"…ފޯޅަވައްސާ (ޗާގޯސް އައިލެންޑްސް) ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހިރާއްޖެއާއި (·) އެއީ ވިޔަފާރީގެ ގޮތުންނާއި އާސާރީ ގޮތުން ބެލިކަމުގައި ވިޔަސްމެ (·) ހަގީގަތުގައި ، އެ ރަށްތަކަށް ކިޔާފައިވާ ނަންތަކަކީވެސް ދިވެހި ބަހުން ނަގާފައިވާ ނަންތަކެއް (·) ފަރަންސޭސީން ކުރިހާވެސް ކަމަކީ އެ ނަންތަކަށް ކުޑަ ބަދަލެއް ގެނައުން (·) އެ ރަށްތަކުގެ މައްޗަށް ދަޢުވާ ކުރުމުގެ އެއްވެސް ތާރީޚީ ނުވަތަ ސަގާފީ ބިންގަލެއް މޮރިޝަސްއަކަށް ނެތް
މި މައްސަލައިގައި ދިވެހިރާއްޖެއިން ކަންބޮޑުވާ މައިގަނޑު ދެ ސަބަބެއް އެބައޮތް (·) ފުރަތަމަ ކަމަކީ، މި ސަރަހައްދުގައި އެތައް އަހަރެއް ވަންދެން ދެމިއޮތް ހަމަޖެހުމަށް މި އެއްބަސްވުމުގެ ސަބަބުން ބުރޫއަރާނެތީ (·) މި އެއްބަސްވުން ތަންފީޒުވެއްޖެނަމަ، މި ސަރަހައްދަކީ އިންޑިއާ އާއި ޗައިނާގެ ނުފޫޒު ގަދަކުރުމުގެ ކުރިމަތިލުންތަކެއް ހިނގާ ތަނަކަށް ވެގެންދާނެ (·) އަދި މިހާރުވެސް އެކަން ވަނީ ފެށިފައި
އަހުރެން [އިނގެރޭސި] ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ ، އެ ރަށްތަކުގެ ސިޔާދަތީ ބާރު އޮތް ބަޔަކީ މޮރިޝަސް ނޫން ކަމަށާއި އަދި އެރަށްތަކުގެ ސިޔާދަތީ ބާރު އޮތް ހަމައެކަނި ބަޔަކީ ދިވެހިރާއްޖެއަށް ކަމަށް ބުނެ ބައިނަލްއަގުވާމީ ކޯޓު (އައި.ސީ.ޖޭ) އަށް މިހާރު ދިވެހިރާއްޖެއިން ދަނީ މިމައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން (·) އެހެންކަމުން، މިހާރު ކުރިއަށްމިދާ ކަންކަން މަޑުޖައްސާލުމަށް އަހުރެން ބާރުއަޅައި [އިނގެރޭސި] ސަރުކާރަށް ގޮވާލަން."
ތަރުޖަމާ: އަލް އަޚް ސާޖީދު ރަސީދު
ރެފެރެންސް:https://www.facebook.com/share/v/1FeiGxMHmG/
