ރާއްޖޭގެ ވައިގެ ފެންވަރު އިންތިހާއަށް ގޯސްވުމުން އާރުޓީއައި އިން ބަސްބުނެފި: ސަރުކާރު އޮތީ "އަޅާނުލާ"

 ރާއްޖޭގެ ވައިގެ ފެންވަރު އިންތިހާއަށް ގޯސްވުމުން އާރުޓީއައި އިން ބަސްބުނެފި: ސަރުކާރު އޮތީ "އަޅާނުލާ"




ރާއްޖޭގެ ވައިގެ ފެންވަރު އިންތިހާއަށް ގޯސްވެ، އާންމު ސިއްޙަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާއިރު، މިކަމުގައި ސަރުކާރުން އެއްވެސް ޒިންމާއެއް ނުނަގާ ކަމަށް ބުނެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

މި މައްސަލައިގައި ސަރުކާރުގެ އިހުމާލު އެންމެ ބޮޑަށް ހާމަވެގެންދިޔައީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން އާންމު ރައްޔިތަކު ހުށަހެޅި އާރުޓީއައި (RTI) އަށް ލިބުނު ޖަވާބުތަކުންނެވެ.

" ވައި ނުސާފު މައްސަލައިގާއި ސީދާ ބައްދަލުވުމެއް ބާވަފައިނުވެއެވެ. އަދި އެކަމަށް އެހީތެރިކަމެއް ހޯދާފައި ނުވެއެވެ."

ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި "ހަނު ހުރުން" އިޚްތިޔާރު ކުރުމަކީ ރައްޔިތުންގެ ސިއްޙަތަށް ވެވޭ ބޮޑު އިހުމާލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.



އަރުށީފު

އެންމެ މަޤްބޫލު