އިސްލާމްދީނުގެ ކުރިން ޢަރަބިކަރައިގެ ދީނީ ޙާލަތު
1. ޢަރަބިކަރައިގައި ބުދަށް
އަޅުކަންކުރަން ފެށުނު ގޮތް
- އަޞްލު ޙާލަތު: ޢަރަބިކަރަ ފެށިގެން އައީ ތަޢުޙީދުގެ މަތީގައި،
މުސްލިމުންގެ ގޮތުގައެވެ. އެބައިމީހުން އިބްރާހީމްގެފާނާއި
އިސްމާޢީލްގެފާނުގެ ދަޢުވަތު ޤަބޫލުކޮށް، އަޅުކަންކުރަމުން ދިޔައީ
އެއްކައުވަންތަ ﷲ އަށެވެ.
- ބުދުދީން
ތަޢުރާފުވުން: ޢަރަބިކަރައަށް
ބުދަށް އަޅުކަންކުރުން ތަޢާރަފުކުރީ މައްކާގެ ވެރިޔާ ޢަމްރު ބުން ލުޙައްޔު އަލްޚުޒާޢީ އެވެ. އޭނާ ސީރިޔާއަށް ކުރި ދަތުރެއްގައި އެތާނގެ
އަހުލުވެރިން ބުދަށް އަޅުކަންކުރާތަން ފެނި، އެކަމާ ގަޔާވެގެން "ހުބަލް" ކިޔާ ބުދެއް މައްކާއަށް ގެނައެވެ.
- ޝިރުކު
ފެތުރުން: ޢަމްރު ބުން
ލުޙައްޔަކީ މައްކާގެ ވެރިޔާއަށްވެފައި، މީސްތަކުންގެ މެދުގައި ގަދަރެއް
ލިބިގެންވާ މީހެއްކަމުން، މިއީ އިލާހާ ދެމެދުވާ މެދުވެރިއެއްކަމަށް ބުނެ އޭނާ
ދެއްކި ވާހަކަ މީހުން ތެދުކުރިއެވެ.
- ވިޔަފާރިއަކަށް
ބަދަލުވުން: ބުދު ހެދުމާއި
ވިއްކުން މައްކާގެ ވިޔަފާރިވެރިންނަށް ބޮޑު ނަފާއެއް ލިބޭ ކަމަކަށް ވިއެވެ.
ޙައްޖަށް އަންނަ މީހުން މި ބުދުތައް ގަންނަން ފެށިއެވެ. އެންމެ ފަހުން
ކަޢުބަތުﷲ ގެފުޅު ވަށައިގެން 360 ބުދު ބެހެއްޓި، ޢަރަބިން ތަޢުޙީދު ދޫކޮށް މުޝްރިކުންނަށް ވިއެވެ.
- ޢަމްރުގެ ޢުޤޫބާތް: ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:
"ޢަމްރު ބުން ލުޙައްޔު އަލްޚުޒާޢީ
ނަރަކައިގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭނާގެ ގޮހޮރު ބޭރަށް
ނުކުމެފައިވާ ޙާލު، ނަރަކައިގައި ގޮހޮރު ދަމަމުންދެއެވެ."
2. ޔަހޫދީ ދީން ޢަރަބިކަރައަށް އައި
ގޮތް
- މަދީނާއަށް
ވަޒަންވެރިވުން: ރޯމަނުން ޖެރޫސަލީމަށް އަރައި އެތަން ސުންނާފަތިކުރަން ފެށުމުން،
ޔަހޫދީން ފިލައިގެން އައިސް މަދީނާގައި ވަޒަންވެރިވިއެވެ. އެއީ އެ
ސަރަޙައްދުން ފަހު ނަބިއްޔާ ފާޅުވާނެކަމުގެ ޢަލާމާތްތައް ފޮތްތަކުން
އެނގޭތީއެވެ. އެގޮތުން އައި ޤަބީލާތަކަކީ:
- ބަނޫ
ޤައިނުޤާޢު
- ބަނޫ ނަޟީރު
- ބަނޫ ޤުރައިޟާ
- ޔަމަނުގައި
އާލާވުން:
- ކައުބް ބިން
އަޙްދު ސީރިޔާއަށް
ކުރި ވިޔަފާރި ދަތުރެއްގައި އޭނާގެ ދަރިފުޅު މަދީނާއަށް ބޭބޭލިއެވެ.
ނަމަވެސް މަދީނާގެ އަހުލުވެރިން އެ ކުއްޖާ މަރާލުމުން، ކައުބް މަދީނާއާ
ހަނގުރާމަކުރަން ނިންމިއެވެ.
- ޔަހޫދީ
ރާޙިބުން (ޢިލްމުވެރިން) ގޮސް ނަޞޭޙަތްދިނުމުން ކައުބް ހަނގުރާމަ ހުއްޓާލައި
ޔަހޫދީ ދީން ޤަބޫލުކުރިއެވެ.
- ޔަމަނަށް
އެނބުރިދިޔަ މަގުމަތީގައި މައްކާއަށް ޙަމަލާދޭން އުޅުމުންވެސް ރާޙިބުން
ނަޞޭޙަތްދިނެވެ. އެއީ ﷲ ރައްކާތެރިކުރައްވާފައިވާ ބިމެއްކަން ބުނެދިނުމުން،
ކައުބް ގެފުޅު ވަށައިގެން ޠަވާފްކޮށް ކަޢުބާގައި އެންމެ ފުރަތަމަ އުރަކޮޅު ލިއެވެ.
- އެއަށްފަހު
ޔަހޫދީ ރާޙިބުން ޔަމަނަށް ގޮސް ދީން ފެތުރުމުން ގިނަ ޤަބީލާތަކެއް ޔަހޫދީ
ދީން ޤަބޫލުކުރިއެވެ.
3. ނަޞާރާ ދީނާއި އަޞްޙާބުލް
އުޚްދޫދު (ވަޅުގަނޑުގެ އެކުވެރިން)
- ދީން ފެތުރުން: ޢީސާގެފާނަށް ތަބާވީ މީހުން ދުނިޔޭގެ އެކި
ކަންކޮޅުތަކަށް ސިއްރުން ގޮސް ތަޢުޙީދުގެ ކަލިމައަށް ދަޢުވަތު ދިނެވެ.
މިގޮތުން ޔަމަނުގެ ނަޟީރުގައިވެސް ސިއްރިއްޔާތުގައި ނަޞާރާ ދީން
އުނގަންނައިދޭން ފެށުނެވެ.
- ދުު ނަވާސްގެ
އަނިޔާވެރިކަން: ޔަމަނުގެ ރަސްގެފާނު ދު ނަވާސް އަށް މި ޚަބަރު ލިބުމުން، ނަޞާރާ ދީނަށް ތަބާވި މީހުން ދަރުއަޅައި
ރޯކޮށްފައިވާ ވަޅުގަނޑުތަކަށް އެއްލައި އަންދައި، އެ ދީން ކިޔަވައިދިނުން
މަނާކުރިއެވެ.
ޒުވާން ކުއްޖާއާއި ފާދިރީގެ ވާހަކަ
1.
ސިހުރުގެ ބަދަލުގައި ތަޢުޙީދު: ރަސްގެފާނުގެ ސިހުރުވެރިޔާ މުސްކުޅިވުމުން، ސިހުރު ދަސްކުރަން ފޮނުވި ޒުވާން
ކުއްޖަކަށް މަގުމަތިން ޞާލިޙު ފާދިރީއެއް ފެނި، އޭނާގެ ފަރާތުން ތަޢުޙީދު
އުނގެނެން ފެށިއެވެ.
2.
ޙައްޤު ދީން ސާބިތުވުން: ބާޒާރު
ތެރެއަށް ވަން މިނިކާ ޖަނަވާރެއްގެ މައްޗަށް ގަލެއް އެއްލަމުން "ފާދިރީ ހުރީ
ޙައްޤު ދީން މަތީގައިނަމަ މި ޖަނަވާރު މަރުގަންނަވާށި" ދަންނަވައި
ދުޢާކުރުމުން އެ ޖަނަވާރު މަރުވިއެވެ.
3.
ޝިފާލިބުމާއި އިމްތިޙާނު: އެ ކުއްޖާގެ
ދުޢާއިން ﷲގެ އިޒުނަފުޅާއެކު މީހުންނަށް ޝިފާލިބެން ފެށިއެވެ. ރަސްގެފާނުގެ
ލޯއަނދިރިވެފައިވާ އަރިސް ބޭފުޅަކަށް ޝިފާލިބުމުން، ﷲއަށް އީމާންވިކަން އެނގިގެން
ރަސްގެފާނު އަނިޔާކޮށްގެން އެ ކުއްޖާއާއި ފާދިރީ ހޯދިއެވެ.
4.
ސާބިތުކަން: ފާދިރީ ދީން
ދޫނުކުރުމުން އޭނާގެ ބޮލުން ފެށިގެން ދެފަޅިކޮށް މަރާލިއެވެ.
5.
ކުއްޖާ ޝަހީދުވުން: ކުއްޖާ
މަރާލަން ފަރުބަދަމައްޗަށް އަދި ކަނޑުފައްތަން ގެންދިޔުމުންވެސް ﷲގެ ހިމާޔަތުން
ސަލާމަތްވިއެވެ. އެންމެ ފަހުން ކުއްޖާ ބުނި ގޮތަށް، ގަހެއްގައި ބަނދެ "ބިސްމިއްލާހި، ރައްބިލް ޣުލާމް" (ކުއްޖާގެ ރައްބުގެ
ނަމުން) ކިޔައި ތީރު ޖެހުމުން މެނުވީ އެ
ކުއްޖާ މަރެއް ނުކުރެވުނެވެ.
6.
ވަޅުގަނޑުގައި އެންދުން: މި ޙާދިސާ
ފެނި އެންމެން އީމާންވުމުން، ދު ނަވާސް ބޮޑު ވަޅުގަނޑެއް ކޮނެ، މުއުމިނުން
ދިރިތިއްބާ އަލިފާންގަނޑަށް އެއްލައި އަންދާލިއެވެ.
7.
ތުއްތު ކުއްޖާގެ ކަރާމާތް: އަލިފާންގަނޑަށް
ފުންމާލަން ޖެހިލުންވި އަންހެނަކަށް، އޭނާގެ އުރަމަތީގައި އޮތް ތުއްތު ކުއްޖާ "އޭ މަންމާއެވެ! ކެތްތެރިވާށެވެ. މަންމަ ތިހުރީ ޙައްޤު
މަގުގައެވެ" އޭ ބުނެ
ވާހަކަދެއްކިއެވެ. (މިއީ ޅަފަތުގައި ވާހަކަދެއްކި 3 ކުދިންގެ ތެރެއިން އެކަކެވެ).
ސޫރަތުލް ބުރޫޖް (4-8):
ü
ވަޅުގަނޑުގެ އެކުވެރިންނަށް ލަޢުނަތް ލެއްވިއެވެ. -
ސޫރަތުލް ބުރޫޖް 4
ü
(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަޑެވެ. -
ސޫރަތުލް ބުރޫޖް 5
ü
އެއުރެން އޭގެ ކައިރީގައި އިށީނދެ ތިބިހިނދެވެ. - ސޫރަތުލް
ބުރޫޖް 6
ü
މުއުމިނުންނަސް އެއުރެން ކަންތައްކުރާގޮތް އެއުރެން
ދެކޭތިބި ހާލުގައެވެ. - ސޫރަތުލް ބުރޫޖް 7
ü
އަދި އަޒީޒްވަންތަ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ ﷲ
އަށް އެއުރެން އީމާން ވާކަމަށްޓަކައި މެނުވީ،
އެ ކާފަރުން
އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ. - ސޫރަތުލް ބުރޫޖް 8
4. އަބްރަހާ އާއި އެތުގެ
އެކުވެރިންގެ ޙާދިސާ (އަޞްޙާބުލް ފީލް)
- އަބަޝިނިޔާގެ
ވެރިކަން: މި އަނިޔާއިން
ސަލާމަތްވި މީހަކު ރޯމުގެ ރަސްގެފާނަށް ސަކުވާ ހުށަހެޅުމުން، އަބަޝިނިޔާ
(އީތިއޯޕިއާ) ގެ ރަސްގެފާނު އާރިޔާޠު ގެ ވެރިކަމުގައި
ލަޝްކަރެއް ފޮނުވައި ދު ނަވާސް ބަލިކުރިއެވެ. ދު ނަވާސް ރަތްކަނޑަށް
ފުންމާލައި އަމިއްލައަށް މަރުވިއެވެ.
- އަބްރަހާ
ވެރިކަމަށް އައުން: ދުވަސްކޮޅެއް ފަހުން އަބްރަހާ އިސްވެ ހުރެ
ލަޝްކަރު ތެރޭގައި ތަޅާފޯޅުމެއް އުފައްދައި، އާރިޔާޠު ޤަތުލުކޮށް ޔަމަނުގެ
ވެރިކަމާ ހަވާލުވިއެވެ.
- "އަލް ޤުލައިސް" ފައްޅި ބިނާކުރުން: އަބްރަހާ ޔަމަނުގެ މީހުން ގަދަކަމުން ނަޞާރާ ދީނަށް
ވައްދަމުން ދަނިކޮށް، މީހުން ކަޢުބާއަށް ޙައްޖުވާކަން އެނގިގެން، ކަޢުބާއާ
ވާދައަށް ޔަމަނުގައި "އަލް ޤުލައިސް" ކިޔާ ބޮޑު ފައްޅިއެއް
ބިނާކުރިއެވެ.
- މައްކާއަށް
ޙަމަލާދޭން ނިންމުން: މީހަކު އައިސް އެ ފައްޅީގައި ނަޖިސް އުނގުޅުމުން އަބްރަހާ ރުޅިއައިސް،
ބިޔަ އެތްތަކަކާއެކު ކަޢުބާ މުގުރާލަން މައްކާއަށް މިސްރާބު ޖެހިއެވެ.
- ޢަބްދުލް
މުއްޠަލިބާ ބައްދަލުވުން:
- ބްރަހާ ފޭރުނު
200 ޖަމަލު ހޯދަން ޢަބްދުލް މުއްޠަލިބު ދިއުމުން، ގެފުޅުގެ ވާހަކަ
ނުދައްކައި ޖަމަލުގެ ވާހަކަ ދެއްކުމުން އަބްރަހާ ޙައިރާންވިއެވެ.
- ޢަބްދުލް
މުއްޠަލިބު ވިދާޅުވިއެވެ: "ތިމަންނާއަކީ ޖަމަލުތަކުގެ ވެރިޔާއެވެ. އަދި
ގެފުޅުގެ ވެރި ރަސްކަލާނގެ، އެ ގެފުޅު އަބުރާ އަނިޔާއިން ހިމާޔަތް
ކުރައްވާނެއެވެ."
- އަބާބީލު ދޫނީގެ
ޢަޒާބު:
- މައްކާއަށް
އަބްރަހާގެ ލަޝްކަރު ވަންނަން އުޅުމުން އެތްތައް ބަނޑުޖަހައި ފަހަތަށް
އަނބުރާލިއެވެ.
- ވާދީ
މުޙައްޝަރު އާ ހަމައަށް
އެމީހުންނަށް ދެވުނުތަނާ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަބާބީލު ދޫނިތަކެއް
ފޮނުއްވިއެވެ. އެ ދޫނިތައް ނަރަކައިގެ ހޫނު ހިލަކޮޅުތައް އުކައި، އަބްރަހާގެ
ލަޝްކަރު ކައިވަރާފައިވާ ފަތްތަކެއްފަދައިން ހަލާކުކުރެއްވިއެވެ.
ސޫރަތުލް ފީލް (1-5):
ü
(އޭ މާތްވެގެންވާ ރަސޫލާއެވެ!.) އެތުގެ
އެކުވެރިންނާއިމެދު ކަލޭގެފަނުންގެ ރައްބު ކަންތައްކުރެއްވީ
ކޮންފަދައަކުންކަން ، ނުވަތަ ކަންތައްކުރެއްވި ގޮތާއިމެދު ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ ނުވިސްނަވަމުތޯއެވެ؟ - އަލްފީލް 1
ü
އެބައިމީހުންގެ ރޭވުމާއި ތަދުބީރު
ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ ނުލައްވައިތޯއެވެ؟ އެބަހީ އެމީހުންގެ
ރޭވުމާއި
ތަދުބީރު ގެއްލުމާއި ހަލާކު ކަމުގައި އެކަލާނގެ އެމީހުންގެމައްޗަށް ލެއްވިއެވެ.-
އަލްފީލް 2
ü
އެކަލާނގެ އެބައިމީހުން ހަލާކު ކުރެއްވުމަށް
އެމީހުންގެމައްޗަށް ފޮނުއްވީ އަބާބީލު އެވެކިޔާ ކުދިކުދި
ދޫނިތަކެކެވެ.
އަލްފީލް 3
ü
އެދޫނިތައް ނަރަކައިން ހޫނުކުރެވިފައިވާ
ހިލަތަކަކުން އެމީހުން ހަލާކު ކުރެއްވީއެވެ. އެއިން ކޮންމެދޫންޏެއް ގެންނަނީ
ގޮދަންފުކެއްވަރުގެ ނުވަތަ ފަޅިމުގުފުކެއްވަރުގެ ތިން ހިލައެވެ. އެއީ އެސޮރުގެ
ތުބުގައި ހިލަޔަކާއި ދެފައިގާ ދެހިލައެވެ.ކޮންމެ ހިލައެއްގައި އެޔައަކުން
ޖެހެންވީމީހާގެ ނަންލިލެވިގެންވެއެވެ. އެއިން ހިލަޔަކުން މީހަކު ގައިގާ ޖެހުނީމާ
އެމީހާގެ ގޮހޮރު ނުކުމެ ގުނަވަންތައްވެރި ދެން އެންމެފަހުން މަރުވެގެންދަނީއެވެ. -އަލްފީލް 4
ü
އެމީހުން މަރުވެގެން ބިމަށް
ވެރިފައިތިބިއިރު ހީވަނީ ގެރިބަކަރި ކައިވަރާފައިވާ ފަތްތަކެއްހެންނެވެ. ނުވަތަ
ހިކި
ހުއިތަކެއްހެންނެވެ. – އަލްފީލް 5