަކުރި ބޭކާރު ރޭގަނޑުތަކުގެ ބަދަލުގައި، މިހާރު އޭނާގެ ވަގުތުތައް ހޭދަކުރަނީ އަމިއްލަ ނަފްސު އިސްލާހުކުރުމުގައެވެ. ނަމަވެސް، މާޒީގެ ހިޔަނިތައް އޭނާގެ ފަހަތުން ދުވުން ހުއްޓައެއް ނުލައެވެ.

އެއްދުވަހަކު ހަވީރު، ޒައިދު މިސްކިތުން ފައިބައިގެން ގެއަށް ދަނިކޮށް އޭނާގެ ކުރީގެ "މަޖާ" އެކުވެރިންތަކަކާ ދިމާވިއެވެ. އެމީހުން ތިބީ ސައިކަލުތަކުގައި، ކުރިއެކޭވެސް އެއްފަދައިން ހަޅޭއްލަވައި ސަކަރާތް ޖަހާށެވެ.

"އޭ ޒައިދު! ކޮބާ ކިހިނެއް؟ މިހާރު ތިއީ މާ ބޮޑު މުއްލާއަކަށް ވީތަ؟" އޭގެ ތެރެއިން އެކަކު މަލާމާތުގެ ރާގަކަށް ބުންޏެވެ. "އާދޭ އަހަރެމެންނާއެކު ދާން. މިރޭ ވަރަށް ސަޅި 'ޕާޓީއެއް' އެބައޮތް."

ޒައިދު މަޑުޖެހިލިއެވެ. އޭނާގެ ހިތަށް ކުޑަ ވަގުތުކޮޅަކަށް ކުރީގެ އުފަލުގެ ހަނދާންތައް އައެވެ. ނަމަވެސް، ވަގުތުން އޭނާގެ ހަނދާނަށް އައީ ހޮސްޕިޓަލުގެ އެނދުގައި އޮތްއިރު އިހުސާސްވި ބިރުވެރިކަމާއި، އެކަނިވެރިކަމެވެ. އޭނާ ފުން ނޭވާއެއްލިއެވެ.

"ރަހުމަތްތެރިންނޭ،" ޒައިދު މަޑުމައިތިރިކަމާއެކު ބުންޏެވެ. "އަހަރެން މިހާރު މި ހޯދަނީ ތިޔަބައިމީހުން ތިޔަ ހޯދާ ކަހަލަ ވަގުތީ އުފަލެއް ނޫން. އަހަރެން މިހާރު މި ހޯދަނީ ހިތުގެ ހަމަޖެހުން. ތިޔަ މަގުން އަހަރެންނަށް ލިބުނީ ހަމައެކަނި ހިތްދަތިކަން. އަހަރެން އެދެނީ ތިޔަބައިމީހުންނަށްވެސް ހިދާޔަތް ލިބުން."

އެކުވެރިން އެކަކު އަނެކަކަށް ބަލާލާފައި ހީނގަތެވެ. ނަމަވެސް ޒައިދުގެ މޫނުމަތިން ފެންނަން ހުރި ސާބިތުކަމުގެ ސަބަބުން އެމީހުންގެ ހިނިތުންވުން މާގިނަ އިރަކު ދެމިއެއް ނުއޮތެވެ. ޒައިދު އިސްޖަހާލައިގެން ހިނގައިގަތީ އޭނާގެ މިސްރާބު ސީދާކުރަމުންނެވެ.

ކުރިން ޒައިދުގެ ހިތުގައި އޮތް އެ ބަޔާންކުރަން ނޭނގޭ ފަޅުކަން މިހާރު ވަނީ ފިލައިގޮސްފައެވެ. އެ ފަޅުކަމުގެ ބަދަލުގައި މިހާރު އޭނާގެ ހިތް ވަނީ އީމާންކަމުގެ ނޫރުން ފުރިފައެވެ. ނަމާދު ވަގުތުތަކަކީ އޭނާ އެންމެ އިންތިޒާރުކުރާ ވަގުތުތަކެވެ. މައިންބަފައިންނަށް އޯގާތެރިވުމާއި، މީހުންނަށް އެހީތެރިވުމަކީ އޭނާގެ އާ އުފަލެވެ.

ޒައިދުގެ މަންމައާއި ބައްޕަގެ މޫނުމަތިން މިހާރު ފެންނަނީ އުފާވެރިކަމެވެ. އެމީހުންގެ ދުޢާ އިޖާބަވެއްޖެއެވެ. ޒައިދަކީ މިހާރު ރަށުގެ ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވާ، ނަމޫނާ ޒުވާނެކެވެ.

ޒައިދުގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްވަނީ، އިންސާނާގެ ހިތުގެ ހަމަޖެހުން އޮތީ ހިތަށް އެރިހާ ގޮތަކަށް އުޅުމަކު ނޫންކަމެވެ. ހަގީގީ އުފަލަކީ މާތްﷲ އަށް ބިރުވެތިވެ، އެކަލާނގެ އެންގެވި މަގުން ހިނގުމެވެ. މަގުން ކަސިޔާރުވެފައިވާ ކޮންމެ މީހަކަށްވެސް ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ. ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރި ނިޔަތަކާއި، ކުޑަ ހިތްވަރެކެވެ.

ޒައިދު މިހާރު ދެކޭ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ނިޢުމަތަކީ އީމާންކަމުގެ ފޮނިކަމެވެ. 

އަރުށީފު

އެންމެ މަޤްބޫލު