ރާފިޟީ ޝީޢީންގެ ނުރައްކާތެރި ޢަޤީދާގެ ޚުލާޞާ

 




ރާފިޟީ ޝީޢީންގެ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލުތަކާ މުޅިން ޚިލާފު، އަދި ސަރީޙަ ކުފުރުގެ ބަސްތަކާއި ޢަމަލުތައް އެކުލެވިގެންވާ ފިކުރެކެވެ. އެބައިމީހުންގެ މައިގަނޑު ބައެއް ޢަޤީދާތައް ތިރީގައިއެވަނީއެވެ.

1. އިމާމުންނަށް ދީފައިވާ މަތިވެރި ދަރަޖަ

ޝީޢީން އެބައިމީހުންގެ އިމާމުންނަށް ދީފައިވާ މަޤާމަކީ ޝިރުކުގެ ތެރެއަށް ވަދެގެންދާ ފަދަ މަތިވެރި މަޤާމެކެވެ.

  •  ޣައިބުގެ ޢިލްމު: އިމާމުންނަށް ވެނިމިފައިވާ ކަންކަމާއި، ވާނޭ ކަންކަން އެނގޭކަމަށް އެބައިމީހުން ދެކެއެވެ.
  •  މަރުވުމުގެ އިޚްތިޔާރު: އިމާމުން މަރުވާނީ އެބައިމީހުން އަމިއްލައަށް ބޭނުންވާ ވަގުތަކު ކަމަށް ގަބޫލުކުރެއެވެ.
  •  ނަބިއްޔުންނަށްވުރެ މަތިވެރިކުރުން: ޚުމައިނީ ފަދަ ލީޑަރުން ބުނެފައިވާ ގޮތުގައި، އެބައިމީހުންގެ އިމާމުންނަށް ލިބިފައިވާ މަޤާމަކީ މުޤައްރަބު މަލާއިކަތަކަށް ނުވަތަ ފޮނުއްވި ރަސޫލަކަށްވެސް ލިބިގެން ނުވާފަދަ މަތިވެރި މަޤާމެކެވެ.

2. ޞަޙާބީންނާއި އުއްމަހާތުލް މުއުމިނީން ކާފަރުކުރުން

މިއީ ރާފިޟީންގެ އެންމެ ނުބައި އެއް ސިފައެވެ.

  •   އަބޫބަކުރުގެފާނާއި ޢުމަރުގެފާނު: މި ދެ ބޭކަލުންނަކީ ކާފަރުން ކަމަށާއި، ﷲ ގެ ލަޢުނަތް ހުރި ބައެއް ކަމަށް އެބައިމީހުން ބުނެއެވެ.
  •  ޢާއިޝަތުގެފާނު: މުއުމިނުންގެ މަންމަ ޢާއިޝަތުގެފާނުގެ ޢިއްފަތްތެރިކަމާ މެދު ސުވާލު އުފައްދައި، އެކަމަނާއަށް ހަޑިހުތުރު ބަސްތައް ރައްދުކުރެއެވެ.
  •  ޞަޙާބީންގެ އިޚްލާޞްތެރިކަން: ޚުމައިނީ ދަޢުވާކުރާ ގޮތުގައި ޞަޙާބީން ނަބިއްޔާ ﷺ ގެ އަރިހުގައި ތިބީ ދީން ފެތުރުމުގެ ބަދަލުގައި ދުނިޔެ ހޯދުމަށެވެ.

3. ކީރިތި ޤުރުއާނާ މެދު ގެންގުޅޭ ފާސިދު ޢަޤީދާ

ޝީޢީންގެ އެންމެ މުޤައްދަސް އެއް ފޮތް ކަމުގައިވާ "އަލް-ކާފީ" ގައި ބަޔާންކޮށްފައިވާ ގޮތުގައި:

  •  މިހާރު މުސްލިމުންގެ އަތުގައިވާ ޤުރުއާނަކީ ފުރިހަމަ އެއްޗެއް ނޫނެވެ.
  •  އެބައިމީހުންގެ އަތުގައި "މުޞްޙަފް ފާޠިމާ" ކިޔާ ފޮތެއް އޮންނަ ކަމަށާއި، އޭގައި މިހާރުގެ ޤުރުއާނަށްވުރެ ތިންގުނަ އިތުރަށް މަޢުލޫމާތު ހުންނާނެ ކަމަށް ދަޢުވާކުރެއެވެ.

 ޝައިޚް ޞާލިޙް އަލް-ފައުޒާން حفظه الله ވިދާޅުވާފަދައިން ފަދައިން، ޞަޙާބީން ޢާންމުކޮށް ކާފަރުކޮށް، ކީރިތި ޤުރުއާނަކީ އުނި އެއްޗެއް ކަމަށް ބުނާ މީހަކީ އިސްލާމްދީނުން ބޭރުވެފައިވާ ކާފަރެކެވެ. ރާފިޟީންނަކީ އިސްލާމްދީނުގެ ނަމުގައި ދީނުގެ އަޞްލުތައް ފުނޑުފުނޑުކޮށްލަން މަސައްކަތްކުރާ ބައެކެވެ.

އަރުށީފު

އެންމެ މަޤްބޫލު