ވެސްޓް ބޭންކުގައި ޒަޔަނިސްޓް އަނިޔާވެރި ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފިއެވެ. މިއީ އެއްވެސް ރަޙުމެއް ނެތި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ކުއްޖާގެ ގަޔަށް ބަޑިޖެހުމަށްފަހު، ޒަޚަމްވެފައި އޮތް ކުއްޖާއަށް އެހީވުމަށް އައި އެމްބިއުލާންސް 45 މިނެޓް ވަންދެން ޒަޔަނިސްޓް ސިފައިން ވަނީ ހުއްޓުވާފައި ބޭއްވިއެވެ. މިހާ ގިނަ ވަގުތު ފަރުވާ ނުލިބި ދިއުމުގެ ސަބަބުން، އެ ކުއްޖާ ވަނީ ލިބުނު ޒަޚަމްތަކަށް ކެތްނުކުރެވިގެން ޝަހީދުވެފައެވެ.
މި ލާއިންސާނީ އަމަލަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްގެ ގޮތުގައި، އިންސާފަށް ލޯބިކުރާ ދުނިޔޭގެ ގިނަ ބަޔަކު ދަނީ ސިފަކޮށް، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.
