”ޤުރްއާނުގެ އަލީގައި، އަންހެނާ ބޭރަށް ވަޒީފާ އަދާކޮށް މަސައްކަތްކުރުމަށް ނިކުތުމުގެ ޝަރުޠުތައް

 



މޫސާގެފާނު މަދްޔަނަށް ވަދެވަޑައިގަތްހިނދު އެތަނުގައި ދެ އަންހެނުން ފެން ބަލާ ގޮސްހުއްޓާ ފެނިވަޑައިގެން ވިދާޅުވި  ބަސްފުޅުވާ އާޔަތުގައިވެއެވެ:

(قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٌ كَبِيرٌ.) (القصص: ٢٣)

"އެކަލޭގެފާނު ވިދާޅުވިއެވެ: "ތިޔަ ދެ އަންހެނުން ތިޔަތިބީ ކިހިނެއްވެފައިހެއްޔެވެ؟" 

އެ ދެއަންހެނުން ދެންނެވިއެވެ: ބަކަރިހުއިހައްޕާ މީހުންތައް ދާންދެން އަހަރުމެން ފެންނުދެމެވެ. އަދި އަހަރުމެންގެ ބައްޕައަކީ ދުވަސްވެ މުސްކުޅިވެފައިވާ މީހެކެވެ."

🔸«އަހަރުމެން ފެން ނުދެމެވެ.» 

އަންހެނާ ވަޒީފާއަށް ނިކުންނަނީ ޟަރޫރަތަކަށް ކަމުގައި ވާންޖެހެއެވެ. އެއީ ފެނަށް ޖެހުންފަދަ އަދި އެ ޙުކުމްގައިވާ ކަމަކަށެވެ.

🔸«ހުއިހައްޕާ ފިރިހެނުންތައް ދުރަށް ދާންދެނެވެ.» 

އެ މަސައްކަތެއްގައި ހިލޭ ފިރިހެނުންނާ އެއްތަންވެ މަސްހުނިވުމެއް ވެގެން ނުވާނެއެވެ.

🔸«އަހަރުމެންގެ ބައްޕައަކީ ދުވަސްވެ މުސްކުޅިވެފައިވާ މީހެކެވެ.» 

އަންހެނާގެ ބަދަލުގައި އެމަސައްކަތްކޮށްދީ، ފުއްދައިދޭނެ އެހެން ފިރިހެނަކު ނުވުމެވެ.

މުސްލިމް މުޖްތަމަޢުގައި އަންހެނާއަކީ ރައްކާތެރިކުރެވި، ވަންހަނާކުރެވި، ޚިދުމަތްދެވޭ މީހެކެވެ.

އެކަމަކު ކެޕިޓަލިޒަމްގެ މައްޗަށް ބިނާވެފައި އޮންނަ މުޖްތަމަޢުގައި ޤަދަރު ހިފެހެއްޓި، ޚިދުމަތްދެވޭ މީހަކީ އޮފީހުގެ މެނޭޖަރާއި ޑިރެކްޓަރެވެ.

އެހެންކަމުން އަންހެނަކު ވަޒީފާއަށް ނިކުމެ މަސައްކަތްކުރަން އުޅޭތަން ތިބާއަށް ފެނިއްޖެނަމަ, (މޫސާގެފާނު އެކަމާ ޢަޖައިބުވެ ސުވާލު އުފެދިގެން ސުވާލުކުރެއްވި ގޮތަށް) ތިބާވެސް ސުވާލުކުރަންވީއެވެ:

"ކަނބުލޭގެ މައްސަލައަކީ ކޮބާހެއްޔެވެ؟

ތިޔަހެން އުޅެން ޖެހުނީ ކީއްވެހެއްޔެވެ؟" 

އެއީ އަންހެނާގެ އަޞްލު މަޤާމުކަމުގައިވާ ގެއިން ނިކުމެ، ބޭރުތެރޭގައި ފިރިހެނުންގެ މަޤާމުގައި ފައިތިލަ ހަމަކުރުމުން، ފިޠުރަތުގައި ހުރި ފިރިހެނުންނަށް ޢަޖައިބުހީވެގެންނެވެ.

 

-ނަޤުލުކުރެވިފައި-

 


އަރުށީފު

އެންމެ މަޤްބޫލު