އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި: ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބޮޑު ކާރިސާއެއްގެ ބިރު!

އީރާނުގެ އިންގިލާބީ ލަޝްކަރުން (Revolutionary Guards) ދުނިޔޭގެ އެންހމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ "ސްޓްރެއިޓް އޮފް ހޮރްމޫޒް" ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ރަސްމީކޮށް ބަންދުކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ރޭޑިއޯ މެދުވެރިކޮށް އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކަށް ދީފައިވާ އިންޒާރުގައި ބުނެފައިވަނީ، މިވަގުތުން ފެށިގެން އެއްވެސް އުޅަނދަކަށް ކަނޑުއޮޅި ހުރަސްނުކުރެވޭނެ ކަމަށެވެ. މި އިންޒާރާއެކު، ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރާއި ތެޔޮ ޓޭންކަރުތައް ވަނީ ދަތުރު ހުއްޓާލައި، ކަނޑުމަތީގައި މަޑުކޮށްފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައިބަދައެވެ.​މި ކަނޑުއޮޅި މަދު ދުވަސްކޮޅަކަށް ބަންދުވެފައި އޮތުމަކީވެސް ދުނިޔޭގެ އިންފްލޭޝަން ރޭޓު މައްޗަށްގޮސް، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް އަރާނެ ކަމެއް ކަމަށް އިޤްތިޞާދީ މާހިރުން އަންނަނީ ބުނަމުންނެވެ.

އަރުށީފު

އެންމެ މަޤްބޫލު