ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ސިޔަރަތް -3

 

އިސްލާމުދީން އައުމުގެ ކުރިން ޢަރަބި ޖަޒީރާ

1. އިސްމާޢީލުގެފާނާއި މަންމާފުޅު ހާޖަރުގެފާނު މައްކާއަށް ހިޖުރަކުރެއްވުން

  • މައްކާއަށް ވަޑައިގަތުން: އިބްރާހީމްގެފާނު، ހާޖަރުގެފާނާއި ތުއްޕުޅު އިސްމާޢީލުގެފާނު ގޮވައިގެން މައްކާގެ ހަނަފަސް ސަހަރާއަށް ވަޑައިގަތެވެ. އަދި މާތް ﷲ ގެ އަމުރުފުޅަށް އެ ދެމައިން އެތަނަށް ދޫކުރެއްވުމަށްފަހު އިބްރާހީމްގެފާނު އެނބުރި ވަޑައިގަތެވެ.
  • ތަކުލީފާއި ހައިހޫނުކަން: އެ ދެމައިން ގެނެސްފައިވާ ކާތަކެތި ހުސްވުމުން ހާޖަރުގެފާނު ވަރަށް ބޮޑަށް ހައިހޫނުވެ، ތުއްޕުޅު އިސްމާޢީލުގެފާނަށް ކިރުފޮދެއް ދެވޭވަރު ނުވުމުން އެކަލޭގެފާނު ބަނޑުހައިފުޅުވެގެން ކީރިތި ކުރައްވަން ފެއްޓެވިއެވެ.
  • ސަފާއާއި މަރުވާގެ ދެމެދުގައި ހިންގެވުން: ތުއްޕުޅު އިސްމާޢީލުގެފާނު ކީރިތި ކުރައްވާތަން ބައްލަވަން ހާޖަރުގެފާނަށް ކެތްނުކުރެއްވިގެން، މީހަކު ފެނޭތޯ ސަފާ ފަރުބަދައަށް އަރައިވަޑައިގަތެވެ. އެއަށްފަހު ދުވެވަޑައިގެން މަރުވާ ފަރުބަދައަށް އަރައިވަޑައިގަތެވެ. މިގޮތަށް ސަފާއާއި މަރުވާއާ ދެމެދު ހަތްބުރު ޖެއްސެވިއެވެ.
  • ޒަމްޒަމް ފެން އުފެދުން: މާތް ﷲ ގެ މުޢުޖިޒާތުން ތުއްޕުޅު އިސްމާޢީލުގެފާނުގެ ފައިޕުޅުދަށުން ފެން އަރަން ފެށިއެވެ. އެ ފެނަށް "ޒަމްޒަމް" ގެ ނަމުން ނަންދެވުނެވެ.

2. ޖުރުހުމް ޤަބީލާ މައްކާއަށް އައުން

  • ޔަމަނުގެ ސަބާ ރަސްކަމާއި ޑޭމް: ޔަމަނުގައި ފެން ރައްކާކުރާ ނިޒާމެއް (ޑޭމެއް) ބިނާކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ވާރޭ ނުވެހުނަސް ދަނޑުވެރިކަން ކުރެވި، "ސަބާ" ގެ ނަމުގައި ވަރުގަދަ ރަސްކަމެއް ޤާއިމުވިއެވެ.
  • ފެންބޮޑުވުމުގެ ޙާދިޞާ: ތަނަވަސްކަމާއި ލުއިފަސޭހަކަން ލިބުމުން ޔަމަނުގެ އަހުލުވެރިން ﷲ އަށް އުރެދުން އިތުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑު ޑޭމް ހަލާކުވެ ފަޅައިގެންގޮސް، މުޅި ޔަމަނުގައި ފެންބޮޑުވިއެވެ.
  • ޤަބީލާތައް ހިޖުރަކުރުން: މި ޙާދިޞާއަށްފަހު ޔަމަނުގެ މީހުން އެކި ގްރޫޕްތަކަށް ބެހިގެން ޝާމް، ޢިރާޤު، މަދީނާ އަދި މައްކާ ފަދަ ތަންތަނަށް ހިޖުރަކުރިއެވެ. "ޖުރުހުމް" ޤަބީލާއަކީވެސް މިގޮތަށް ހިޖުރަކުރި ބައެކެވެ.
  • މައްކާގައި ވަޒަންވެރިވުން: ޖުރުހުމް ޤަބީލާއަށް މައްކާގެ މަތިން ދޫނި ހޯރައަޅާތަން ފެނުމުން، އެތަނުގައި ފެންހުރިކަން އެނގިގެން އެދިމާލަށް ދިޔައެވެ. އެތަނުން ހާޖަރުގެފާނާއި ތުއްޕުޅު އިސްމާޢީލުގެފާނު ފެނުމުން އެތަނުގައި ވަޒަންވެރިވުމުގެ ހުއްދައަށް އެދުނެވެ.
  • ހާޖަރުގެފާނުގެ ޝަރުޠު: ޒަމްޒަމް ފެނުގެ ފުރިހަމަ ބާރާއި މިލްކުވެރިކަން އޮންނާނީ ހާޖަރުގެފާނަށް ކަމަށް ކުރެއްވި ޝަރުޠާއެކު އެކަމަނާ އެމީހުންނަށް ވަޒަންވެރިވުމުގެ ހުއްދަ ދެއްވިއެވެ.

3. އިސްމާޢީލުގެފާނު ބޮޑުފުޅުވުން

  • ޢަރަބި ބަސް ދަސްކުރެއްވުން: ޖުރުހުމް ޤަބީލާގެ ތެރޭގައި އިސްމާޢީލުގެފާނު ބޮޑުފުޅުވަމުން އައިސް، އެމީހުންގެ ޢަރަބި ބަސް ދަސްކުރެއްވިއެވެ. އަދި ކައިވެނި ބައްލަވައިގަތީވެސް ޖުރުހުމް ޤަބީލާގެ ބޭކަނބަލަކާއެކުގައެވެ.
  • ކަޢުބަތުއްﷲ ބިނާކުރެއްވުން: އިބްރާހީމްގެފާނު މައްކާއަށް ވަޑައިގެން، އިސްމާޢީލުގެފާނާއެކު ކަޢުބަތުއްﷲ ގެފުޅު ބިނާކުރެއްވިއެވެ. އޭރު މައްކާ އޮތީ ތައުޙީދުގެ (ﷲ ގެ އެއްކައުވަންތަކަމުގެ) ކަލިމައިގެ މަތީގައެވެ.

4. ޚުޒާޢާ (ހުޒާޒް) ވެރިކަން

  • ޖުރުހުމް ޤަބީލާގެ އަނިޔާވެރިކަން: ދުވަސްތައް ފާއިތުވިވަރަކަށް ޖުރުހުމް ޤަބީލާ މައްކާގައި ބާރުގަދަވެ، އިސްމާޢީލުގެފާނު ދެއްކެވި މަގުން އެއްކިބާވެ، ނިކަމެތިންނަށް އަނިޔާކޮށް ފަސާދަކުރަން ފެށިއެވެ.
  • ޚުޒާޢާ ވަންހައިން ވެރިކަން ހޯދުން: ޖުރުހުމް ޤަބީލާގެ އަނިޔާވެރިކަން ހައްދުފަހަނައެޅުމުން، ޚުޒާޢާ (ހުޒާޒް) ވަންހައިގެ މީހުން ނުކުމެ ޖުރުހުމް ޤަބީލާ މައްކާއިން ފައްސާލިއެވެ.
  • ޒަމްޒަމް ވަޅު ފޮރުވުން: ޖުރުހުމް މީހުން މައްކާއިން ނުކުމެގެން ދިޔައީ ޒަމްޒަމް ވަޅު އެއްކޮށް ފަސްއަޅާ ފޮރުވާލުމަށްފަހުގައެވެ.
  • ޤުރައިޝުންގެ ޙާލަތު: ޚުޒާޢާ ވެރިކަމުގެ ދަށުގައި މައްކާ އޮތްއިރު، އިސްމާޢީލުގެފާނުގެ ދަރިކޮޅުން މައްކާގައި އޭރު އޮތީ ހަމައެކަނި ޤުރައިޝް ވަންހައެވެ.

5. ޤުރައިޝް ވަންހައިގެ ވެރިކަން

  • ޤުޞައްޔު ابن ކިލާބު: ޤުޞައްޔު ابن ކިލާބުގެ އިރުޝާދުގެ ދަށުން ޤުރައިޝުން ނުކުމެ ޚުޒާޢާ ވަންހަ މައްކާއިން ބޭރުކޮށްލުމަށްފަހު، މައްކާގެ ސިޔާސީ އަދި ދީނީ ވެރިކަމަށް ޤުޞައްޔު އިސްވިއެވެ.
  • ޤުޞައްޔުގެ މުހިންމު މަސްއޫލިއްޔަތުތައް:

1.    ކަޢުބަތުއްﷲ ގެފުޅުގެ ވެރިކަން.

2.    ޙާޖީންނަށް ކެއުމާއި ބުއިން ދިނުމުގެ ވެރިކަން.

3.    ދާރުންނަދްވާ (މައްކާގެ މަޝްވަރާ މަޖިލިސް) ގެ ވެރިކަން.

4.    ހަނގުރާމައިގެ ދިދައިގެ ވެރިކަން.

  • ޢަމްރު (ހާޝިމް) ގެ ދައުރު: ޤުޞައްޔު އަވަހާރަވުމުން ބާރުތައް ދަރިންނަށް ބަހާލެވުނެވެ. އެގޮތުން ޤުޞައްޔުގެ ކާފަދަރިކަލުން ޢަމްރުއަށް ޙާޖީންނަށް ކާންބޯންދިނުމުގެ ވެރިކަން ލިބުނެވެ. ޢަމްރު ޙާޖީންނަށް ދޭ ކެއުން ރަނގަޅުކޮށް، ސޫޕްގެ ތެރެއަށް ރޮށި މުގުރާފައި (ފިލުވާފައި) ކާންދިނެވެ. ރޮށި ފިލުވުމަށް ޢަރަބިން "ހާޝިމް" އޭ ކިޔާތީ، އެކަލޭގެފާނަށް "ހާޝިމް" ގެ ނަމުން ނަންދެވުނެވެ.
  • ޢަބްދުލްމުއްޠަލިބުގެ ނަންފުޅު: ހާޝިމް މަދީނާއިން ކައިވެންޏެއް ކުރެއްވިއެވެ. ވިޔަފާރި ދަތުރެއްގައި ފަލަސްޠީނުގައި އުޅުއްވަނިކޮށް ހާޝިމް އަވަހާރަވިއިރު، މަދީނާގައި ހުންނެވި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ފިރިހެން ބޭކަލަކު ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް ނަން ދެވުނީ "ޝައިބާ" އެވެ.
    • ހާޝިމްގެ أخ، އަލްމުއްޠަލިބު މަދީނާއަށް ވަޑައިގެން ޝައިބާ މައްކާއަށް ގެނެސްދެއްވިއެވެ.
    • މައްކާގެ މީހުންނަށް ޝައިބާ ނޭނގޭތީ، އެއީ އަލްމުއްޠަލިބުގެ އަޅުކުއްޖެއް ކަމަށް ހީކޮށް "ޢަބްދުލްމުއްޠަލިބު" (މުއްޠަލިބުގެ އަޅާ) އޭ ކިޔަން ފެށިއެވެ.
  • ޒަމްޒަމް ވަޅު އަލުން ހޯއްދެވުން: ޢަބްދުލްމުއްޠަލިބަށް ފެނުނު ހުވަފެނެއްގެ ޒަރީޢާއިން ޒަމްޒަމް ވަޅު ހުރި ތަން އެނގި، އެ ވަޅު ކޮނެ އަލުން ހޯއްދެވިއެވެ.
    • ޤުރައިޝުންގެ ޚިލާފު: ވަޅު ފެނުމުން ޤުރައިޝުންގެ ބޮޑުން އެއީ އެމީހުންގެވެސް ޙައްޤެކޭ ބުނެ މައްސަލަ ބޮޑުކުރިއެވެ.
    • ފެނުގެ މުޢުޖިޒާތް: މައްސަލަ ޙައްލުކުރަން ޝާމް (ސިރިޔާ) ގައި ހުރި ފާލުބަލާ އަންހެނެއްގެ އަރިހަށް ދިޔަ މަގުމަތީގައި، އެމީހުންގެ އަތުން ފެން ހުސްވެ މަރުގެ ތުންފަތްމައްޗަށް ދިޔައެވެ. އެހިނދު ﷲ ގެ އިރާދަފުޅުން ޢަބްދުލްމުއްޠަލިބު ހުންނެވި ތަނުން ފެންފޮދެއް ފެނުމުން، ޤުރައިޝުން ޤަބޫލުކުރީ ޒަމްޒަމް ފެން ދެއްވި ފަރާތުން އެކަލޭގެފާނަށް މި ސަހަރާއިންވެސް ފެން ދެއްވީ ކަމަށެވެ. އެއާއެކު އެމީހުން ވަޅުގެ މައްސަލައިގައި ދޫ ދިނެވެ.
  • ޢަބްދުﷲ ގެފާނު ޤުރުބާންކުރަން އުޅުއްވުން:
    • ޒަމްޒަމް ވަޅުގެ މައްސަލައިގެ ތެރޭގައި ޢަބްދުލްމުއްޠަލިބު، އެކަލޭގެފާނަށް ވަރުގަދަ 10 ފިރިހެން ދަރިން ދެއްވައިފިނަމަ، އޭގެ ތެރެއިން އެއް ދަރިކަލަކު ﷲ އަށްޓަކައި ޤުރުބާން ކުރައްވާނެކަމަށް ނަޛުރު ބުނުއްވިއެވެ.
    • 10 ދަރިން ލިބުމުން ގުރުއަތު ލީއިރު ހޮވުނީ ކީރިތި ރަސޫލާ ގެ ބައްޕާފުޅު ޢަބްދުﷲ ގެފާނެވެ.
    • ޢަބްދުﷲ ގެފާނު ކަޢުބާއާ އަރިހަށް ގެންގޮސް ޤުރުބާން ކުރައްވަން އުޅުއްވުމުން މައްކާގެ މީހުން އެކަމަށް ހުރަސްއެޅިއެވެ. އެއީ މީހުން އެކަން ނަމޫނާއަކަށް ނަގައި ޅަދަރިން ކުރުބާންކުރަން ފަށާފާނެތީއެވެ.
    • އެމީހުންގެ ލަފާގެ މަތިން ފާލުބަލާ އަންހެނެއްގެ ކައިރިއަށް ގޮސް ޙައްލު ހޯދުމުން، ޢަބްދުﷲ ގެފާނުގެ ބަދަލުގައި 100 ޖަމަލު ޤުރުބާން ކުރުމަށް ފާލުއެޅުނެވެ. އަދި ޢަބްދުލްމުއްޠަލިބު 100 ޖަމަލު ޤުރުބާން ކުރެއްވިއެވެ.

އަރުށީފު

އެންމެ މަޤްބޫލު