ސަޢުދީ ޕަބްލިކް ޕްރޮސެކިއުޝަނުން ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީއަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

 



ސަޢުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ އަލް-ޙާއިރު ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައިވާ އިސްލާމީ މުހިންމު ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީއަށް މަރުގެ އަދަބު ދިނުމަށް އެ ޤައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެއެވެ. 

"ޕްރިޒަނާސް އޮފް ކޮންޝެންސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޙަދީޘް ޢިލްމާއި ފިޤުހު ދާއިރާއިން މަޤްބޫލުކަން ހޯއްދަވާފައިވާ ޝައިޚް ޠަރީފީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ހައްޔަރުކޮށްފައިވަނީ، ސަޢުދީ ސަރުކާރުގެ ހިއްސާ އޮންނަ އަލް އަރަބިއްޔާ ޗެނަލަށާއި ދައުލަތުގެ ބައެއް ދީނީ ކަންކަމަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކަކާ ގުޅިގެންނެވެ. 

މަރުގެ އަދަބު ދިނުމަށް ޕްރޮސެކިއުޝަނުން އެދުމާ ގުޅިގެން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުންނާއި ގިނަ އަދަދެއްގެ މުސްލިމުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަރުށީފު

އެންމެ މަޤްބޫލު