އާޙިރަތް ދުވަހަށް އީމާންވުން ކުލާސް ނޯޓް



 بسم الله الرحمن الرحيم

ﷲ ތިބާއަށް ރަޙްމަތް ލައްވާށެވެ.

☝️⁩ އާޙިރަތް ދުވަހަށް އީމާންވުން: 

ނޯޓް:-

👈 އެއީ ޤިޔާމަތް ދުވަސް

👈 ފުރަތަމަ ތާޅަފިލި ފުންމާލެވޭ ހިނދު ﷲ އިރާދަކުރެއްވި ބަޔަކު ފިޔަވައި އުޑުތަކުގަޔާއި ބިމުގައި ވާހާ ބަޔަކު ހޭނެތިގެން ވެއްޓިދާނެއެވެ.

👈 އިސްރާފީލް ޢަލައިހިއްސަލާމް 2ވަނަ ފަހަރަށް ތާޅަފިލި ފުންމާވާލައްވާ ހިނދު ﷲ ސުބްޙާނަހޫ ވަތަޢާލާ މަރުވެފައިވާ މީހުން އަލުން ދިރުއްވައެވެ.

👈 މީސްތަކުން ކައްވަޅުތަކުން ތެދުވެ ޢާލަމްތަކުގެ ވެރި ރަސްކަލާންގެ ޙަޞްރަތަށް ޖަމާވާނެއޭ (ފައިވާނަވެސް ނާރާ، ހެދުންނުލައި އޮރިޔާން ޙާލުގައި، ޙިތާނާ ނުކުރާ ހާލުގަ)

👈 މީސްތަކުން އެދުވަހުގައި ވާހުށީ އެހެންޏާ ނިޢުމަތުގެގޮވަތީގައެވެ. އެހެންޏާ ވޭން ދެނިވި ޢަޛާބުގެ ގޮވަތީގައެވެ.

👈 އެ ދުވަހު ޢަމަލުތަކުގެ ފަތްތަކެއް ވެއޭ. އެ ފަތްތައް ކަނާއަތަށް (ހިސާބު ބެއްލެވުން ލުއިވެގެންދިއުން، އެނާ މީސްތަކުން ކައިރިއަށް އުފާވެހުރި ހާލުގަ ދިއުން) ނުވަތަ ފުރަގަހުން ވާތަށް (އެނާ ހަލާކަށް ގޮވާނެއޭ އަދި އަޒާބުގަދަ ނަރަކައަށް އެނާ ވަންނާނޭ) ދެވޭނެއޭ

 👈އަހުރެމެން ޢަމަލުތައް ކިރުމަށްޓަކައި ތިލަފަތްތެކެއް އެދުވަހު ވެއޭ

👈 އެދުވަހު އެއްވެސް ނަފްސަކަށް ބެއިންސާފެއް ނުވާނޭ

👈 އެދުވަހު ކީރިތި ރަސޫލާ ޙާއްޞަ ޝަފާތެއް ލިބިގެންވާ ކަމަށް އަރުމެން އިމާންވަމޭ

👈 މުއުމިނުންގެ ތެރެއިން ނަރަކައަށް ވަންނަމީހުންނާ މެދު އެބައިމީހުން ނަރަކައިން ނެރުމަށް ކުރެވޭ ޝަފާޢަތެއް ވާކަމަށްވެސް އަހުރެމެން އީމާންވަމޭ( އެ ޝަފާޢަތް،ﷴ ؛ އެހެނިހެން ނަބިއްޔުންނަށާއި އަދި މުއުމިންނަށާއި މަލާއިކަތުންނަށް ލިބިގެންވެއެވެ)

👈 ހަމަކަށަވަރު ﷲ ސުބުޙާނަ ވަތަޢާލާ މުއުމިނުންގެ ތެރެއިން ބަޔަކު އެއްވެސް ޝަފާޢަތަކާ ނުލައި ހަމައެކަނި އެކަލާނގެ ރަޙްމަތާއި ދަރުމަވަންތަކަމުން ނަރަކައިން ނެރުއްވާނެއެވެ. 

👈 ރަސޫލު ﷲ ﷺ ގެ حوض كوثر ވާކަމަށް އަހުރެމެން އީމާންވަމުއެވެ.

✨ حوض ގެ ފެން ކިރަށްވުރެ ހުދުވާނެއެވެ. އަދި މާމުޔަށްވުރެ ފޮނިވާނެއެވެ. އަދި ގޮމަކަސްތޫރިއަށްވުރެ މީރުވަސްދުވާނެއެވެ.

✨ حوض ގެ ދިގުމިނުގައި އެއްމަސްދުވަހުގެ މަސާފަތުވާނެއެވެ. އަދި ފުޅާމިނުގައި އެއްމަސް ދުވަހުގެ މަސާފަތުވާނެއެވެ.

✨ حوض ގެ ކަންވާރުތައް ރިވެތިކަމާއި، ގިނަކަމުގެގޮތުން އުޑުގެ ތަރިތައްފަދައިން ވާނެއެވެ.

✨ އެކަލޭގެފާނުގެ އުއްމަތުގެ މުއުމިނުން އެ حوض އަށް ވާރިދުވާނެއެވެ.

✨ حوض އިން ފެނބޮއިފިމީހާ އެއަށްފަހު ދެން ފެން ނުބޮވާނެއެވެ.

✨ ޞިރާތުމަގު ލެވިފައިވަނީ ނަރަކަ މަތިންނެވެ.

✨ ޞިރާތުމަގު ދެފަރާތުގައި އެލުވިފައިވާ ވަކިތަކެއްވާނެއެވެ. އެވަކި ތަކަކީ الله ގެ ޙަޟްރަތުން އަމުރުކުރެވިގެންވާ ވަކިތަކެކެވެ. އަދި ހިފުމަށް އަމުރުކުރެވުނު ކޮންމެ މީހެއްގެ ގައިގައި އެވަކިތައް ހިފާނެއެވެ.

✨ މީސްތަކުން އެބައިމީހުންގެ ޢަމަލުތަކުގެ މިންވަރުން އެމަގު ކަޑައްތު ކުރާނެއެވެ.

🌟 ވިދުވަރެއްފަދައިން ކަޑައްތު ކުރުން

🌟 ޖެހިލާ ވައިރޯޅިއެއްފަދައިން ކަޑައްތު ކުރުން

🌟 އުދުހޭ ދޫނިތަކެއްފަދައިން ކަޑައްތު ކުރުން

🌟 ބާރުބާރަށް ހިނގުމުގެ ހަލުއިމިނުގައި އެމަގުން ކަޑައްތު ކުރުން

🌟 ފިރުކިފަ ކަޑައްތުކުރުން

📍 ޞިރާތުމަގު ދެފަރާތުގައި އެލުވިފައިވާ ވަކިތަކެއްވާނެއެވެ. އެވަކި ތަކަކީ الله ގެ ޙަޟްރަތުން އަމުރުކުރެވިގެންވާ ވަކިތަކެކެވެ. އަދި ހިފުމަށް އަމުރުކުރެވުނު ކޮންމެ މީހެއްގެ ގައިގައި އެވަކިތައް ހިފާނެއެވެ. ފަހެ،ބައެއް މީހުން ޒަޚަމްވެގެންވާ ޙާލު ސަލާމަތްވާނެއެވެ. އަދި ބައެއް މީހުން ނަރަކައިގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ.

👈 ރަސުލާ ﷲ؛ ޞިރާތު މަގު މެދުގައި ހުންނަވައިގެން ދުޢާ ކުރައްވާނެއެވެ. އެއީ އަޅުތަކުންގެ ޢަމަލުތައް ނުކުޅެއްޖައުމަށް ދާންދެނެވެ.

✨ "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ސަލާމަތްކަން ދެންވާނދޭވެ! ސަލާމަތްކަން ދެއްވާނދޭވެ!"

👈 އެދުވަހުގެ ޚަބަރުތަކާއި އެދުވަހުގެ ބިރުވެރިކަމާ ބެހޭގޮތުން ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެން އައިސްފައިވާ ހުރިހާ ވާހަކަތަކަކަށް އަހުރެމެން އީމާންވަމުއެވެ.

👈 ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި އެބައިމީހުން ސުވަރުގެއަށް ވަނުމަށް ރަސޫލު ﷲ؛ ކުރައްވާ ޝަފާޢަތަށް އަހުރެމެން އީމާންވަމުއެވެ. އެއީ އެކަލޭގެފާނަށް ޚާއްޞަވެގެންވާ ޝަފާޢަތެކެވެ.

👈 ސުވަރުގެއާއި ނަރަކަވާކަމަށް އަހުރެމެން އީމާންވަމެވެ.

✨ (ސުވަރުގެއަކީ الله ސުބްޙާނަހޫ ވަތަޢާލާ ތަޤުވާވެރި މުއުމިނުންނަށް ތައްޔާރުކޮށްދެއްވާފައިވާ ނިޢުމަތުގެ ގޮވައްޗެވެ. އެތާނގައިވާ ނިޢުމަތްތަކަކީ އެއްވެސް ލޮލެއްދެކިފައިނުވާ އަދި އެއްވެސް ކަންފަތެއް އަޑުއަހާފައިނުވާ އަދި އެއްވެސް އިންސާނެއްގެ ހިތަށް ތަޞައްވަރު ކުރެވިފައިނުވާ ނިޢުމަތެވެ.)

✨ (ނަރަކައަކީ الله ސުބްޙާނަހޫ ވަތަޢާލާ އަނިޔާވެރި ކާފިރުންނަށް ތައްޔާރުކުރައްވާފައިވާ ޢަޛާބުގެ ގޮވައްޗެވެ. ވާއެތާނގައި ޢަޛާބާއި ސަޒާއަކީ ހިތަށް ތަޞައްވަރު ނުކުރެވޭ ފަދަ ޢަޛާބާއި ސަޒާއެވެ.)

✨ ސުވަރުގެއާއި ނަރަކަ މީހަރުވެސް ވުޖޫދުގައިވެއެވެ. ދުވަހަކުވެސް އެދެތަން ފަނާއެއް ނުވާނެއެވެ

.

👈 ސުވަރުގެ ވަންނާނެކަމަށް ޤުރުއާނާއި ސުންނަތް އެމީހެއްގެ ނަމުން ނުވަތަ ސިފައިން ހެކި ދިން ކޮންމެ މީހަކަށް، އޭނާ ސުވަރުގެ ވަންނާނެކަމަށް އަހުރުމެންވެސް ހެކިދެމުއެވެ.

✨ أبوبكر ގެފާނަށާއި،عمر ގެ ފާނަށާއި عثمان ގެފާނަށާއި،علي ގެފާނަށާއި އަދިވެސް ރަސޫލު ﷲ؛ ޢައްޔަން ކުރެއްވި އެފަދަ ބައެއް ބޭބޭކަލުންނަށް އެބޭކަލުން ސުވަރުގެ ވަންނަވާނެކަމަށް ދެވިފައިވާ ހެއްކެވެ.

✨ އެމީހެއްގެ ސިފައިން ސުވަރުގެ ވަންނާނެކަމަށް ދެވިފައިވާ ހެއްކަކީ ކޮންމެ މުއުމިނަކަށް ނުވަތަ ކޮންމެ ތަޤުވާވެރިޔަކަށް އޭނާ ސުވަރުގެ ވަންނާނެކަމަށް ދެވިފައިވާ ހެއްކެކެވެ.

👈 ނަރަކަޔަށް ވަންނާނެކަމަށް ޤުރުއާނާއި ސުންނަތް އެމީހެއްގެ ނަމުން ނުވަތަ ސިފައިން ހެކިދިން ކޮންމެ މީހަކަށް އޭނާ ނަރަކައަށް ވަންނާނެކަމަށް އަހުރެމެންވެސް ހެކިދެމުއެވެ.

✨ އެމީހެއްގެ ސިފައިން ނަރަކައަށް ވަންނާނެކަމަށް ދެވިފައިވާ ހެއްކަކީ ކޮންމެ ކާފިރަކަށް ނުވަތަ ބޮޑު ޝިރުކު ކުރި ކޮންމެ މުޝްރިކަކަށް ނުވަތަ ކޮންމެ މުނާފިޤަކަށް އޭނާ ނަރަކަޔަށް ވަންނާނޭކަމަށް ދެވިފައިވާ ހެއްކެކެވެ.

👈 ކަށްވަޅު އިމްތިޙާނުވާކަމަށް އަހުރެމެން އީމާންވަމުއެވެ. އެއީ ކަށްވަޅުގައި މައްޔިތާއާ ސުވާލުކުރެވުމެވެ. އޭނާގެ ރައްބާއި، އޭނާގެދީނާއި، އޭނާގެ ނަބިއްޔާއާ ބެހޭގޮތުންނެވެ.

👈 މުއުމިނުންނަށް ކަށްވަޅުގައި ނިޢުމަތްތައް ވާކަމަށް އަހުރެމެން އީމާންވަމުއެވެ.

👈 އަނިޔާވެރި ކާފިރުންނަށް ކަށްވަޅުގައި ޢަޛާބު ވާކަމަށް އަހުރެމެން އީމާންވަމުއެވެ.

👈 ޣައިބުގެ މިކަންތައްތަކުން ޤުރުއާނާއި ސުންނަތުން ސާބިތުވާ ކޮންމެ ކަމަކަށް އީމާންވުމެވެ. 


އަރުށީފު

އެންމެ މަޤްބޫލު