މަރާމެދު ވިސްނާލުމަށް

މަރާމެދު ވިސްނާލުމަށް



 كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ١٨٥

(185) ކޮންމެ نفس އަކީ މަރުގެރަހަ ލިބޭނޭ އެއްޗެކެވެ. ކަލޭމެންގެ (عمل ތަކުގެ) ދަރުމަ ކަލޭމެނަށް ފުރިހަމަ ކުރެވޭނެކަންކަށަވަރީ قيامة ދުވަހުންނެވެ. ފަހެ (އެދުވަހުން) ނަރަކައިން ދުރުވެ ސުވަރުގެ ވަދެވިއްޖެމީހާ ހަމަކަށަވަރުން ނަސީބުވެރިވެއްޖެއެވެ. އަދި ދުނިޔޭގެ މިދިރިއުޅުމަކީ ހެއްލުންތެރިވެވޭ ކުޑަ އަރާމުކޮޅެއްކަމުގައި މެނުވީ ނުވެއެވެ.

وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ ١٠

(10) އަދި ތިމަންރަސްކަލާނގެ ކަލޭމެންނަށް ދެއްވައިފައިވާ ތަކެތިން ކަލޭމެން ހޭދަކުރާށެވެ.! އެއީ ކަލޭމެންކުރެ މީހަކު ކައިރިއަށް މަރު އައިސް މިފަދައިން އެމީހާ ދެންނެވުމުގެ ކުރިންނެވެ. އޭ އަޅުގެ رَبّ އެވެ. ކުޑަ ވަގުތުކޮޅަކަށް މިއަޅާ ލަސްކޮށްލައްވާނެ ނަމައެވެ. އޭރުން މި އަޅާ صَدَقَاة ދީ އަދި صَالِح މީހުންގެ ތެރެއިން ވާހުށީމެވެ. މިހެން ދެންނެވުމުގެ ކުރިންނެވެ.

وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ ١١

(11) ފަހެ އެއްވެސް نَفْس އެއް އެ نَفْس އެއްގެ ވަގުތުޖެހުމުން ދެން اللَّهُ ލަސްނުކުރައްވާ ހުއްޓެވެ. އަދި اللَّهُ ކަލޭމެން ކުރާހާ ކަމެއްގެ خَبَر މޮޅަށް ދެނެވޮޑިގެންވެއެވެ.

إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ٣٤

(34) ހަމަކަށަވަރުން اقيامة ވާނެވަގުތެއް އަދި އޭގެ އެނގުން އަދި އެކަމުގެ علم ވަނީ ހަމައެކަނި އެކަލާނގެ حضرة ގައެވެ. އަދި ވާރޭވެހުމާއި އަދި އެކަމާއިބެހޭ އެންމެހައި އެނގުމާއި އަދި އަންހެނުންގެ رَحِم ގެ ތެރޭގައިވާ އެންމެހައި ކަންކަމުގެ علم އާއި މިއެންމެހައިކަމެއްގެ އެނގުންވަނީ ހަމައެކަނި اللّه އަށް خاصّ ވެގެންނެވެ. އަދި މާދަމާ ކުރާނީ ކޮންކަމެއްކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގޭނެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި اللّه އަށެވެ.) އަދި ތިމާ މަރުވާނީ ކޮން ބިމެއްގައިކަންވެސް ހަމައެއްވެސް نفس އަކަށް ނޭނގެއެވެ. (އެކަމުގެ علم ވެސް خاصّ ވެގެންވަނީ ހަމައެކަނި اللّه އަށެވެ. ހަމަކަށވަރުން اللّه އީ ދެނެވޮޑިގެންވާ އަދި خبر ތައް އަންގަވާނެ ކަލާނގެއެވެ. 

•ދަންނައެވެ. މިއާޔަތުގައި بيان ވެގެންވާ މިވާ ފަސްކަމަކީ އެކަންކަމުގެ އެނގުން ހަމައެކަނި اللّه ނޫންފަރާތަކަށް އެނގިގެންނުވާ ފަސްކަމެވެ. އެކަންކަމަށް مَفَاتِيحُ الغَيْب يعنى: (غَيْبُ ގެ ތަޅުދަނޑިތައް) މިނަމުން ކިއަގެންވެއެވެ. واللّه أعلم .

وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ٦١

(61) އަދި (آدم ގެދަރިންކުރެ އުރެދޭ) މީހުންގެ ނުބައިކަމާއި އަނިޔާގެ ސަބަބުން اللّه تعالى މީސްތަކުން ހިތްޕަވާ ހަލާކުކުރައްވާނެނަމަ ބިންމަތީގައި އެއްވެސް ދިރޭއެއްޗެއް (ނުމަރުއްވާ) އެކަލާނގެ ދޫނުކުރެއްވީހެވެ. އެހެންނަމަވެސް ކަނޑައެޅި عيّن ވެގެންވާ ވަކިވަގުތަކަށް އެކަލާނގެ އެމީހުން ލަސްކުރައްވަނީއެވެ. ދެންފަހެ އެމީހުންގެ އެވަގުތު އައިސްޖެހުމުން ހިނދުކޮޅެއްވެސް ލަސްނުވާނެއެވެ. އަދި އެއަށްވުރެ ހިނދުކޮޅެއް އަވަސްވެސް ނުވާނެއެވެ.

يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ٢٧

ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ٢٨

(27)،(28) މާތްވެގެންވާމުއުމިނުންނަށް قِيَامَة ދުވަހުން ނިދާއިއްވޭނެއެވެ. އީމާންކަމާއި تَوْحِيْد ގެނޫރުން އަލިވެ އުޖާލާވެގެންވާ ނަފުސުގެ ވެރިޔާއެވެ. ﷲ ދެއްވި ގިނަގުނަ ސަވާބާއި ދަރުމަ އަށް ރުހިގެންވާ ޙާލު އަދި އެކަލާނގެ ތިބާއަށް ރުހިވޮޑިގެންވާ ޙާލު ތިބާގެ رب ގެ حَضرَة އަށް އެނބުރި އަންނާށެވެ.

فَادْخُلِي فِي عِبَادِي ٢٩

(29) (އަދިވެސް އެކަލާނގެ އަންގަވާނެއެވެ.) ތިމަންރަސްކަލާނގެ صَالِحُ تَقْوَى ވެރި އަޅުންގެތެރެއަށް ވަންނާށެވެ.

وَادْخُلِي جَنَّتِي ٣٠

(30) އަދި ތިމަންރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.

އަރުށީފު

އެންމެ މަޤްބޫލު