އެންމެ ބޮޑު ފާފައަކީ ޝިރުކު ކުރުން




☝️އެންމެ ބޮޑު ފާފައަކީ ޝިރުކު ކުރުން

☝️ބައެއްމީހުން ވަރަށް ހައިރާންވެ މިހެންބުނީމަ، އެމީހުން ބުނެ ކީއްވެހޭ ޒިނޭކުރުން ބޮޑު ފާފައަކަށް ނުވީ!

☝️އަބޫޙުރައިރާ ރަޟިޔައް ﷲ އަންޙު ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އެފާފަތަކަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲއަށް ޝަރީކުކުރުމާއި، ސިޙުރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުޙުމަތުކުރުމެވެ.”( ބުޙާރީ)

☝️ޝިރުކު: ބާޠިލް އިލާޙުންތަކަށް އަޅުކަންކުރުމާއި އަދި ﷲ ނޫން ފަރާތަކަށް އަޅުކަން ކުރުން

☝️ޝިރުކު 2 ބަޔަކަށް ބެހިގެންވޭ

    1. ބޮޑު ޝިރުކު

    2. ކުޑަ ޝިރުކު

☝️ ބޮޑު ޝިރުކުކޮށްފިނަމަ އެ މީހަކު ކާފަރުވާނެއެވެ. ނަމަވެސް ކުޑަ ޝިރުކެއް ކޮށްފިނަމަ އެ މީހަކު ކާފަރެއް ނުވާނެއެވެ. އޭނާވާނީ ފާޞިގުން ތެރޭގައެވެ.

☝️ ބޮޑު ޝިރުކެއް ކޮށްފިނަމަ އެމީހެއްވާހުށީ ދާއިމަށް ނަރަކަައިގައެވެ.

☝️ކުޑަ ޝިރުކު ކުރާމީހުން ދާއިމަށް ނަރަކައެއްގައެއް ނޯންނާނެއެވެ. އެ މީހުން، ޝަފާޢަތް ލިބިގެން ނަރަކައިން ސަލާމަތް ވާނެއެވެ. 

☝️މާތް ﷲ ވަޙީކުރްވިއެވެ." ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسول ންނަށް وحى ކުރައްވާފައިވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ." "39 އައްޒުމަރް 65 ވަނަ "

☝️ ޝިރިކުގެ ނުބައިކަމުން ރަސުލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަށްވެސް މާތް ﷲ ވަނީ އިންޒާރު ދެއްވާފައެވެ. އެކަލޭގެފާނު ޝިރުކު ކުރިނަމަވެސް، އެކަލޭގެފާނުގެ ޢަމަލުތައް ބާޠިލް ވާނެކަމުގެ އިންޒާރެވެ.

☝️މާތް ﷲ ވަޙީކުރެއްވިއެވެ. "ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ."(4 އައްނިސާ 49)

☝️ﷲ ސުބުޙާނަހޫ ވަތަޢާލާ ޝިރުކު ކުރުމުގެ ފާފަައެއެް ނުފުއްސަވާނެއެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.

☝️ ޝިރުކަކީ އެންމެ ބޮޑުވެގެންވާ ފާފައެވެ. ސަބަބަކީ މި ކަމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކުރެވެނީ މަލާމާތެކެވެ.

☝️ އެނެއްކާ އަހަރުމެން އަމިއްލަ ނަފްސަށް އަނިޔާވެރިވެވެނީއެވެ.

☝️މާތް ﷲ ވަޙީ ކުރެއްވިއެވެ." އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." (31 ލުޤްމާން 13)

☝️ލުޤްމާނުގެފާނު ދަރިކަލުންނަށް ނަޞޭޙަތްދެއްވަމުން ވިދާޅުވީ:-

   1. ޝިރުކަކީ އެންމެ ބޮޑު އަނިޔާކަމަށެވެ.

    2. ޝިރުކު ކުރުމުން އަހަރުމެން ، ވިސްނުމަށް އެދެވެނީ އަނިޔާއެއް


☝️ޝިރުކުގެ ވައްތަރުތައް

  👈ލޯބިވުމުގައި ޝިރުކު ކުރުން

     ♦️ﷲ ސުބުޙާނަހޫ ވަތަޢާލާދެކެ ލޯބިވާފަދައިން އެހެން ފަރާތެއްދެކެ ލޯބިވުން.

     ♦️އަދި اللَّه ފިޔަވައި އެކަލާނގެއާ އެއްފަދަ شريك ން ތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. اللَّه ދެކެ ލޯބިވާ ފަދައިން، އެއުރެން އެ شريك ން ދެކެ ލޯބިވެތެވެ. އަދި إيمان ވި މީހުން اللَّه ދެކެ ލޯބިވުން މާބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (آخرة ދުވަހުގެ) عذاب ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ اللَّه އަށް ކަމާއި އަދި ހަމަކަށަވަރުން اللَّه އީ عذاب ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ.( 2 އަލް ބަޤަރާ 165)

    ♦️ މިސާލަކަށް ފުޓްބޯޅަ ކުޅޭހިތުން މަޢްރިބު ނަމާދު ތިބާ އަޅާފާނެ.

    ♦️ ރެސްޓޯރެންޓެއްގެ ވެރިއެއް ހުކުރުނަމާދު އަޅާފާނެ ..އެނަ ލިބޭ ލާރިކޮޅުގެ ދަހިވެތިކަމުގެ

   ♦️ މިފަދަ ކަންކަމުން ތިބާ ކާފަރެއް ކަމުގައިވެދާނެ..ނަމާދު ކުރަންޖެހޭތާ ގަސްތުގައި ނަމާދު އެޅުމުން.

   ♦️ ކާހިތްވާލެއް ބޮޑުކަމުން ތިބާ ރޯދަ ނުހިފައި ހުރެއްޖެނަމަވެސް

 👈ބިރުގަތުމުގައި ޝިރުކު ކުރުން

   ♦️ ﷲ އަށް ބިރުވެތިވާންޖެހޭ ފަދައިން އެހެން ފަރާތަކަށް ބިރުގަތުން

   ♦️ހަމަކަށަވަރުން، ތިމަންރަސްކަލާނގެ توراة ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، އަލިކަންވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުންނާއި، ربّانى ން (އެބަހީ: يهودى ންގެ އަޅުވެރިން) ނާއި، يهودى ންގެ علم ވެރިން، އެފޮތުން يهودى ންގެ މައްޗަށް حكم ކުރައްވަތެވެ. (އެއީ) اللَّه ގެ ފޮތް ރައްކާތެރިކުރުމުގެ أمانة އެއުރެންނާ މަތިކުރައްވާފައި ވުމުގެ ސަބަބުންނެވެ. އަދި އެއުރެންނީ، އެފޮތުގެ މައްޗަށް ތިބި ހެކިވެރިންނެވެ. ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ. ( 5 އަލް މާއިދާ 44).

 👈ހުވާކުރުމުގައި ޝިރުކު ކުރުން

♦️ﷲ ސުބުޙާނަ ވަތަޢާލާ ނޫން ފަރާތަކަށް ހުވާކުރުން

♦️ރަސޫލާ ޙަދީޘް ކުރެއްވިއެވެ" ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވާ އެހެންފަރާތަކަށް ހުވާކޮށްފި މީހާ، ޝިރުކުކޮށްފިއެވެ."

👈 ޛަބަޙަކުރުމުގައި ޝިރުކު ކުރުން

 ♦️ﷲ ސުބުޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް ޛަބަހަކުރުން

👈އަތް ބެލުމާއި، ބެލުވުން، ފާލުބެލުމާއި، ބެލުވުން( ބުރަންމާނީ) ސިހުރު ހެދުން

♦️ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ."ބުރަންމާނީއެއްގެ(އަތްބަލައި ފާލުބަލާމީހެއްގެ) ގާތަށް ނުވަތަ ކާހިނެއްގެ( ފަންޑިތަ ހަދައި ސިޙުރުގެ ކަންތައް ކުރާ މީހެއްގެ) ގާތަށް އައިސް، އޭނަ ބުނާ އެއްޗެއް ތެދުކޮށް، ޤަބޫލުކޮށްފި މީހާ ދަންނައެވެ.ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތަށް އޭނާ ކާފިރުވެއްޖެކަން ކަށަވަރެވެ."

👈 ދެކުންތެރިކަން

👈 ﷲ ސުބުޙާނަހޫ ވަތަޢަލާއަށް އިންސާނީ ސިފައެއް ދިނުން

 ♦️ ނަޞާރާއިން ބުނާހެން 7 ވަނަ ދުވަހު ﷲ އަރާމް ކުރެއްވިއެވެ. އަރާމް މިއީ އިންސާނީ ސިފައެކެވެ.

 ♦️ މި ޖުމްލައަކީ ކުފުރުގެ ޖުމްލައެކެވެ. 

👈އިންސާނެއްގައިގަ ކަލާންގެވަންތަކުގެ ސިފައެއް ޖެއްސުން

 ♦️ ޝީއީން ބުނާނެހެން އެމީހުންގެ އިމާމުންނަށް ޤައިބު އިނގޭކަމަށް..

 ♦️ ﷲ ނޫން ފަރާތަކަށް ޤައިބެއް ނޭންގޭނެއެވެ.

 👈ދުޢާކުރުމުގައި ޝިރުކު ކުރުން

  ♦️ﷲ ސުބުޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް ކަމަކަށް އެދި ދުޢާ ކުރުން

  ♦️ މާތް ﷲ ވަޙީކުރެއްވިއެވެ."އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަންކޮށް ދުޢާކޮށް ނަހަދާށެވެ".(72 އަލް ޖިންނި 18)

👈އަޅުކަމުގައި ޝިރުކު ކުރުން

👈 ﷲ ސުބުޙާހޫ ވަތަޢާލާ އިންސާނެއްގެ ސިފައިގަ ދުނިޔެއަށް އައިކަމަށް ޤަބޫލުކުރުން

 ♦️ މިއީ ނަޞާރާއިން ބުނާހެން އީސާގެފާނަކީ ކަލެއްކަމަށެވެ.

 ♦️ ﷲ އީސާގެފާނު ސިފައިގައި ދުނިޔެއް އައީއެވެ.

👈ޙުކުމް ކުރުމުގައި ޝިރުކު ކުރުން

 ♦️ޝަރުޢީކަމެއް ބަދަލުކުރުން، ﷲ ގެ ޙުކުމްފުޅު ބަދަލު ކުރުން

 ♦️މިސާލަކަށް މަޢްރިބު ނަމާދު 2 ރަކުޢަތަށް ބަދަލު ކުރުން

 ♦️މާތް ﷲ ވަޙީކުރެއްވިއެވެ. "اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ كافر ންނެވެ." ( 5 އަލް މާއިދާ 44).

 👈ކިޔަމަންގަތުމުގައި ޝިރުކު ކުރުން

  ♦️ޝަރުޢީ ކަމެއް ކަނަޑައެޅުމުގަޔާއި ، ޙުކުމް ކަނޑައެޅުމުގައި ﷲ ނޫން ފަރާތަކަށް ކިޔަމަންތެރިވުން


ދަރުސް: އައްޝައިޙް ޢަބްދު ﷲ ފައިސަލް حفظه الله


އަރުށީފު

އެންމެ މަޤްބޫލު