ޤުރުއާން ޚަތިމް ކުރުމުގެ ދުޢާ ގެ ޙުކުމަކީ ކޮބައިތޯއެވެ؟


ޖަވާބު : ނަމާދުގައި ޤުރުއާން ޚަތިމް ވުމުގެ ދުޢާ ކިޔުން ނަބިއްޔު ﷺ އަރިހުން ފޯރާފައި ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން ތެރެއިން އެއްވެސް ބޭކަލެއްގެ އަރިހުންވެސްމެއެވެ. އަދި ފަހެ އަޅުކަންތަކަކީ (توقيفية) ތަޥްޤީފިއްޔާ ތަކެއްޗެވެ. (އެބަހީ އަޅުކަން ޝަރުޢުވުން ވަނީ ހަމައެކަނި ޤުރުއާނާއި ސުންނަތުން ޘާބިތުވުމުންނެވެ.) އަދި ދީނަށް އައުކަންތައް ގެނައުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަދި ޤުރުއާނުން ވާރިދުވެފައިނުވާ، ސުންނަތުން ޘާބިތުވެފައި ނުވާ، އިޖްމާޢެއް އަދި ޞައްޙަ ޤިޔާސަކުން އެ ޝަރުޢުވާކަމަށް ދަލީލުނެތް އަޅުކަމަކުން ﷲ އަށް އަޅުވެތިވާ މީހާ، އޭނާ އެވަނީ ދީނުގައި ބިދުޢަ ހަދައި އޭގައި ނުހިމެނޭ ކަމެއް ގެނެސްގަނެފައެވެ. އަދި ނަބިއްޔު ﷺ މިޙަދީޘް ފުޅުގައިވާ ގޮތުގެ މަތީން އޭނާގެ އެޢަމަލު ވަނީ (ޤަބޫލު ނުވެވި) ރައްދުކުރެވިގެންނެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މިކަމުގައި އޭގައި ނުވާ އެއްޗެއް ގެނެސްފި މީހެއް ފުށުން އެކަންތައް ވަނީ (ޤަބޫލުނުވެވި) ރައްދުވެވިގެނެނެވެ.“ މިއީ ޢާއިޝާ ގެ ޙަދީޘް ތަކުން متفق عليه ޙަދީޘެކެވެ. (އެބަހީ: އަލްބުޚާރީ އާއި މުސްލިމް)

  • ދެންފަހެ ނަމާދުން ބޭރުގައި ޤުރުޢާން ޚަތިމުވުމުގެ ދުޢާ، މިކަން ވަނީ އަނަސް އަރިހުން ފޯރާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޘާބިތެވެ. ރިވާކުރެއްވީ އައްދާރިމީ އާއި އެނޫން ބޭކަލުންނެވެ. އަދި އެކަލޭގެފާނު ނޫން އެހެން އަޞްޙާބު ބޭކަލެއްގެ އަރިހުން އެކަން ޞައްޙަވެފައި ނުވެއެވެ. ❝ 


— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން


~ ގަލަންދާނު 

އަރުށީފު

އެންމެ މަޤްބޫލު