މިއީ ފަހުބަސް ބުނާނެ ހަނގުރާމައެއް: އެއްގޮތަކީ މެދުރުމަތިން އެމެރިކާގެ ވަފާތެރިން ދުވެ ފިލުން


އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް ޝެކަރޗީ  އިއްޔެ ދެއްވި ވަރުގަދަ ބަޔާނުގައި ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން ހެދި ގޯސް ހިސާބުތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އީރާނުގެ ރައްދު ހަމަލާތަކަކީ އެމީހުން ބަލިވަންދެން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަންކަން ކަމަށާއި، މި ސަރަޙައްދުގައި ހުރި އެމެރިކާގެ ކޮންމެ މަސްލަޙަތަކީ މިހާރު އީރާނަށް ހުއްދަ އަމާޒެއް ކަމަށް އޭނާ އިޢުލާނު ކުރެއްވިއެވެ.

އިޒްރޭލާއި އެމެރިކާގެ އެންމެ ޒަމާނީ ދިފާޢީ ނިޒާމުތައް ކަމަށްވާ THAAD، Patriot، Arrow 3، އަދި Iron Dome އަށް އީރާނުގެ އައު މިސައިލްތައް ހުއްޓުވުމުގައި ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ޚަބަރުތައް ބުނާގޮތުގައި، ހަބުރޫން، ގުދުސް، ތެލްއަވީވް، އަދި ގެލިލީ އަށް ދިން ހަމަލާތަކުގައި ސަހުޔޫނީންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ޖެނެރަލް ޝެކަރޗީ ވިދާޅުވި ފަދައިން، މިއީ " ފަހުބަސްބުނާނެ" ހަނގުރާމައެކެވެ. އިޒްރޭލާއި އެމެރިކާއިން އީރާނުގެ ސްކޫލްތަކަށާއި އާންމުންނަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފެށި މި އޮޕަރޭޝަނަކީ، މުޅި މެދުއިރުމަތިން އިސްތިއުމާރީ ބާރުތައް ބޭރުކޮށްލުމުގެ ފެށުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އަރުށީފު

އެންމެ މަޤްބޫލު