23 އަހަރަށްފަހު އެމެރިކާ ސިފައިން އިރާޤުން ފައިބަނީ ކީއްވެގެން؟



އިރާޤު ހިފުމުގައި އެމެރިކާއަށް އެހީތެރިވެދިން ބައެއް ގްރޫޕްތަކުން އެމެރިކާއާ ދެކޮޅަށް ތެދުވުމާ ގުޅިގެން، 23 އަހަރަށްފަހު އެމެރިކާ ސިފައިންގެ ބައެއް ފައުޖުތައް އެނބުރި ޤައުމަށް ދިއުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިހާތަނަށް އެމެރިކާގެ 500 އަށްވުރެ ގިނަ ސިފައިން ވަނީ މި ހަމަލާތަކުގައި މަރާލައިފައެވެ. އަދި ސިފައިންނަށް ބޭނުންވާ ކާތެކެއްޗާއި އެހެނިހެން ލޮޖިސްޓިކްސް ސާމާނު ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެމެރިކާ ސިފައިން މިހާރު ހުސްކުރަން ފަށާފައިވަނީ ރާފިޟީންގެ ހަމަލާތައް އަމާޒުވަމުންދާ ވަކި ބޭސްއަކުންނެވެ. ނަމަވެސް، އެ ސަރަހައްދުގައި ހުރި ތެޔޮވަޅުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެމެރިކާ ސިފައިން އަދިވެސް ހަރަކާތްތެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.


އަރުށީފު

އެންމެ މަޤްބޫލު