މިއާންޒް ކޮލެޖުން އިންތިޒާމުކުރާ ކުޑަކުދިންގެ ދުވަހުގެ ޚާއްސަ ހަރަކާތްތައް މި ހަފުތާގެ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.




މިއާންޒް ކޮލެޖުން އިންތިޒާމުކުރާ ކުޑަކުދިންގެ ދުވަހުގެ ޚާއްސަ ހަރަކާތްތައް މި ހަފުތާގެ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ. މި އުފާވެރި ހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު މަޖާ ކުޅިވަރުތަކާއި ހަރަކާތްތައް ހިމެނޭ ގިނަ ސްޓޯލްތަކެއް ހުންނާނެއެވެ. މީގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވާ ކުދިންނަށް ޚާއްސަ ހަދިޔާތަކެއް ވެސް ލިބިގެންދާނެއެވެ.

މިއީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއާންޒް ކޮލެޖުން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ވަރަށް ފޯރިގަދަ ހަރަކާތެކެވެ.

އަރުށީފު

އެންމެ މަޤްބޫލު