އިސްރާއީލުން އީރާނަށް ހަމަލާދީފި: ނުރައްކާތެރި ވަގުތު އީރާނު އޮތީ އެކަނިތަ؟




އިސްރާއީލާއި އެމެރިކާ އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމާއެކު، މުޅި ސަރަހައްދު މިވަނީ ނުރައްކާތެރި ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ. މި ހާދިސާއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ، އީރާނުގެ ގާތް އެކުވެރިންގެ ގޮތުގައި ފެންނަ ރަޝިޔާއާއި ޗައިނާގެ އެހީތެރިކަން މިފަދަ ދަނޑިވަޅެއްގައި އީރާނަށް ލިބޭނެތޯއެވެ؟
ގިނަ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ކަންކަން ސީރިއަސްވެ ހަނގުރާމައެއްގެ ސީދާ ކުރިމަތިލުމަކަށް ދާއިރު ރަޝިޔާ އާއި ޗައިނާގެ މަދަދެއް އީރާނަކަށް ނޯވެއެވެ.
މި ހަގީގަތް އީރާނަށް ވެސް އެނގެއެވެ. އެހެންކަމުން އީރާނުން ބޮޑަށް ބަރޯސާވަނީ އެމީހުން އަމިއްލައަށް އުފައްދާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށެވެ (މިސާލަކަށް: ހިޒްބުﷲ، ހޫޘީން). ބޮޑެތި ބާރުތަކުގެ އެހީއެއް ނެތި އީރާނަށް ޖެހެނީ އަމިއްލަ ދިފާޢުގައި ނުކުންނާށެވެ.
ކަންކަން ސީރިއަސްވާ ވަގުތު އީރާނު އޮންނަނީ އެކަނިވެފައެވެ. ރަޝިޔާ އާއި ޗައިނާގެ އެހީތެރިކަމަކީ ހަމައެކަނި ސިޔާސީ މޭޒުމަތީގައި އޮންނަ އެހީތެރިކަމެކެވެ. މިއީ މިއަދުގެ ދުނިޔޭގެ ސިޔާސީ ހަގީގަތެވެ.

އަރުށީފު

އެންމެ މަޤްބޫލު