އަލް ޙައުލް ކޭމްޕް އަދި ޣައްޒާ





(އަލް ޙައުލް ކޭމްޕު)ގައި ތިބި އަހަރުމެންގެ ޤަދަރުވެރި އުޚްތުންނާއި ޅަދަރީން އަދި (ޣައްޒާ)ގައި ތިބި އަހަރުމެންގެ އަޚުންނާއި އުޚްތުން، އަހަރުމެންގެ ދެލޯ ފަދައެވެ. އެއްލޮލުން ކަރުނަ އަޅަމުންދާއިރު އަނެއް ލޮލުންވެސް އެފަދައެވެ. އެއް ލޮލުގައި ވޭންއަޅާނަމަ މުޅި ހަށިގަނޑުގައި ވޭންއަޅައެވެ. އަހަރުމެންނީ އެއް އުއްމަތެކެވެ. އެއް ހަށިގަނޑެކެވެ.

މުސްލިމުން މަރާ، އަނިޔާ ކުރެވެމުންދާއިރު، ތިބާ އެބައެއްގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލާ ހޭލުންތެރިކުރުމުގައި، ވަކި ބަޔަކު ޚިޔާރުކޮށްފައި އަނެއްބަޔަކު ދޫކޮށް ނުލާށެވެ.

ދާދިފަހުން ޕީކޭކޭ ޓެރަރިސްޓުން، ކޭންޕުތަކުގައި ތިބި އަހަރުމެންގެ އުޚްތުންނާއި ޅަދަރީންނާއި ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިން އިތުރަށް ވަރުގަދަކުރިއެވެ. އަދި ބަޑިޖަހައި އަނިޔާތައް ދެމުންދިޔައެވެ.

ކޭންޕުތަކުގައިތިބެ އެފަދަ ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލް ކުރަމުން ދިޔަނަމަވެސް، އަހަރެންނަށް އެ އުޚްތުންގެ ފަރާތުން ލިބުނު ހިތްވިރިގެންދާފަދަ،  ހިތްވަރުގެ ދިގު ސިޓީ މަތިން އަހަރެން ދުވަހަކުވެސް  ހަނދާނެއް ނުނެތޭނެއެވެ.

ޔާ ﷲ. ޕީކޭކޭ މީހުންނާއި، އެމީހުންގެ ފަހަތުގައި ތިބި މީހުންނާއި، އަހަރުމެންގެ އަގުހުރި މުތްތަކާއި ކުދި ސިންގާތަކަށް ގެއްލުންދޭ ކޮންމެ މީހަކުމެ ބަލިކުރައްވަވާފާނދޭވެ.

ޔާ ﷲ.  އަހަރުމެންގެ ޤަދަރުވެރި އުޚްތުންނާއި އެކަނބަލުންގެ ޅަދަރީން އެކުއެކީ، ލަހައްޓަވާފާނދޭވެ. އަދި އެބައިމީހުންނަށް ކެތްތެރިކަމާއި ހިތަވަރު ދެއްވާފާނދޭވެ. އަދި ޢިއްޒަތާއިއެކު ތަޥްޙީދުގެ މަތީގައި ޘާބިތުވެގެންވާ ޙާލު އެބައިމީހުން މިނިވަންކުރައްވާނދޭވެ.

|އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް

19 ރަޖަބު، 1445

އަރުށީފު

އެންމެ މަޤްބޫލު