އީރާނުގެ ރައްދު ހަމަލާތައް މެދުރުމަތީގެ ޤައުމުތަކަށް އަމާޒުވެއްޖެ



 އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާއެކު، އީރާނުން ވަނީ މުޅި ސަރަހައްދަށް ފެތުރިގެންދާ ފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައެވެ. އިސްރާއީލުގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުވަމުންދާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ބައެއް ޤައުމުތަކަށް ވެސް އީރާނުން ވަނީ ހަމަލާދީފައެވެ. އެގޮތުން ޔޫއޭއީގެ އަބޫދާބީއާއި ކުވައިތަށް ހަމަލާތައް އަމާޒުވެފައިވާއިރު، ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ގަތަރުން ބުނެފައިވަނީ އެ ޤައުމަށް އަމާޒުވި ހަމަލާއެއް ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލު މިހާރު އޮތީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ސައިރަން އަޅައި، އާންމުން ބަންކަރުތަކަށް ވަނުމަށް އަންގާފައިވާއިރު، ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ އީރާނުގެ އަސްކަރީ ޤާބިލުކަން ނައްތާލުމަށް ދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އީރާނުގެ ވެރިން އުޅުއްވާ ސަރަހައްދުތަކަށް ހަމަލާ އަމާޒުވުމުން، މިއީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ މަޤްޞަދުގައި ހިންގާ ހަނގުރާމައެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ހާދިސާއާއެކު މުޅި މެދުއިރުމަތި މިހާރު އޮތީ ނުރައްކާތެރި ކުއްލި ހާލަތެއްގައެވެ.

 


އަރުށީފު

އެންމެ މަޤްބޫލު