އުންމަތާއި ދީން ހިމާޔަތްކުރުމަށް ޝާމިލު އިސްލާމީ އިއްތިޙާދެއް ބިނާކުރުން: ޑރ. ޢަލީ އަލް-ޤަރަދާޣީ

 


އިންޓަރނޭޝަނަލް ޔޫނިއަން ފޯ މުސްލިމް ސްކޮލާސްގެ ރައީސް، ފަޟީލަތުއްޝައިޚް ޕްރޮފެސަރ ޑރ. ޢަލީ އަލް-ޤަރަދާޣީ ވަނީ އިސްލާމީ އުންމަތް
 ބައިބައިވުމުން ސަލާމަތްކޮށް، އެކަތިގަނޑަކަށް ވުމަށް ތާރީޚީ ގޮވާލެއްވުމެއް ގޮވާލައްވާފައެވެ. އެމަނިކުފާނު ބާރުއަޅުއްވަނީ ހަމައެކަނި ދުލުން ބުނާ ބަހަކަށް ނޫން، އަމަލީ ގޮތުން ފެންނަން އޮތް ވަރުގަދަ އިއްތިޙާދަކަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އުންމަތަށް ކުރިމަތިވާ ނުރައްކާތަކުން ދިފާޢުވުމަށްޓަކައި ގުޅިފައިވާ އަސްކަރީ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އެހެނީ މިއަދު މުސްލިނުން މި ތިބި އަނިޔާވެރިކަމުން އަރައިގަނަވެން އޮތީ އަސްކަރީ ވަރުގަދަ އިއްތިޚާދެއް ބިނާކޮށްގެނެއެވެ. މުސްލިމު ޤައުމުތަކުގައި އެކަމުގެ ހަކަތައާއި ވަސީލަތްތައް އެބަހުއްޓެވެ. ބޭނުންވަނީ އިޚްލާސްތެރި ވެރިންތަކެވެ.

މިކަން ހާސިލް ކުރުމަށް ދުޅޮހެޔޮ އިޤްތިޞާދެއް ބިނާކުރަންޖެހެއެވެ. އެގޮތުން މުސްލިމް ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އަސްކަރީގޮތުން ބާރުބެރިވުމަށް އެޅޭނެ އެންމެ ވަރުގަދާ ފިޔަވަޅެވެ.

އިޤްތިޞަދަކާއި ދިމާލަށް ފުންނަޒަރު ހިންގާލާއިރު، ވިސްނާލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ އިންސާފު ޤާއިމުކުރުމާއި، މުސްލިމް މުޖުތަމަޢުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމެވެ. އަދި މުސްލިމުންނަށް ދިމާވާ ކާރިސާތަކުގައި އެހީތެރިވުމަށް ޚާއްޞަ ނިޒާމެއް ޤާއިމު ކުރުމެވެ.

ޑރ. ޤަރަދާޣީ ވިދާޅުވާ ގޮތުގައި އުންމަތުގެ ބާރު އޮތީ އޭގެ އެއްބައިވަންތަކަމުގެ މައްޗަށެވެ. މިއަދު އިސްލާމީ ބޮޑެތި ޤައުމުތައް ގުޅިގެން މި މަސައްކަތް ނުކޮށްފިނަމަ، އުންމަތުގެ ދީނާއި، ދަރިފަސްކޮޅާއި، އަދި މުދަލަށް އޮތް ނުރައްކާ ދާނީ ބޮޑުވަމުންނެވެ.


އަރުށީފު

އެންމެ މަޤްބޫލު