ޝައިޚް އަޙްމަދު މޫސާ ޖިބްރީލްގެ ދީނީ މަސައްކަތްތައް ދިވެހިބަހުން ފެންނާނެ ޚާއްޞަ ވެބްސައިޓެއް އިފްތިތާޙްކޮށްފި
ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله تعالى) ގެ ޢިލްމީ މަސައްކަތްތަކާއި ދަރުސްތައް ދިވެހިބަހަށް ތަރުޖަމާކޮށް، އެ މަސައްކަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ފެންނާނެހެން ފަރުމާކޮށްފައިވާ ޚާއްޞަ ވެބްސައިޓެއް މިއަދު އާންމުކޮށްފިއެވެ.
މި ވެބްސައިޓަކީ ޝައިޚް އަޙްމަދު މޫސާ ޖިބްރީލްގެ ފިލާވަޅުތަކާއި، ލިޔުންތަކާއި އަދި ދީނީ އެކި މައުޟޫޢުތަކަށް ދެއްވާފައިވާ އިރުޝާދުތައް ދިވެހިބަހުން ކިޔައި، ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު ދޮރެކެވެ. މި މަސައްކަތުގެ ސަބަބުން އިނގިރޭސިބަހަށް އަހުލުވެރި ނޫން ދިވެހި ދަރިވަރުންނަށް ވެސް ޝައިޚްގެ ޢިލްމީ ފުންމިނުން މަންފާ ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މި މަޝްރޫޢަކީ އެކި ގޮތްގޮތުން އެހީތެރިވެދެއްވި ދަރުމަވެރިންނާއި، ތަރުޖަމާކުރުމުގެ މަސައްކަތުގައި ބައިވެރިވި ފަރާތްތަކުގެ ބުރަ މަސައްކަތުން ފުރިހަމަ ކުރެވުނު މަސައްކަތެއްކަން ފާހަގަކޮށްފައިވެއެވެ.
ވެބްސައިޓް އާންމުކުރަމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟްލުވަންތަކަމުން ކާމިޔާބުވީ މަސައްކަތެއް ކަމަށާއި، މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދެއްވުން އެދި ދުޢާކުރާ ކަމަށެވެ.
ޝައިޚްގެ ދިވެހި ތަރުޖަމާތައް މިހާރު ތިރީގައިވާ ލިންކުން ފެންނަން ހުންނާނެއެވެ:
ahmedjibrilmv.org
މީގެ އިތުރުން، ޓެލެގްރާމް މެދުވެރިކޮށް ވެސް މި މަސައްކަތްތަކުގެ އަޕްޑޭޓްތައް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ޢިލްމު އުނގެނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް މި ވަސީލަތުގެ ބޭނުން ހިފުމަށް މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
