އައި.އެސް.އައި.އެސް ގެ މީޑިއާ ޕުރޮޕެގެންޑާ ވަސީލަތް ތަކުން…

 


އައި.އެސް.އައި.އެސް ގެ މީޑިއާ ޕުރޮޕެގެންޑާ ވަސީލަތް ތަކުން ފަތުރާ ޚަބަރުތަކާއި ލިޔުންތަކުން މިބައިމީހުންގެ ޖާހިލުކަމާއި ފުރެދުންތެރިކަން ގޮސްފައިވާ މިންވަރު ވަރަށް ރަނގަޅަށް އިނގި ހާމަވެގެންދެއެވެ.


އަދި ޢިލްމީ ވާހަކައެއް މިބައިމީހުންގެ ލިޔުންތަކުގައި ނެތްތަން ފޫބައްދަން މިބައިމީހުން ބޭނުންކުރަމުންދަނީ މަލާމާތްކުރުމާއި ފުރައްސާރަ ކުރުމުގެ އުކުޅުތަކެވެ. އަދި ޝަހަވާތުން، މުރުތައްދުން، އިޚްވާނީން، ކައްޜާބުން، ދައްޖާލުން ނުވަތަ މިވެނި އެވެނި ބައެއްގެ އެޖެންޓުންނޭ ގޮވާގޮވެލިތަކަކުންނެވެ.


މިބައިގަނޑައް މިހާރުވަނީ މިމޭރުމުން ކަންތައްކުރަން މަޖުބޫރުވެފައެވެ.


ސަބަބަކީ މިބައިމީހުން ބަޢިއަތު ދިން ހިޔާލީ ޚިލާފަތު ވީރާނާވެ އަނދާ އަޅިއަށްވެ މި ހޮލީވޫޑް ޚިލާފަތުގެ އަވާގައި ޖައްސައިގެން އިރާޤް އާއި ޝާމްގެ ބިމަށް ހިޖުރަކުރި ތުއްތު ތުއްތު ކުދިންނާއި އުޚުތުން ކާފަރުންގެ އަތްދަށުވެ ޤަތުލްކުރަމުން ދާތަން މުސްލިމު އުންމަތުގެ ސަމާލުކަމުން ގެއްލުވާލާ މިބައިމީހުންގެ މި ޚިލާފަތް ދެންހަމައެކަނި ކުރިއަށް ގެންދެވެން އޮތްތަނަކީ ސޯސަލް މީޑިއާ ކަމަށްވުމެވެ.


މިބައިމީހުން މަޤްޞަދު ހާސިލް ކުރުމަށް މިބައިމީހުން ބޭނުން ކުރަމުންދަނީ ކާފަރުންގެ އުކުޅުތަކާއި ކާފަރުންގެ މީޑިއާ ތަކުން ނަގާ ޚަބަރުތަކާއި މިބައިމީހުންގެ އަމިއްލަ ތަޢުވީލު ތަކަށް ބިނާވާ ދޮގުވާހަކަތަކެވެ. ރާއްޖޭގެ ފަސްގަނޑުގައި ތިބެ ޝާމްގެ ބިމުގަ ހިނގަމުންދާ ކަންކަން މިވެރިންގެ ކީބޯޑު މުޖާހިދުން މީސްތަކުންނަށް ސިފަކޮއްދޭ އިރު މިބައިމީހުން މިތިބެނީ ސީދާ ޝާމްގެ މައިދާންތަކުގެ ކުރީ ސަފުގަކަހަލައެވެ.


އަހަރެމެން މިޖާހިލުންނަށް ބުނެލަން އޮތީ ބާޠިލްގެ މައްޗައް ހައްޤަށް ﷲ ސުބުޚާނަހޫ ވަތަޢާލާ ނަޞްރުދެއްވާނެކަމީ އެކަލާނގެ ވެފާވާވަޢުދެކެވެ. އަދި ދޮގުވެރިންނާއި މަކަރުވެރިންނަށް ދެދުނިޔޭގައިވެސް ވަނީ ފަލީޙަތާއި ނިކަމެތިކަމެވެ.


ލިޔުން: އަލް-ފަޖްރު މީޑިއާ(2019)
ނެގީ: www.haqqubooks.com

 

އަރުށީފު

އެންމެ މަޤްބޫލު